ނެޓްބޯޅަ އާއި ފުޓްސަލް އިންޑޯ ކޮމްޕްލެކްސް ހަދަން، ހުޅުމާލޭން ދެ ބިމެއް ދޫކޮށްފި އެވެ.
ނެޓްބޯޅަ އާއި ފުޓްސަލް އިންޑޯ ކޮމްޕްލެކްސް ހަދަން، ހުޅުމާލޭން ދެ ބިމެއް ދޫކޮށްފި އެވެ.
ފުޓްސަލް އިންޑޯއަށް 54،992 އަކަފޫޓުގެ ބިމެއް ދޫކުރީ ފޭސް ދޭއްގެ ހިޔާ 16 ވަނަ ޓަވަރުގެ ގެ އުތުރުން ކުރިމަތީގައި އޮންނަ ބިމުގަ އެވެ. ނެޓްބޯޅަ އިންޑޯ ހަދަން ބިން ދިނީ ފޭސް އެކެއްގެ ގާޒީ ސްކޫލް ކުރިމަތީގައި އޮންނަ ބިމުން، 50،142 އަކަފޫޓްގެ ސަރަހައްދެކެވެ.
ބިން ދޫކުރުމަށް، އެއްބަސްވުން ހެދީ އެޗްޑީސީ އާއި ފިނޭންސް މިނިސްޓްރީ އަދި ސްޕޯޓްސް މިނިސްޓްރީއާ ދެމެދުގަ އެވެ. އިއްޔެ ހަވީރު ފޭސް ދޭއްގެ ހިޔާ ސަރަހައްދުގައި ބޭއްވި ހަފުލާގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން މިނިސްޓަރުޑރ. މުހައްމަދު ޝަފީގެވެ. އަދި މިނިސްޓަރު ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
އެ ރަސްމިއްޔާތުގައި ރާފިއު ވިދާޅުވީ އެ ދެ ކޮމްޕްލެކްސްއަކީ ރާއްޖޭގެ ކުޅިވަރުގައި މިހާތަނަށް، މަލްޓި ޕާޕަސް ބޭނުމަށް ހަދާ އެންމެ ބޮޑު ދެ ކޮމްޕްލެކްސް ކަމަށެވެ. އެ ދެ އިމާރާތާ އެކު ކުޅިވަރަށް އިންގްލާބީ ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފުޓްސަލް އިންޑޯ އަޅަން ހަމަޖައްސާފައިވާ ބިން --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ފަޒުލް ވިދާޅުވީ ކުޅިވަރަކީ ޒުވާނުންނާ ގުޅުން ބޮޑު އެއް ކަންތައް ކަމަށް ވާއިރު ކުޅިވަރު ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި އެ ކުންފުނިން އަބަދުވެސް އެއްބާރުލުން ދެމުންދާނެ ކަމަށެވެ.
އިންޑޯ ކުޅިވަރެއްގެ ގޮތުގައި އޮންނަ ފުޓްސަލްގެ މަގުބޫލުކަން ރާއްޖޭގައި ބޮޑު ވިޔަސް މުބާރާތްތައް ކުރިއަށް ގެންދަނީ މިނީ ޓާފް ދަނޑުތަކުގަ އެވެ. އިންޓަނޭޝަނަލް ފުޓްސަލް މުބާރާތްތަކަށް ދާން ކައިރިވުމުން، ސޯޝަލް ސެންޓަރުގެ އިންޑޯގައި ޕްރެކްޓިސް ކުރަން ފުރުސަތު ލިބުނަސް، އެ އިންޑޯއަކީ ފުޓްސަލްއަށް ފީފާއިން ކަނޑައަޅާފައިވާ ސްޓޭންޑަޑަށް ފެތޭ ތަނެއް ނޫނެވެ.
މީގެ ހަތް އަހަރު ކުރިން، ނެޓްބޯޅައިގެ ރަސްމީ މުބާރާތްތައް ކުރިއަށް ގެންދަނީ އައުޓްޑޯގައި ހުސް ބިމެއްގަ އެވެ. އެކަމަކު ފަހުން ސޯޝަލް ސެންޓަރުގެ އިންޑޯ މުބާރާތްތަކަށް ބޭނުން ކުރެ އެވެ. މިހާރު ވެސް ކްލަބްތައް ޕްރެކްޓިސް ކުރުމަށް ބޭނުން ކުރަނީ އައުޓްޑޯ އެވެ.
ހުޅުމާލެ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ
ޖިމް/ފިޓްނަސް ސެންޓަރު އަޅަން އެމްއޭސީއެލް/އެޗްޑީސީއަށް
ހުޅުމާލެ 2 ގައި ބަސް ސްޓޮޕް އިތުރުކުރަނީ
ވިނަރެސް ފްލެޓްގައި ރޯވިއިރު ފަޔާ އެލާމް ނުޖައްސާ!
ހުޅުމާލޭގެ އާ މާސްޓަޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީ
ހިޔާ 2 ގެ އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި
ހުޅުމާލެ ރަމްޒުކޮށްދޭ 100 މީޓަރު އުސް ޓަވަރެއް
މާސްޓަޕްލޭނަށް ބަދަލު ގެނައީ ބަނދަރުގެ ޖާގަ ކުޑަވާތީ
ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެެނެސް އާންމުކޮށްފި
ބިމެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލި މައްސަލަ ޕީޖީއަށް