07 ފެބުރުއަރީ 2024
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ތައާރަފްކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ފްލެޓްތައް ވީއެންމެ އަވަހަކަށް ހަވާލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ތައާރަފްކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ފްލެޓްތައް ވީއެންމެ އަވަހަކަށް ހަވާލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިނިސްޓަރު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ފްލެޓްތަކާ ގުޅޭ ގޮތުން އޭސީސީން ކުރި ތަހުގީގު ތަފްސީލްތައް ހޯދަން އެ ކޮމިޝަނުގައި އެދިފައިވާނެ ކަމަށާއި ނަމަވެސް، މިހާތަނަށް އެއްވެސް ތަފްސީލީ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރާނީ ވީހާވެސް އަވަހަކަށް ޝަރުތު ހަމަވާ އެންމެންނަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭތޯ. އެހެންނަމަވެސް އެކަން ކުރެވޭނީ އެ ތަފްސީލްތައް އަޅުގަނޑުމެންނަށް ލިބުމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފްލެޓްތަކާ ގުޅޭ ގޮތުން އޭސީސީން ކުރިއަށްދާ ތަހުގީގުގެ ފުރަތަމަ މަރުހަލާ ނިންމައި ކޮމިޝަންގެ ހޯދުންތައް މި މަހުގެ އެއްވަނަ ދުވަހު މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ކޮމިޝަނާ ބައްދަލުކޮށް އިތުރު ތަފްސީލްތައް ހޯދުމަށް މަޝްވަރާކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އެ މައުލޫމާތު ކޮމިޝަނުން ލިބުމުން ގާނޫނީ ލަފާ ހޯދައި ފްލެޓްތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
— Ministry of Housing, Land and Urban Development (@MHLUDmv) February 7, 2024
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާކަން އެނގުނީ އޭސީސީގެ ތަހުގީގުންނެވެ. އެއީ ގާތްގަނޑަކަށް 2،400 ފްލެޓެވެ.
ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގަ އެވެ.
ފްލެޓް ލިސްޓާ ގުޅޭ ތަހުގީގަށް ފަހު ހައުސިން މިނިސްޓްރީއަށް ލަފާ ދިނީ، އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވި ގޮތުގައި، ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނެތް މީހުންނަށް ފްލެޓް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
"އެ އުސޫލާއި އަޅުގަނޑުމެން ކަނޑައަޅާފައިވާ އަސާސްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ވާނީ ހައުސިން މިނިސްޓްރީއަށް އަންގާފައި. އެކަން އަވަސް ކުރަން މިސާލަކަށް ތަހުގީގަށް ފާހަގަކުރެވުނު ކަންކަމުގެ އެހީތެރިކަން ބޭނުންވާ ނަމަ މިނިސްޓްރީއަށް އަޅުގަނޑުމެން ދޭނަން،" މަޖިލީހުގެ ކޮމިޓީގައި މިއަދު ޝާމިލް ވިދާޅުވި އެވެ.
ޝާމިލް ވިދާޅުވީ އެ ފްލެޓްތައް ދޫކުރުމުގައި ލަސްވެ، ބައެއްގެ ހައްގެއް ގެއްލި އޭގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާނަމަ އެކަމުގެ ތެރެއަށް އޭސީސީ ވަނުމަކީ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ޝަރުތު ހަމަވާ މީހުންނަށް ވީއެންމެ އަވަހަކަށް ފްލެޓްތައް ދިނުމަށް ގޮވާލައި މިއަދު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވެސް ހުށަހެޅުއްވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްﷲ ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ އެކި ސަބަބުތަކާ ހުރެ ފްލެޓްތައް ދިނުން ލަސްވުމަކީ އޭގެ ސަބަބުން އެތައް ގެއްލުމެއްވާ ކަމެއް ކަމަށާއި އޭގެ ތެރޭގައި ކުދިކުދި ތަންތަން ކޮޅުގައި ދިރިއުޅުން ޖެހިފައިވާ އަދި އާމްދަނީގެ ބޮޑު ބައެއް ކުއްޔަށް ހަރަދުކުރާ މީހުން ހިމެނޭ ކަމަށެވެ.
އެ ހާލުގައި އުޅޭ ގިނަ ބައެއްގެ ތަކުލީފްތައް ނިމުމަކަށް ގެންނަން، މައްސަލައެއް ނެތް ހުރިހާ ފްލެޓެއް ވީއެންމެ އަވަހަކަށް ހަވާލު ކުރުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށް މައްސަލަ ހުށަހަޅުއްވަމުން، އީވާ ވިދާޅުވި އެވެ.
"މި މައްސަލާގައި ފްލެޓްތައް ދިން ގޮތާ މެދު ގިނަ ޝަކުވާތައް ހުށަހެޅި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކަމުގެ ތަހުގީގެއް ހިންގާފައިވާއިރު ފްލެޓް ލިބުމުގެ ޝަރުތު ހަމަވާ އެއްވެސް މައްސަލައެއް ނެތް ފްލެޓްތަކުގެ ހައްގުވެރިންނަށް އިތުރު ލަސްކުރުމަކާ ނުލައި ދަތި ހާލުގައި ދިރިއުޅުން ބިނާ ކުރަމުންދާ ފަރާތްތަކުގެ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަކީ މިއީ އެންމެ މުހިންމު އެއް ކަންތައް،" އިވާ ހުށަހެޅި މައްސަލާގައިވެ އެވެ.
އީވާ ވިދާޅުވީ މައްސަލަ ހުރި ފްލެޓްތަކުގެ ކަންކަން ވެސް ވީއެންމެ އަވަހަކަށް ބަލައި އެ ފްލެޓްތައް ދޫކުރެވޭ ވަރު ކުރަން ޖެހޭ ކަމަށެވެ.
ކުރީގެ ސަރުކާރުން ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓެއް ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި އޮއްވާ ނެރުމުން އޭރު އޭސީސީން އެންގީ އެ ފްލެޓްތައް ދޫކުރުން ހުއްޓާލުމަށެވެ.
ފްލެޓްތަކާ ގުޅޭ ގޮތުން ގާތްގަނޑަކަށް 300 މީހުން ޝަކުވާ ހުށަހެޅި އެވެ. އެ ތަހުގީގަށް ދެ މަސް ދުވަސް ފަހުން އޭސީސީން ބުނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެކެވެ.
ފްލެޓް މައްސަލަ: އޭސީސީގެ އިތުރު ލަފާ ހޯދައިފި
ފްލެޓާ ގުޅޭގޮތުން އޭސީސީން މި ހަފުތާގައި ގޮތެއް ނިންމަނީ
ފްލެޓު ދިނުން ލަސްކުރާތީ އެމްޑީޕީގެ ކަންބޮޑުވުން
ފްލެޓުތަކާ މެދު 20 ދުވަސްތެރޭ ގޮތެއް ނިންމަނީ
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
ފްލެޓު މައްސަލާގައި މިނިސްޓްރީ ތެރޭ މުޒާހަރާކުރަނީ
ފްލެޓް ލިސްޓު ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
ފުރިހަމަކުރަން ވަގުތު ބޭނުންވާތީ ލިސްޓް ނެރުންފަސްކޮށްފި
ފްލެޓް މައްސަލާގައި އެޗްއާރުސީއެމުން ހައިދަރު އަަރިހަށް
ވައުދަށް ބަދަލެއް ނާދޭ، ފްލެޓް ލިބޭނެ: ރައީސް