އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށް، އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
24 ފެބުރުއަރީ 2024
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށް، އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މީގެ ނުވަ އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ލިބިފައި ހުރުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން އެ ސްކޫލު ހުސްކުރި އެވެ. ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައި އޭގެ ފަހުން ދުވަސްތަކެއް ވަންދެން ކިޔަވައި ދިނެވެ. އަރަބިއްޔާގެ ކުދިންނަށް މިހާރު ދޫކޮށްފައި ވަނީ ދަރުމަވަންތަ ސްކޫލްގެ ކުދިން ބޭނުންކުރި ވަގުތީ އިމާރާތެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަރަބިއްޔާ އިމާރާތް އަޅަން ދިނީ ބާ ޖަމާލުއްދީން ހުރި ބިމެވެ. ނަމަވެސް މި ސަރުކާރު އައިސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށިގައި އެ އިމާރާތް އެޅުމަށް ބަދަލު ކުރައްވައިފަ އެވެ. އަދި އެއީ އަރަބިއްޔާގެ ދާއިމީ ބިން ކަމަށް އެ މަނިކުފާނު ވަނީ ނިންމަވައިފަ އެވެ.
އެ ބިމުގައި އާ އިމާރާތް އެޅުމުގެ މަސައްކަތް މިއަދު ފައްޓަވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
އަރަބިއްޔާ ސުކޫލުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރާއި އެ ސްކޫލުގެ އިސް ވެރިން.-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
- އަންޑަ ގްރައުންޑް ޕާކިން ސަރަހައްދެއް (ސަތޭކަ ފަންސާހަށް ވުރެ ގިނަ ސައިކަލް އަދި ސްކޫލަށް ބޭނުންވާ މުހިންމު ހަތަރު ފުރޮޅުލީ ވެހިކަލްތައް ވެސް ޕާކް ކުރެވޭ ގޮތައް ޑިޒައިން ކޮށްފައި)
- 42 ކުލާސް ރޫމް.
- ސައިންސް ލެބް.
- ލެބޯޓްރީ.
- މަލްޓިޕާޕަސް ހޯލް.
- ކުދިން ކުޅޭނެ ޓާފެއް.
އަރަބިއްޔާ ސްކޫލްގެ ކުދިންނަށް އާ އިމާރާތެއް ނުލިބި، އެއްތަނުން އަނެއް ތަނަށް ބަދަލުވުން އާންމުވުމުން އެ ސްކޫލްގެ ބެލެނިވެރިންގެ ޝަކުވާ މިދިޔަ ސަރުކާރުގައި ވަރަށް ބޮޑުވި އެވެ. އެހެންވެ، ރައީސް މުއިއްޒު ވެރިކަމުގެ ކެމްޕެއިންގެ ތެރޭގައި ދެއްވި އެންމެ ބޮޑު އެއް ޔަގީން ކަމަކީ އެ ކަމަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމެވެ.
އަގުބޮޑުވެ، އަރަބިއްޔާ އިމާރާތުގެ އެއްބަސްވުން ބާތިލް
ސްކޫލުތަކަށް ޓީޗަރުންނާއި ފޮތްތައް ހަމަވާނެ: މިނިސްޓަރު
ހުޅުމާލެ 2ގެ އާ ސްކޫލުގައި އަންނަ އަހަރު ކިޔަވައިދެނީ
18 ރަށެއްގެ ސްކޫލްގެ މަސައްކަތް ތިން ކުންފުންޏަކަށް
އަރަބިއްޔާ އެޅުންލަސްވީ 80 މިލިއަން ސަލާމަތް ކުރަން
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
އަރަބިއްޔާގެ މޫނުބުރުގާ އެޅުމުގެ މައްސަލަ ކޯޓުން ބޭރު
އިއްޒުއްދީން ދެން ބޭނުން ކުރެވޭނީ ބޮޑު މަރާމާތަކަށްފަހު
ސްކޫލްތަކުގައި ބުލީ ކޮށްގެން މި އަހަރު 26 މައްސަލަ!
މައްސަލަ ބޮޑުވި އަރަބިއްޔާގެ ޕީޓީއޭ އުވާލައިފި