ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް އެ މަގާމުގައި މީގެ ކުރިން ހުންނެވި ޔަޒީދު މުހައްމަދާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މަޖިލީހަށް ފޮނުއްވި ސިޓީގައި ރައީސް ވިދާޅުވީ، ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އާންމުކޮށް ހުޅުވައިލުމުން، ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް ޔަޒީދުގެ އިތުރުން ޒަރީރު އައްޔަނުކުރަން އެ ދެ ބޭފުޅުންގެ ނަން ހުށަހަޅުއްވާ ކަމަށެވެ.
އެހެންކަމުން، މަޖިލީހުގެ ރިޔާސަތުން ވަނީ އެ ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށް ކަމާގުޅޭ ކޮމިޓީއަށް ފޮނުވައިފަ އެވެ.
ޓެކްސް ކޮމިޝަނަރަށް އައްޔަނުކުރަން ފޮނުއްވި ޔަޒީދާއި ޒަރީރުގެ މަގާމު ގެއްލުނީ، 2019 ވަނަ އަހަރު އޭރު ވެރިކަމުގައި އޮތް އެމްޑީޕީން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ.
އިސްލާހުގައި އޮތީ ބިލަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މީރާގައި ތިއްބެވި އެންމެ އިސް ދެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ވާނެ ކަމަށެވެ.
އެކަމަކު އަލުން އެ ދެ މަގާމަށް ހުޅުވާލުމުން، އެ ދެ ބޭފުޅުން ވެސް އޭރު ކުރިމަތިލައްވާފައެއް ނުވެ އެވެ.
މީރާގެ ބޯޑަށް މެންބަރުން އައްޔަނުކުރަން މަޖިލީހަށް
ޔަޒީދުގެ މަގާމު ގެއްލޭ ގޮތަށް ބިލު ބަދަލުކޮށްފި
ނާސިހާއި މުޖުތާޒަށް މަޖިލީހުން ރުހުންދީފި
ރިޔާސީ ދައުރެއް މިސަރުކާރަކުން ނުދަންމާނެ: ފަލާހް
އެޗްއާރުސީއެމްގެ ނައިބަކަށް ޝަފީގުގެ ނަން ފޮނުއްވައިފި
ސީއެސްސީގެ ރައީސަކަށް މުޖުތާޒު، ނައިބަކަށް ނާސިހު
އޭޖީ އޮފީހުގެ ބިލުން ނުފޫޒެއް ނެތި މަސައްކަތް ކުރެވޭނެ
ކުރީގެ މެންބަރުންގެ އިނާޔަތް ކުޑަކުރަން ރައީސް ތާއީދު
މީޑިއާ ބިލް ބޭރުކޮށްލަން އެދި ނޫސްވެރިންގެ ޕެޓިޝަނެއް
މިއީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް