Roadha Mihaaru
ދުވަސްވީ މައްސަލަތައް ނިންމަން ހައިކޯޓުން އަމާޒުހިިފައިފި

ހައި ކޯޓުގެ ދުވަސްވީ މައްސަލަތައް ނިންމަން ރަސްމީ ގަޑީގެ ފަހުން އަޑުއެހުންތައް ބާއްވަނީ

19 ފެބުރުއަރީ 2024

ހައި ކޯޓުގައި ހުރި ދުވަސްވީ މައްސަލަތަކުގެ ޝަރީއަތް އަވަހަށް ނިންމަން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.

ހައި ކޯޓުގައި ހުރި ދުވަސްވީ މައްސަލަތަކުގެ ޝަރީއަތް އަވަހަށް ނިންމަން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.

ހައި ކޯޓުން މިއަދު ބުނި ގޮތުގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް، ހާއްސަ މަސައްކަތްތަކެއް ކުރަން އެ ކޯޓުގެ ފަނޑިޔާރުން ވަނީ ނިންމަވައިފަ އެވެ.

އެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގައި އިސްކަން ދޭނީ 2017، 2018، 2019 އަދި 2020 ވަނަ އަހަރުގެ މައްސަލަތައް ނިންމަން ކަމަށް އެ ކޯޓުން ބުންޏެވެ.

އެ މައްސަލަތައް ނިންމަން ކޮންމެ ދުވަހަކު ވެސް ރަސްމީގަޑީގެ ފަހުން 2:30 ގައި ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމަށް ހާއްސަ ސްލޮޓްތަކެއް ކަނޑައަޅާފައިވާ ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ.

ހައި ކޯޓުގައި އިސްތިއުނާފު މައްސަލަތައް ނުނިމި، ދިގުލައިގެންދާ މައްސަލައަކީ އަބަދުވެސް ކަންބޮޑުވުން އޮންނަ ކަމެކެވެ. ބައެއް މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ނުގެންދެވި އެތައް އަހަރެއް ވާތީ، ވަކީލުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.