Roadha Mihaaru
އަލީ އާއި ރިޗާ އަށް ކުއްޖަކު ލިބެނީ

އަލީ އާއި ރިޗާ އަށް ކުއްޖަކު ލިބެނީ

11 ފެބުރުއަރީ 2024

ބޮލީވުޑްގެ ސްޓާ ކަޕުލްއެއް ކަމަށްވާ އަލީ ފަޒާލް އާއި އޭނާގެ އަންހެނުން ރިޗާ ޗައްޑާ އަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާންކޮށްފި އެވެ.

ބޮލީވުޑްގެ ސްޓާ ކަޕުލްއެއް ކަމަށްވާ އަލީ ފަޒާލް އާއި އޭނާގެ އަންހެނުން ރިޗާ ޗައްޑާ އަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާންކޮށްފި އެވެ.

ކުއްޖަކު ލިބެން އުޅޭކަން އެ ދެތަރިން ފޭނުންނާ ހިއްސާކުރީ އިއްޔެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ހިއްސާކުރި އެ ފޮޓޯގައި ލިޔެފައި ވަނީ ވަން ޕްލަސް ވަން އީކުލަސް ތުރީ އެވެ. އަދި ދެވަނަ އަށް ހިއްސާކުރި ފޮޓޯގައި ފެންނަނީ އެ ދެމީހުންނެވެ.

"ހިތުން އިވޭ މަޑުމަޑު ވިންދަކީ އަހަރެމެންގެ މި ދުނިޔޭގައި އިވޭ އެންމެ ބާރު އަޑު،" އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.

އަލީ އާއި ރިޗާ ރަށްޓެހިވީ އެ ދެމީހުން އެކުގައި މަސައްކަތް ކުރި ފިލްމު "ފުކްރޭ"ގެ ޝޫޓިންގެ ތެރެއިން 2013 ވަނަ އަހަރު އެވެ. އެ ދެމީހުން ކައިވެނިކުރީ ކޮވިޑްގެ ދުވަސްވަރު 2020 ވަނަ އަހަރު އެވެ. ނަމަވެސް ކައިވެނި ޕާޓީ ބޭއްވީ އޭގެ ދެ އަހަރު ފަހުން 2022 ވަނަ އަހަރު އެވެ.

އެ ދެމީހުން އެކުގައި މިހާރު ވަނީ އަމިއްލަ ފިލްމް ޕްރޮޑަކްޝަން ހައުސްއެއް ވެސް އުފައްދައިފަ އެވެ. ޕުޝިން ބަޓަންސް ސްޓޫޑިއޯސްގެ ނަމުގައި އުފެއްދި އެ ޕްރޮޑަކްޝަން ހައުސްގެ ފުރަތަމަ ފިލްމު "ގާލްސް ވިލް ބީ ގާލްސް" ވަނީ މިދިޔަ މަހު ސަންޑޭންސް ފިލްމު ފެސްޓިވަލުގައި ޕްރިމިއާކޮށްފަ އެވެ.