26 އޮކްޓޯބަރ 2019
ދަރިވަރަކު ބަނޑުހައިހޫނުކަންމަތީ ސްކޫލަށްދާ ވާހަކަ ޓީޗަރަކު ސޯޝަލް މީޑިއާގައި ހިއްސާކުރުމުން އެކަމާ ހަމްދަރުދީވެ، އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިިޔާ/ބަތަލާ ޖެނިފާ ލޮޕޭޒް އެމެރިކާގެ ސްކޫލަކަށް އަހަރު ދުވަހުގެ ކާނާ ހަދިޔާކޮށްފި އެވެ.
ދަރިވަރަކު ބަނޑުހައިހޫނުކަންމަތީ ސްކޫލަށްދާ ވާހަކަ ޓީޗަރަކު ސޯޝަލް މީޑިއާގައި ހިއްސާކުރުމުން އެކަމާ ހަމްދަރުދީވެ، އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިިޔާ/ބަތަލާ ޖެނިފާ ލޮޕޭޒް އެމެރިކާގެ ސްކޫލަކަށް އަހަރު ދުވަހުގެ ކާނާ ހަދިޔާކޮށްފި އެވެ.
ޓެނެސީ ސްޓޭޓްގައި ހިންގާ ޖެކްސްބޯރޯ އެލެމެންޓްރީ ސްކޫލަށް ދަރިވަރުން ބޭނުން ކުރަން އަހަރު ދުވަހަށްވާ ވަރަށް ކާނާ ހަދިޔާކުރީ ލޮޕޭޒާއި އެންގޭޖްވެފައިވާ ލޯބިވެރިޔާ އަދި ބޭޒްބޯލް ތަރި އެލެކްސް ރޮޑްރިގޭޒްގެ ނަމުގަ އެވެ.
މިފަދަ އެހީއެއް ދޭން އެ ދެ މީހުން ނިންމީ ސްކޫލްގެ ޓީޗަރަކު، ދަރިވަރެއްގެ ހާލަތާ މެދު ކަންބޮޑުވެ، އަސަރުން ފުރިގެންވާ ވާހަކަތަކެއް މި މަހުގެ ދެ ވަނަ ދުވަހު ފޭސްބުކްގައި ލިޔުމުން އެއަށް ލިބުނު ސަމާލުކަމުގެ ތެރެއިންނެވެ. އެ ދަރިވަރާ ހަވާލާދީ ޓީޗަރު ލިޔެފައިވާ ގޮތުގައި އޭނާ ގިނަ ދުވަހު ސްކޫލަށް ދަނީ ކާނެ އެއްޗެއް ނުލިބޭތީ ހުސްބަނޑާ ހުރެ އެވެ. މިކަމާ ގުޅިގެން ގިނަ ޓީޗަރުންތަކެއް ދަރިވަރަށް އެހީވުމުގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ.
ޓީޗަރުގެ މި ސްޓޭޓަސްއާ ގުޅިގެން ލޮޕޭޒް ބުނީ އެ ކިޔާފައި އޭނާ އާއި އެލެކްސް އަށް ރޮވުނު ކަމަށެވެ. އެ ޕޯސްޓަށް އެތައް ހާސް ބަޔަކު ލައިކްކޮށް، ޝެއާކޮށް، ކޮމެންޓް ވެސްކޮށްފައިވެ އެވެ. ލޮޕޭޒަކީ އޭގެ ތެރެއިން އެކެކެވެ.
އޭނާ އާއިި އެލެކްސްގެ ނަމުގައި ސްކޫލަށް ފޮނުވި ކާނާގެ ޝިޕްމަންޓްގެ ވީޑިއޯއެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ އިރު، ވީޑިއޯ ކޯލަކުން ލޮޕޭޒާއި އެލެކްސް ދަރިވަރުންނާ ވާހަކަ ދައްކާ މަންޒަރު ވެސް ފެނެ އެވެ.
"މި އެހީ އަކީ ކޮންމެހެން ވެސް ސްކޫލަށް ބޭނުންވާ އެހީއެއް ކަމަށް ގަބޫލުކުރެވިގެން އަހަރެމެން ދިން އެހީއެއް. އަދި ދަރިވަރަށް ޓީޗަރުން އެހީވިކަން އެނގުމީމަ ގަބޫލުކުރެވުނީ އަހަރެމެންގެ ދައުރެއް ވެސް މީގައި އޮތް ކަމަށް،" ލޮޕޭޒް ބުންޏެވެ.
އޭނާ ބުނިގޮތުގައި ބަނޑުހައިހޫނުކަން ފިލުވުމަކީ ކޮންމެ އިންސާނެއްގެ ވެސް ހައްގެކެވެ. އަދި އެކަމުން އެއްވެސް މީހަކު މަހުރޫމުވަމީ ވަރަށް ހިތްދަތި އިހުސާސެއް ކަމަށް ބުންޏެވެ.
ސަރުކާރުގެ ރަސްމީ ރެކޯޑްތައް ދައްކާގޮތުން އެމެރިކާގެ ގާތްގަނޑަކަށް ހަ މިލިއަން ކުދިންނަކީ ހުރިހާ ވަގުތަކަށް ކާނާ ނުލިބޭ ކުދިންނެވެ.
އަހްލާގު ރަނގަޅު ދަރިވަރުންނަށް މުދާ ލިބޭ ފިހާރައެއް
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
ރާއްޖޭގައި 12 އަހަރުން ލިބެނީ 8 އަހަރުގެ ތައުލީމް
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ދޭން ހޮޓްލައިނެއް
ސްކޫލު ކުދިން، އެކަމަކު ހީވީ ގޭންގެއް އަރައިގަތްހެން
ޗެމްޕިއަންސް ރައުންޑަށް ދިވެހި ކުދިން އެމެރިކާއަށް
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟