06 އެޕްރީލް 2023
މާލޭގައި ނުރައްކާތެރި ހާދިސާތައް ހިނގާ އެއް ސަބަބަކީ، އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމެވެ. އޭގެ ސަބަބުން އާންމުންނަށް އެތައް އުނދަގުލެއް ކުރިމަތިވަމުން ދާ އިރު، އޭގެ ހައްލެއް އަދިވެސް އޮތީ ނުފެނިފަ އެވެ.
މާލޭގައި ނުރައްކާތެރި ހާދިސާތައް ހިނގާ އެއް ސަބަބަކީ، އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމެވެ. އޭގެ ސަބަބުން އާންމުންނަށް އެތައް އުނދަގުލެއް ކުރިމަތިވަމުން ދާ އިރު، އޭގެ ހައްލެއް އަދިވެސް އޮތީ ނުފެނިފަ އެވެ.
އެކަމަކު، ހުޅުމާލެ ތަރައްގީ ކުރަމުން އަންނަ އާބަންކޯ އިން މިހާރު ވަނީ ތިލަފުށި "އިންޑަސްޓިއަލް ހަބް"އެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެކަމަށް ބޭނުންވާ 152 ހެކްޓަރުގެ ބިން ހިއްކަން ފެށި އިރު، އާބަންކޯ އިން ވަނީ، ބިންތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.
މާލޭގެ ކަންކަން މަތީގައި ހިންގަމުން އަންނަ ވޯކްޝޮޕްތަކާއި ގުދަންތަކާއި ކާޕެންޓްރީތަކާއި މެނުޕެކްޗަރިން މަސައްކަތްތަކާއި އެނޫން ވެސް އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށް ބޭނުންވާ ޖާގަ އޭރުން ތިލަފުށިން ލިބޭނެ އެވެ. އަދި ކެމިކަލް ގުދަންތަކާއި އާންމުންނަށް ނުރައްކާވާނެ ފަދަ މަސައްކަތްތައް ވެސް އެ ރަށަށް ބަދަލު ކުރެވޭނެ އެވެ.
އާބަންކޯ އެމްޑީ އާތިފު "މިހާރު" އާ ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ، ތިލަފުށީގެ މަންޒަރު ބަދަލުކުރަން ދެ އަހަރު ނަގާނެ ކަމަށް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ތިލަފުށި 1997 ވަނަ އަހަރުން ފެށިގެން ކުނި އުކާލާ ރަށުގެ ގޮތުގައި އޮތް ނަމަވެސް، އާ އިންޑަސްޓްރިއަލް ޕްލޭނާ އެކު އެ ސަރަހައްދު އިތުރަށް ތަރައްގީވެ، އާ ދާއިރާތަކުން އިގްތިސާދު ފުޅާކުރަން ފުރުސަތު ފަހިވާނެ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވި އެވެ. މި ވަގުތު އެ ކުންފުނިން ކުރަމުން އަންނަ ކަމަކީ ބިން ބޮޑު ކުރުމުގެ މަސައްކަތެވެ.
"ބިން ބޮޑު ކުރުމުގެ ބޭނުމަކީ ތިލަފުށީގައި އިތުރަށް ވިޔަފާރިތައް ފުޅާ ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުން. އަދި ހާއްސަކޮށް މި ސަރަހައްދުގެ ކަނެކްޓިވިޓީ އަށް އަންނަ ބަދަލާ އެކު މާލޭގައި ހުރި އިންޑަސްޓްރިއަލް މަސައްކަތްތައް ބޭރުކުރުމަކީ ވަރަށް ބޮޑު ޕްލޭނެއް،" އޭނާ ވިދާޅުވި އެވެ.
ތިލަފުށި އިންޑަސްޓިއަލް ހަބް: ބަނދަރު ސަރަހައްދު ހަދަނީ ގިނަ ބޯޓުތަކަށް ބަނދަރު ކުރެވޭ ގޮތަށް-- ފޮޓޯ: އާބަންކޯ
ތިލަފުށި އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށް ބިޑަށް ހުޅުވާލައިފައިވާ އިރު، އެކަހަލަ މަސައްކަތްތައް ކުރަން ބޭނުންވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތު އެބައޮތެވެ. އެ ޕްރޮޖެކްޓްގެ ދަށުން ގޮނޑުދޮށް ހިމާޔަތްކޮށް، އެ ސަރަހައްދު އެއްކޮށް ހިއްކާ ނިންމާލާން ދެ އަހަރު ނަގާނެ ކަމަށް އާތިފު ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓްގެ ދަށުން މިހާރު ހިއްކަމުން އަންނަނީ އެމްޕީއެލް އަށް ބޭނުންވާ ސަރަހައްދެވެ. އެއީ އިންޓަނޭޝަނަލް ޕޯޓު ބަދަލުކުރުމަށް ހިއްކާ ބިމެވެ.
އާތިފު ވިދާޅުވީ، އެ ރަށުގެ ބިންތައް ކުރިއާލާ ވިއްކަނީ، ބިން ހިއްކިގެން އަންނަންވާ އިރަށް އެތަންތަން ގަންނަ ފަރާތްތަކަށް ކުރިއާލާ ތައްޔާރުވުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.
"ބިން އުފެދިގެން އަންނަންވާ އިރަށް އެތަނަށް ބޭނުންވާ އިންވެސްޓްމެންޓްތައް ޕްލޭން ކުރުމާއި ގެނައުމާއި އަދި ކުރަން ބޭނުންވާ ސެޓްއަޕްތައް ހެދުމަށް އެކަށީގެންވާ ވަގުތު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ތަފާތު އިންޑަސްޓްރިއަލް މަސައްކަތްތައް ކުރާ ތިލަފުށީގައި އެކި މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅޭނެ އެވެ. އެގޮތުން ފެކްޓްރީތަކާއި ވެއާހައުސްތައް ފަދަ ކަންކަން ކުރަން ކަނޑައަޅާނީ ވަކި ވަކި ޒޯންތަކެއްގަ އެވެ. ޔުޓިލީ އާއި އެހެން ހިދުމަތްތަކާއި އޮފީސްތަކަށް ހާއްސަ ސަރަހައްދެއް ވެސް އެ ރަށުގައި ހަދާނެ އެވެ.
ތިލަފުށި ތަރައްގީކޮށް ނިމޭއިރު ހުންނާނެ ގޮތުގެ ކުރެހުމެއް: އެ ރަށުގައި މީހުންނަށް ބޭނުންވާ ޒަރޫރީ ހުރިހާ ހިދުމަތްތަކެއް ލިބެން ހުންނާނެ-- ފޮޓޯ: އާބަންކޯ
ތިލަފުށިން 2000 އަކަފޫޓުން ފެށިގެން 35،000 އަކަފޫޓާ ހަމައަށް ބިން ވިއްކުމަށް އެޗްޑީސީން ހުޅުވާލި އިރު އަކަފޫޓެއް ވިއްކަނީ 1،700ރ. އަށެވެ. އާތިފު ވިދާޅުވީ، 19 ބިމެއް ފިޔަވައި އެހެން ހުރިހާ ބިމަކަށް އާންމުންގެ ޝައުގުވެރިކަން ލިބިފައިވާ ކަމަށެވެ. އަދި އާބަންކޯ އިން ކަނޑައެޅި ބޭސް ރޭޓު ކަމަށްވާ އަކަފޫޓެއް 1،700-1،800 ދެމެދުގެ އަގެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މަސައްކަތް ނިމޭ ވަރަކުން ބިން އެލޮކޭޓް ކުރަމުން ދާނަން. ދެން އެ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް، އެތަނުގެ އަޕްޑޭޓްތައް ދެމުންދާނެ،" އޭނާ ވިދާޅުވި އެވެ.
އާބަންކޯގެ އެމްޑީ އާތިފު "މިހާރު" އާ ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ، ތިލަފުށި ހިއްކޭ ވަރަކުން ބިން ގަތް ފަރާތްތަކަށް ބިން ހަވާލު ކުރާނެ ކަމަށް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އާތިފު ވިދާޅުވީ، ތިލަފުށި ތަރައްގީ ކުރަނީ ޒޯނުތަކަށް ބަހާލައިގެން ކަމަށްވާ އިރު، ވަކި ވަކި ޒޯނުތައް ހިއްކާވަރަކުން، އެތަނަކުން ބިން ގަތް ފަރާތްތަކަށް ހަވާލު ކުރާނެ ކަމަށެވެ.
ތިލަފުށިން ބިން ގަތް ވިޔަފާރިތަކަށް ލިބޭނެ އެންމެ ބޮޑު އެއް ފަސޭހައަކީ ކައިރީގައި އިންޓަނޭޝަނަލް ޕޯޓެއް ވެސް އޮތުމެވެ. އެހެންވެ، ފަސޭހަކަމާ އެކު ބޭނުންވާ މުދާ، ގުދަންތަކަށް ނުވަތަ ފެކްޓްރީތަކަށް ގެންދެވޭނެ އެވެ. އަދި ތަކެތި ގެންދަން ހޭދަވާ ވަގުތާއި ހަރަދު ކުޑަ ކުރެވޭނެ އެވެ.
ހުޅުމާލެ ތަރައްގީ ކުރުމުގެ ކާމިޔާބު ތަޖުރިބާއާ އެކު އާބަންކޯ އިން ތިލަފުށީގައި އިންޑަސްޓިއަލް ހަބް ވެސް ތަރައްގީ ކުރަނީ، ޒަމާނީ މަގުތަކާއި، ފެހިކަން އިތުރު ކުރުމާ ވެސް އެކު އެވެ. އަދި ރަށުގެ ތަރައްގީ އަށް ބޭނުންވާ އާންމު އެހެން ހިދުމަތްތައް ވެސް އެ ރަށުގައި ގާއިމް ކުރާނެ އެވެ. އަދި ތޮއްޖެއްސުން ކުޑަ ކުރުމަށް ރަށުގެ ތެރޭގައި ހުސް ޖާގަތައް ވެސް ކަނޑައަޅާފައި ހުންނާނެ އެވެ.
ތިލަފުށި ތަރައްގީ ކުރުމުގެ މަސައްކަތް ފެށި އިރު އެ ޕްރޮޖެކްޓް ކާމިޔާބު ވެއްޖެ ނަމަ، ތޮއްޖެހިފައިވާ މާލޭގެ ހަލަބޮލި ކަމަށް ލުޔެއް ލިބޭނެ އެވެ. އަދި އިންޑަސްޓިއަލް މަސައްކަތްތައް މިހާރަށް ވުރެ، ފުޅާ ދާއިރާއެއްގައި ހިންގުމުގެ ފުރުސަތު ވިޔަފާރިތަކަށް ލިބޭނެ އެވެ.
ތިލަފުށި ތަރައްގީކުރާ ގޮތުގެ މާސްޓަޕްލޭނެއް
ތިލަފުށި 2 ގެ 120 ހެކްޓަރުގެ ބިން ހިއްކައިފި
ތިލަފުށި 2ގެ ފުރަތަމަ ބައި ހިއްކާ ނިންމައިފި
ހިޔާއަށް މަހަކު 6،300ރ. ދައްކާ ގޮތަށް ހަަދައިފި
ވޯޓާތީމް ޕާކް އަތުލުން ހުއްޓުވުމުގެ އަމުރު ބާތިލްކޮށްފި
"ވިނަރެސް" ހަވާލު ކުރުން އަންނަ މަހު ނިމޭނެ: އާތިފް
ތިލަފުށި ފަޅުތެރޭ އޮތް އުޅަނދުތަކެއްގެ ވެރިޔަކު ހޯދަނީ
އާބަންކޯ އިން ތޮއްޑޫ "ސްމާޓް" ރަށަކަށް ހަދަނީ
ބިން ވިއްކައިގެން އެއް ބިލިއަން ލިބުނު: އާތިފު
2،100 ފްލެޓާ އެކު އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް