14 ފެބުރުއަރީ 2024
ލައިޕްޒިގް (ފެބްރުއަރީ 14) - ރެޑްބުލް ލައިޕްޒިގާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ރެއާލް މެޑްރިޑްގެ ލަނޑު ޖެހި ބްރަހީމް ޑިއާޒް އަށް ވެސް އަނިޔާވެ، އެ ކްލަބްގެ އިންޖަރީގެ ލިސްޓް ދިގުވެއްޖެ އެވެ.
ލައިޕްޒިގް (ފެބްރުއަރީ 14) - ރެޑްބުލް ލައިޕްޒިގާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ރެއާލް މެޑްރިޑްގެ ލަނޑު ޖެހި ބްރަހީމް ޑިއާޒް އަށް ވެސް އަނިޔާވެ، އެ ކްލަބްގެ އިންޖަރީގެ ލިސްޓް ދިގުވެއްޖެ އެވެ.
މެޗުގެ ހަމައެކަނި ލަނޑު ރެއާލަށް ބްރަހީމް ޖަހައި ދިނީ ދެވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓްގަ އެވެ. އެކަމަކު މެޗުގެ ފަހު ކޮޅުގައި ލިބުނު އަނިޔާއެއްގައި އޭނާ ބަދަލު ކުރަން ޖެހުނެވެ.
ރެއާލް މެޗަށް ނުކުތީ، އެ ޓީމުގައި އެންމެ ރަނގަޅަށް ކުޅެމުން އައި ޖޫޑެ ބެލިންހަމްއަށް ވެސް އަނިޔާވެގެން ބާކީ ކުރުމަށް ފަހު އެވެ. ލަލީގާގެ ލަނޑު ލިސްޓްގެ އެންމެ ކުރީގައި އޮތް ބެލިންހަމަށް އަނިޔާ ވީ، ލީގުގައި އެންމެ ފަހުން ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
ބްރަހީމަށް އަނިޔާ ވީ، އޭނާއަށް ވެސް މުހިންމު ވަގުތެއްގައި ބެލިންހަމް އަށް އަނިޔާވުމުން، ބްރަހީމް އަށް ގިނަ މެޗުތަކުގައި ކުޅެން ފުރުސަތު ލިބޭނެ އެވެ. އެކަމަކު އަނިޔާ ސީރިއަސް ވެއްޖެނަމަ ގިނަ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.
ބެލިންހަމް އާއި ބްރަހީމްގެ އިތުރުން ރެއާލްގައި ދެން އަނިޔާގައި ތިބީ ޑިފެންޑަރު ޑޭވިޑް އަލަބާ، އެޑާ މިލިޓާއޯ އަދި ކީޕަރު ޓިބޯ ކޯޓުއާ އެވެ. އަލަބާ އާއި މިލިޓާއޯ އަށް އަނިޔާވުމުން، ރެއާލްގައި ދަނޑަށް ނުކުމެވެން ހުރި ހަމައެކަނި ސެންޓަ ބެކަކީ ކެޕްޓަން ނަޗޯ ފެނާންޑޭޒް އެވެ. ރޭގެ މެޗުގައި އޭނާ އާ އެކު ސެންޓަ ބެކަށް ދެން ކުޅުނީ މިޑްފީލްޑަރު އައުރޭލިއަން ޗުއަމެނީ އެވެ.
އަނިޔާގައި ޓީމުގެ މުހިންމު ކުޅުންތެރިން ތިބި ނަމަވެސް، ރެއާލް ދަނީ ލަލީގާ އަދި ޗެމްޕިއަންސް ލީގުގައި ރަނގަޅު ވާދައެއް ކުރަމުންނެވެ. އެކަމަކު ސްޕެނިޝް ކަޕުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެ އެ ޓީމު ވަނީ ކަޓައިފަ އެވެ. ލީގުގައި އޮތީ ތާވަލުގެ އެއްވަނައިގަ އެވެ.
15 ވަނަ ފަހަރު: ޔޫރަޕްގެ ކިންގަކީ ރެއާލް މެޑްރިޑް
ގޯލްކީޕަރުގެ މަގާމު، އަންޗެލޮޓީއަށް ބޮލުގެ ރިހުމަކަށް
ގޯސް ހެދުނުކަމަށް ރެފްރީ އެއްބަސްވެއްޖެ: ބެޔާން
ބާނަބޭއޫގައި އަވަހަށް އުފާނުކުރާތި، ބެޔާނަށްވެސް ވީދެރަ
ރެއާލަށް ދެން ބޭނުންވަނީ މެޑްރިޑްގައި ޖާދޫގެ ރެއެއް
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
ފޯމް ގެއްލުނީ އަނިޔާ އާއި ސަސްޕެންޝަނާހެދި: ބެލިންހަމް
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
އާޖެންޓީނާގެ ޒުވާން ނިކޯ ރެއާލުގައި ވިދާލައިފި
ބިންހެލުމުގެ އަސަރެއް ނުކުރި، ރެއާލަށް މެޗު