03 މާޗް 2024
ވެލެންސިއާ (ފެބްރުއަރީ 3) - ވެލެންސިއާ އާ ދެކޮޅަށް، ރެއާލް މެޑްރިޑް މޮޅުވާން ލިބުނު ފުރުސަތު، ރެފްރީ ހުއްޓުވީ ލަނޑު ޖަހައިޖަހައި އޮއްވާ މެޗު ނިންމާލައިގެން ކަމަށް ބުނެ ރެއާލްގެ ކުޅުންތެރިން ރެފްރީއާ ދެކޮޅަށް ހަޅުތާލުކޮށްފި އެވެ.
ވެލެންސިއާ (ފެބްރުއަރީ 3) - ވެލެންސިއާ އާ ދެކޮޅަށް، ރެއާލް މެޑްރިޑް މޮޅުވާން ލިބުނު ފުރުސަތު، ރެފްރީ ހުއްޓުވީ ލަނޑު ޖަހައިޖަހައި އޮއްވާ މެޗު ނިންމާލައިގެން ކަމަށް ބުނެ ރެއާލްގެ ކުޅުންތެރިން ރެފްރީއާ ދެކޮޅަށް ހަޅުތާލުކޮށްފި އެވެ.
މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގައި ރެއާލުން ނެގި ކޯނަރުގައި ޖޫޑެ ބެލިންހަމް ބޮލުން ޖަހައި ގޯލްގެ އެތެރެއަށް ބޯޅަ ވައްދާލި އެވެ. ފަހު ކަށިގަނޑުގެ އެވަގުތު ފުމެ ރެފްރީ މެޗު ނިންމާލި އެވެ.
އެކަމަކު، މެޗު ނިންމާލަން ފުމަން ޖެހޭ ތިން ކަށިގަނޑުގެ ތެރެއިން ފުރަތަމަ ކަށިގަނޑު ފުމުނީ ބޯޅަ އޭރިއާ ތެރެއަށް ވާސިލުވުމުގެ ކުރިންނެވެ. އެހާ ހިސާބުން މެޗު ނިމޭނެ އެވެ.
ރެއާލްގެ ކުޅުންތެރިނަށް މައްސަލަ ހިނގިގޮތް ނޭނގި ތިބެ، ހިތްހަމަނުޖެހުން ފާޅުކުރަން އަވަސްވެ ގަތެވެ. އެކަމާ އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނީ ބެލިންހަމެވެ. އެހެންވެ ރެފްރީ ވަނީ މެޗު ނިމުނު ފަހުން އޭނާ އަށް ރަތް ކާޑު ދައްކައިފަ އެވެ.
އިނިޔާއާ ހެދި މިދިޔަ ތިން ހަފުތާ ކުޅުމާ ދުރުގައި ހުރި މިޑްފީލްޑަރު އަންނަ ހަފުތާގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ.
ވެލެންސިއާއިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ވިނީޝިއުސް ޖޫނިއާގެ ދެ ލަނޑުން ރެއާލްއަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. ރޭގެ މެޗު ކުޅުނު ވެލެންސިއާގެ މަސްޓެޔާ ސްޓޭޑިއަމަކީ ކްލަބްގެ ބައެއް ސަޕޯޓަރުން މިދިޔަ ސީޒަނުގައި ވިނީޝިއުސް އަށް ނަސްލީ ގޮތުން ދިމާ ކުރި ސްޓޭޑިއަމެވެ. މިއީ އޭގެ ފަހުން އެ ދަނޑުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
އޭނާގެ ޑިކިއުމެންޓްރީ ފިލްމެއް ހަދަން ނެޓްފްލިކްސްގެ ކެމެރާތައް، އެ ސްޓޭޑިއަމަށް ވައްދަން އެދުނު ނަމަވެސް ވެލެންސިއާއިން ވަނީ އެކަން މަނާކޮށްފަ އެވެ.
ވިނީޝިއުސް މައްސަލަ ހޫނުވެ ވެލެންސިއާ އަށް އަދަބުދީފި
އެމްބާޕޭ ފުރުސަތު ނަގާލުމުން ރެއާލް ބަލިވެއްޖެ
އަންޗެލޮޓީގެ އެކްސްޕެރިމެންޓް ކާމިޔާބު!
ރެއާލަށް އުފަލެއް ނެތް، އަނިޔާގެ ވޭން ބޮޑުވެއްޖެ
ވަކި އެއް ސްޓައިލަކަށް ރެއާލުން ބަރޯސާ ނުވާނެ: ކޯޗު
ލަނޑު ނުޖެހުމުގެ ބޮޑު ބުރައިން އެމްބާޕޭ މިންޖުވެއްޖެ
އެމްބާޕޭއާ މެދު އަންޗެލޮޓީގެ ޝަކުވާއެއް ނެތް
އެމްބާޕޭއަށް ނުވުމުން އެންޑްރިކް ނުކުމެ ލަނޑު ޖަހައިފި
ލީގުގެ ޗެމްޕިއަންކަން ރެއާލަށް، ބާސާއަށް ހުސް ސީޒަނެއް
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން