28 ޖެނުއަރީ 2024
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެޗްޑީސީ) ގެ ފްލެޓުތަކާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތަކަށް މި ހަފުތާގައި ގޮތެއް ނިންމާނެ ކަމަށް އޭސީސީން މިއަދު ބުނެފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެޗްޑީސީ) ގެ ފްލެޓުތަކާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތަކަށް މި ހަފުތާގައި ގޮތެއް ނިންމާނެ ކަމަށް އޭސީސީން މިއަދު ބުނެފި އެވެ.
އެ ކޮމިޝަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން ކޮމިޝަނަށް ހުށަހެޅި މައްސަލައާ ގުޅިގެން، ފްލެޓާ ގުޅޭ ކަންކަން މަޑުޖައްސާލުމަށް އެ ތަނުން އެންގި އެންގުމާ މެދު މި ހަފްތާ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.
އެހެންވެ، އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.
ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު އޭސީސީއަށް މައްސަލަ ހުށަހެޅި އެވެ. އެއާއެކު، އެ ފްލެޓުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން ނޮވެމްބަރު 15، 2023 ގައި އެ ކޮމިޝަނުން އެންގި އެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވެސް ވިދާޅުވީ ފްލެޓާ ގުޅޭ މަސައްކަތްތައް ފަށާނީ އެ މައްސަލައަށް އޭސީސީން ގޮތެއް ނިންމުމުން ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް މީހުންނެވެ. ތިން ކޮޓަރި ދޭން ހަމަޖައްސާފައިވަނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ކްރައިޓީރިއާއަކަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. އަދި ކުރީގެ ލިސްޓުގައި އެއްވެސް މައްސަލައެއް ނެތް ނަމަ، ހަމަ އެ ލިސްޓަށް، ފުރަތަމަ 4،000 ފްލެޓު ލިބުނު މީހުންނަށް ލިޔުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގައި މިހާރު ހަދަމުން އަންނަ ފްލެޓުތައް އިމާރާތްކޮށް އެ ތަންތަން ބަލަހައްޓާނީ އެފްޑީސީންނެވެ. އެ ކުންފުނިން ވެސް ވަނީ އޭސީސީން މައްސަލަ ނިމޭތާ ތިން ދުވަސް ތެރޭގައި ފްލެޓު އެގްރިމެންޓުގައި ސޮއިކުރަން ފަށާނެ ކަމަށެވެ.
"ޝަރުތު ހަމަވާ މީހުންގެ ފްލެޓްތައް އަވަހަށް ދޭނަން"
ފްލެޓް މައްސަލަ: އޭސީސީގެ އިތުރު ލަފާ ހޯދައިފި
ފްލެޓު ދިނުން ލަސްކުރާތީ އެމްޑީޕީގެ ކަންބޮޑުވުން
ފްލެޓުތަކާ މެދު 20 ދުވަސްތެރޭ ގޮތެއް ނިންމަނީ
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
ފްލެޓު މައްސަލާގައި މިނިސްޓްރީ ތެރޭ މުޒާހަރާކުރަނީ
ފްލެޓް ލިސްޓު ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
ފުރިހަމަކުރަން ވަގުތު ބޭނުންވާތީ ލިސްޓް ނެރުންފަސްކޮށްފި
ފްލެޓް މައްސަލާގައި އެޗްއާރުސީއެމުން ހައިދަރު އަަރިހަށް
ވައުދަށް ބަދަލެއް ނާދޭ، ފްލެޓް ލިބޭނެ: ރައީސް