Roadha Mihaaru
ސްކޫލް ކުދިންނަށް ހޯމްވޯކް ހަދަން ނުޖެހޭ ދުވަހެއް

ކިލިއަން އަށް އޮސްކާ ލިބުމުން އޭނާ ކިޔެވި ސްކޫލްގެ ކުދިންނަށް ހޯމްވޯކް ހަދަން ނުޖެހޭ ދުވަހެއް

14 މާޗް 2024

އައިރިޝް ކިލިއަން މާފީ އަށް އޮސްކާ އެވޯޑް ލިބުމުން އޭނާ ޕްރައިމަރީގައި ކިޔެވި ސްކޫލްގެ ކުދިންނަށް އިއްޔެ އަކީ ހޯމްވޯކް ހަދަން ނުޖެހޭ ދުވަހެއްގެ ގޮތުގައި އެ ސްކޫލުން ހަމަޖައްސައިފި އެވެ.

އައިރިޝް ކިލިއަން މާފީ އަށް އޮސްކާ އެވޯޑް ލިބުމުން އޭނާ ޕްރައިމަރީގައި ކިޔެވި ސްކޫލްގެ ކުދިންނަށް އިއްޔެ އަކީ ހޯމްވޯކް ހަދަން ނުޖެހޭ ދުވަހެއްގެ ގޮތުގައި އެ ސްކޫލުން ހަމަޖައްސައިފި އެވެ.

އުމުރުން 47 އަހަރުގެ ކިލިއަން އައިލެންޑްގެ ޕްރައިމަރީ ސްކޫލެއް ކަމަށްވާ އެސްޓީ އެންތޮނީގައި ކިޔެވީ 1982 އާއި 1988 އާ ދެމެދުގަ އެވެ. އެ ސްކޫލްގެ ޓީޗަރުންނާއި އެތަނުގައި ކިޔަވާ ކުދިންގެ މެދުގައި އޭނާ އަކީ އަބަދުވެސް ވަރަށް މަގުބޫލު މީހެކެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ކިލިއަންގެ މި ބޮޑު ކާމިޔާބީއާ ގުޅިގެން އެކަމުގެ އުފަލުގައި އެއް ދުވަހަށް އެއްވެސް ހޯމްވޯކެއް ދަރިވަރުން ހަދަން ނުޖެހޭ ގޮތަށް ސްކޫލްގެ މެނޭޖުމަންޓުން ހަމަޖައްސައިދިނީ އެވެ.

ކިލިއަން އަށް، ފިލްމީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އޮސްކާ ލިބުނު މިއީ ފުރަތަމަ ފަހަރެވެ. އޭނާ ވަނީ މިފަހަރު ފިލްމީ ދުނިޔޭގެ އެންމެ ވަރުގަދަ އެވޯޑުތައް ކަމަށްވާ ބާފްޓާ އާއި ގޯލްޑެން ގްލޯބްސް ވެސް ކާމިޔާބުކޮށްފަ އެވެ.

އޭނާ އަށް އޮސްކާގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނީ ހޮލީވުޑްގެ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ ފިލްމު "އޮޕެންހައިމާ"ގައި ކުޅުނު ރޯލަށެވެ.

"އޮޕެންހައިމާ" އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދުނިޔޭގެ ފުރަތަމަ ނިއުކްލިއާ ބޮން އުފެއްދުމުގައި އިސްދައުރެއް އަދާކުރި އެމެރިކާގެ ފިޒިސިސްޓް ރޮބާޓް އޮޕެންހައިމާގެ ހަޔާތަށް ހަދާފައިވާ ފިލްމެކެވެ. މިފަހަރު އޮސްކާގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ވެސް ލިބުނީ މި ފިލްމަށެވެ.