03 މާޗް 2024
ބ. އަތޮޅުގެ ވެރިކަން ކުރާ އޭދަފުށީގެ ބައެއްގެ ގޮތުގައި، އެ ރަށް ކައިރީގައި އޮތް ފަޅު ރަށެއް ކަމަށްވާ މާއްޑޫ ހަމަޖައްސައިފި އެވެ.
ބ. އަތޮޅުގެ ވެރިކަން ކުރާ އޭދަފުށީގެ ބައެއްގެ ގޮތުގައި، އެ ރަށް ކައިރީގައި އޮތް ފަޅު ރަށެއް ކަމަށްވާ މާއްޑޫ ހަމަޖައްސައިފި އެވެ.
އޭދަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖެއްސުމަކީ ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދެއް ކަމަށާއި އެ ވައުދާ އެއްގޮތަށް މާއްޑޫ، އޭދަފުއްޓާ ހަވާލުކުރަން ނިންމަވާފައިވާ ކަމަށެވެ.
މި ހަފުތާގެ ތެރޭގައި އެކަމުގެ ލިޔުންތައް އޭދަފުށީ ކައުންސިލްއާ ހަވާލުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭރަށް އެ ރަށުގެ ބޭނުން އޭދަފުށީ ރައްޔިތުންނަށް ހިފޭނެ ކަމަށާއި އެތަނުގައި ބޯހިޔާވަހިކަމާއި އެހެން މަޝްރޫއުތައް ވެސް ހިންގޭނެ ކަމަށެވެ.
"މާއްޑޫ ވެގެންދާނީ ތިޔަ ބޭފުޅުންގެ މުސްތަގުބަލާ ގުޅިފައިވާ ރަށަކަށް،" ރައީސް ވިދާޅުވި އެވެ.
އޭދަފުށީގެ ބައެއްގެ މާއްޑޫ ހިމަނަން ނިންމާފައިވަނީ ވަކި މުއްދަތަކަށް ނޫނެވެ. ރައީސް ވިދާޅުވި ގޮތުގައި މާއްޑޫ އަކީ މީގެ ފަހުން ދާއިމަށް އޭދަފުށީގެ ބައެކެެވެ.
އަތޮޅުތެރޭގައި ހަތް އާބަން ސެންޓަރެއް ތަރައްގީ ކުރަން ރައީސް ނިންމަވާފައިވާއިރު، އޭދަފުއްޓަކީ އޭގެ ތެރެއިން އެއް ސެންޓަރު ކަން ރައީސް މިރޭ އިއުލާން ކުރެއްވި އެވެ. އެހެންކަމުން، ތަރައްގީގައި ވަރަށް ބޮޑު އިސްކަމެއް އޭދަފުއްޓަށް ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުން އެންމެ އިސްކަމެއް ދެނީ ގެދޮރުވެރިކަން ޔަގީންކޮށްދިނުމަށް ކަމަށާއި އެގޮތުން މާލޭ ސަރަހައްދުން ބޭރުގައި ހިންގަން ނިންމާފައިވާ 40،000 ފްލެޓްގެ ތެރެއިން އިސްކަމެއް، އޭދަފުއްޓަށް ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރު ވެސް އެ މަޝްރޫއުތައް އޭދަފުއްޓަށް ޕްލޭން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
މާއްޑޫއަކީ މީގެ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. އެކަމަކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ފެށި އެއްފަސްކުރުމުގެ މަސައްކަތުގެ ދަށުން، މާއްޑޫގައި ދިރިއުޅުނު މީހުން އޭދަފުއްޓަށް ބަދަލުކުރީ އެވެ.
"ސިޔާދަތު ދިފާއުކުރުމަށް މަސައްކަތްކުރެވެނީ އދ.ގައި"
"ކުދި ގައުމުތަކަށް ދަރަނި އަދާކުރަން އެހީ ބޭނުންވޭ"
ރާއްޖެއަށް ފައިދާވާނީ ގައުމުތަކާ ގުޅިގެން: ރައީސް
ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި
ބާކީ 50 މިލިއަން ޑޮލަރު ދެއްކުން ވެސް ފަސްކޮށްދީފި
ސަލާމަތީ މަޖިލީހުގައި ރައީސަކު އަލަށް ތަގްރީރުކުރައްވަނީ
ކުންފުންޏާބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި
"ފުރާނައަކީ އަގުހުރި އެއްޗެއް، ރައްކާތެރިކޮށް ދުއްވާ"
ބީއެމްއެލްގެ އިތުބާރު ގެއްލޭކަމެއް ކޮށްގެންނުވާނެ: އިބޫ
ޕީޖީގެ މަގާމަށް އައްބާސް ޝަރީފް އައްޔަން ކުރައްވައިފި