12 ފެބުރުއަރީ 2024
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ 120 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އެޗްޑީސީ އިން މިއަދު ބުނެފި އެވެ.
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ 120 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އެޗްޑީސީ އިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ ނޫސްބަޔާނެއްގައި ބުނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ "އޭރިއާ ބީ"، "އޭރިއާ އޭ"، "އޭރިއާ އީ" އަދި "އޭރިއާ އެފް" ހިއްކުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެއީ 120 ހެކްޓަރުގެ ބިމެވެ.
މިހާރު ކުރިއަށް ދަނީ "އޭރިއާ އީ" އިން ހިއްކި ސަރަހައްދު ލެވެލް ކުރުމުގެ މަސައްކަތް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ހިއްކަނީ 151 ހެކްޓަރުގެ ސަރަހައްދެކެވެ.
މާލެ ސަރަހައްދުގެ އިންޑަސްޓްރިއަލް ހަބްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ ތިލަފުށީގެ ދެވަނަ ފިޔަވަހި ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ މާޗު މަހުގަ އެވެ.
ތިލަފުށި ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސިނަމާލެ ބްރިޖުގެ މެއިންޓަނަންސްގެ މަސައްކަތްކުރާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ އެވެ.
ސީއެޗްއީސީއާ އެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ 2022 ވަަނަ އަހަރުގެ ޑިސެމްބަރު 15 ގަ އެވެ. އެ މަސައްކަތް ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލަން ޖެހޭ ގޮތަށެވެ.
އެ ކުންފުންޏަކީ ސިނަމާލެ ބްރިޖު ހެދި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ. މާލެ އާއި ހުޅުމާލޭގެ ފެނުގެ ނިޒާމު ބްރިޖު މެދުވެރިކޮށް ގުޅާލުމުގެ މަސައްކަތް ވެސް ހަވާލުކުރީ އެ ކުންފުންޏާ އެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، ތިލަފުށީ ތަރައްގީގެ ޕްލޭނަކީ މާލޭ ސަރަހައްދުގެ ތަރައްގީގެ ޕްލޭނާއި ތިލަމާލެ ބްރިޖު ޕްރޮޖެކްޓާ ވެސް އެކީ ކުރިއަށް ގެންދާ ބޮޑު މަޝްރޫއެކެވެ.
ތިލަފުށި 2ގެ ފުރަތަމަ ބައި ހިއްކާ ނިންމައިފި
ތިލަފުށި ފަޅުތެރޭ އޮތް އުޅަނދުތަކެއްގެ ވެރިޔަކު ހޯދަނީ
ތިލަފުށީގެ މަންޒަރު ދެ އަހަރުން ބަދަލުކޮށްލަނީ
އެޗްޑީސީން ނެގި 200 މިލިއަންގެ ލޯނަކަށް ގެރެންޓީދީފި
ތިލަފުށީ ފަޅުން އުޅަނދުތައް ނަގަން ހަތް ދުވަސް ދީފި
ދިވެހިންނަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލައިފި
ދިވެހިންނަށް ގަނެވޭ ގޮތަށް ތިލަފުށިން ބިން ވިއްކަނީ
ކުރީގެ ސަރުކާރުން 3 ފަޅު ހިއްކަންދިނީ ބިން ދޭ ގޮތަށް
ސިނާއީ ބޭނުމަށް ތިލަފުށިން ބިން ވިއްކަނީ
ހުޅުމާލެއިން ނުހައްގުން ދިން 50ބިން އަތުލާނަން:ފަޒުލް