Roadha Mihaaru
ޗައިނާގެ ރިސާޗު ވެސަލް މާލޭގައި ބަނދަރުކޮށްފި

މައްސަލަ ބޮޑުވި ޗައިނާގެ ރިސާޗް ވެސަލް މާލޭގައި ބަނދަރުކޮށްފި

22 ފެބުރުއަރީ 2024

އިންޑިއާގެ ކަންބޮޑުވުމާ ހެދި ސްރީ ލަންކާ ސަރަހައްދަށް ނުވެއްދި ޗައިނާގެ ސާވޭ އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3" މާލެ ކައިރީގައި މިއަދު ބަނދަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ ކަންބޮޑުވުމާ ހެދި ސްރީ ލަންކާ ސަރަހައްދަށް ނުވެއްދި ޗައިނާގެ ސާވޭ އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3" މާލެ ކައިރީގައި މިއަދު ބަނދަރުކޮށްފި އެވެ.

ކަނޑު އުޅަނދުތައް ޓްރެކް ކުރާ މެރިން ޓްރެފިކްގެ ވެބްސައިޓުން ދައްކާ ގޮތުގައި މިއަދު ހެނދުނު މި އުޅަނދު ވަނީ މާލެ ކައިރީގައި ބަނދަރުކޮށްފަ އެވެ. މީގެ އިރުކޮޅެއް ކުރިން އެ އުޅަނދު އޮތް ކަމަށް ދައްކަނީ ތިލަފުށި ކައިރީގަ އެވެ.

ފޮރިން މިނިސްޓްރީން ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ކްލިއަރެންސް ދިނީ އެ އުޅަނދަށް ބޭނުންވާ އަސާސީ ބައެއް ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ޗައިނާގެ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިފައި ވާތީ ކަމަށެވެ. އެ އުޅަނދު ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ސާވޭއެއް ނުކުރާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ރާއްޖެ އަކީ އަބަދުވެސް އެކުވެރި ގައުމުތަކުގެ އުޅަނދުތަކަށް މަރުހަބާ ކިޔާ ގައުމެއް ކަމަށާއި ސުލްހަވެރި ބޭނުމަކަށް ރާއްޖޭގައި ބަނދަރުކުރާ މަދަނީ އަދި އަސްކަރީ އުޅަނދުތަކަށް ވެސް ރާއްޖެއިން ހިދުމަތް ދޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ރާއްޖެއަށް ދަތުރުކުރަމުންދާ ޗައިނާގެ އުޅަނދު: ޗައިނާއިން މައުލޫމާތު ދީފައިވާ ގޮތުގައި އެ އުޅަނދަކީ ރިސާޗް އުޅަނދެއް.--

ރާއްޖެއަށް ދަތުރުކުރަމުންދާ ޗައިނާގެ އުޅަނދު: ޗައިނާއިން މައުލޫމާތު ދީފައިވާ ގޮތުގައި އެ އުޅަނދަކީ ރިސާޗް އުޅަނދެއް.--

މިކަމުގެ ސަބަބުން ވަރުގަދަ ވަނީ ރާއްޖެ އާއި އެހެން ގައުމުތަކުގެ ދެމެދުގައި އޮންނަ ހާރިޖީ ގުޅުން އެކަނި ނޫން ކަމަށާއި އެހެން ގައުމުތަކުގެ މީހުންނަށް މަރުހަބާ ކިޔުމުގައި ދިވެހިން އަބަދުވެސް ދައްކަމުން އަންނަ ނަމޫނާ ސަގާފަތް މިކަމުން ފެންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ޗައިނާގެ މި އުޅަނދަކީ އަސްކަރީ އުޅަނދެއް ނޫން ނަމަވެސް އިންޑިއާ އާއި އެހެން ބައެއް ގައުމުތަކުން ބުނަނީ މި ކަހަލަ އުޅަނދުތަކުން އެއްކުރާ މައުލޫމާތު މަދަނީ އަދި އަސްކަރީ ކަންކަމަށް ބޭނުންކުރެވޭނެ ކަމަށެވެ. އެހެންވެ، މިދިޔަ މަހުގެ ކުރީކޮޅު މި އުޅަނދު ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ކައިރި ކުރަން އުޅުމުން އިންޑިއާ އިން ވަރަށް ބޮޑަށް ދެކޮޅު ހެދުމުން ލަންކާ އިން ވަނީ މި އުޅަނދު ލަންކާގެ އިގްތިސާދީ ސަރަހައްދަށް ވަނުން ވެސް އެއް އަހަރަށް މަނާކޮށްފަ އެވެ.

މިއީ އިންޑިއާގެ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސް ކަމެއް ނުކުރުމަށް މިދިޔަ އަހަރު ޖުލައި 21 ގައި ލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހަ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައްދަލުވުމުގައި ލަންކާ އިން ދީފައިވާ ޔަގީން ކަމުގެ މައްޗަށް ނިންމި ގޮތެއް ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވެފައިވެ އެވެ.

އިންޑިއާގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން މިދިޔަ މަހު ރިޕޯޓްކުރި ގޮތުގައި، ފުން ކަނޑުގައި ސާވޭތައް ހަދާ އުޅަނދުގެ މިސްރާބު ރާއްޖެއާ ދިމާލަށް ހުރުމުން އެކަން އިންޑިއާ އިން ގާތުން ބަލައި މޮނިޓަކުރާނެ އެވެ.