27 ނޮވެމްބަރ 2023
ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރަން ނިންމި ފްލެޓްތަކާ މެދު އަމަލުކުރާނެ ގޮތެއް 20 ދުވަސް ތެރޭ އަންގާނެ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހަވާލާދީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރަން ނިންމި ފްލެޓްތަކާ މެދު އަމަލުކުރާނެ ގޮތެއް 20 ދުވަސް ތެރޭ އަންގާނެ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހަވާލާދީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. ނަމަވެސް ވެރިކަން ނިމުމުގެ ކުރިން، އޭގެ ތެރެއިން ފްލެޓް ލިބޭ 4،000 މީހުން ކަނޑައަޅައި ލިބޭ ފްލެޓް ވެސް ވަނީ ކަނޑައަޅައިފަ އެވެ. މިކަން ކުރި ގޮތާ މެދު ހިތްހަމަނުޖެހި 7،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވަނިކޮށް ފްލެޓު ދޫކުރުމުގެ ކަންކަން ހުއްޓާލުމަށް އޭސީސީން ވަނީ އަންގައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މެންބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ހައިދަރު ވިދާޅުވީ، އޭސީސީގެ ތަހުގީގުގެ ފުރަތަމަ މަރުހަލާއަށް 20 ދުވަސް ހޭދަވާނެ ކަަމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް، އެ ތަހުގީގުގެ ތެރެއިން ޖިނާއީ ތަހުގީގެއް ކުރަން ޖެހިއްޖެ ނަމަ އެއަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދެއްވައިފަ އެވެ.
ހައިދަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް ހަވާލުވިއިރު އެ މަސައްކަތް ހުއްޓާލަން އޭސީސިން އަންގާފައި އޮތުމުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށާއި އެކަން އަލުން ފެށޭނެ ގޮތެއް ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.
އަޅުގަނޑުމެންގެ އަތް ބަނދެވިފައި މިއޮތީ އަޅުގަނޑުމެން ވެރިކަމަށް އައިރު އޭސީސީއިން އެކަން ހުއްޓުވާފައި އޮތީމާ: ހައިދަރު
އޭސީސީގެ ތަހުގީގަށް ބޭނުންވާތީ ފްލެޓް ޕޯޓަލްގެ ހުރިހާ ފޯމުތަކާ ލިޔުންތަކެއް ފެންނަ ގޮތަށް އޭސީސީއަށް އެކްސެސް ދީފައިވާނެ ކަމަށާއި އުނިއިތުރު ނުގެނެވޭނެ ގޮތަށް އެކަން ހަމަޖައްސައިދީފައިވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަމަލު ކުރާނެ ވަކި ގޮތެއް އެނގޭނީ އޭސީސީގެ ތަހުގީގު ނިމުމުން ކަމަށެވެ.
އެއްވެސް ބައެއްގެ ފްލެޓު އަތުލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށާއި އޭސީސީން އަންގާ ގޮތަކަށް އަމަލު ކުރާނެ ކަމަށާއި ޝަރުތު ހަމަވޭތޯ ނުވަތަ ނޫންތޯ ވެސް ނިންމާނީ ވެސް އޭގެ ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ޝަރުތު ހަމަވާ ނަމަ، ލިބޭނެ ކަމުގެ ޔަގީންކަން އޭނާ މިއަދު ވެސް ދެއްވި އެވެ.
ހައުސިން މިނިސްޓަރު ޑރ. ހައިދަރު.
މިއަދުގެ ކޮމިޓީގައި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ފްލެޓު މަސައްކަތް ހުއްޓާލުމަށް އެންގުމުގެ ބާރު ނުލިބޭނެ ކަމަށާއި އެކަން ކުރީ ގާނޫނާ ހިލާފަށް ކަމަށް ސިފަ ކޮށްފަ އެވެ. އަދި އެކަމަށް ހައުސިން މިނިސްޓްރީން އެއްބާރުލުން ދޭތީ ސުވާލު އުފައްދާފައިވެ އެވެ.
އެ ސުވާލަށް ތަކުރާރުކޮށް ޖަވާބުދެއްވަމުން ހައިދަރު ވިދާޅުވީ، އޭސީސީން އެ ނިންމުން ނިންމާފައި އޮތީ މިދިޔަ ސަރުކާރުގައި ކަމަށާއި އެކަމާ މެދު ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ އަތް ބަނދެވިފައި މިއޮތީ އަޅުގަނޑުމެން ވެރިކަމަށް އައިރު އޭސީސީން އެކަން ހުއްޓުވާފައި އޮތީމާ،" އޭނާ ވިދާޅުވި އެވެ.
ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުން ކަނޑައެޅުން ހުއްޓާލަން އޭސީސީން އެންގި ފަހުން ވެސް ކުރީ ސަރުކާރުން ވަނީ އެކަން ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު ފަހުން ވަނީ މަސައްކަތް ހުއްޓާލިކަން އިއުލާނުކޮށްފަ އެވެ.
ފްލެޓް މައްސަލަ: އޭސީސީގެ އިތުރު ލަފާ ހޯދައިފި
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
ފްލެޓު މައްސަލާގައި މިނިސްޓްރީ ތެރޭ މުޒާހަރާކުރަނީ
ފްލެޓް މައްސަލާގައި އެޗްއާރުސީއެމުން ހައިދަރު އަަރިހަށް
ވައުދަށް ބަދަލެއް ނާދޭ، ފްލެޓް ލިބޭނެ: ރައީސް
ހައިދަރުގެ ވާހަކަތައް ކަސްޓަމްސް އިން ދޮގުކޮށްފި
4،000މީހުން ޔަގީންކުރަން ހުރިހާ ފޯމެއް ރިވިއުކުރަނީ
ރިވިއު ކުރާ ފްލެޓް ލިސްޓު އޮކްޓޯބަރުގައި އާންމުކުރަނީ
ދައުރުވަމުން ދާ ފްލެޓް ލިސްޓު ސައްހައެއް ނޫން: އޭސީސީ
ފްލެޓާއި ގޯއްޗާ ބެހޭ ކޮމިޓީއަށް އިތުރު ތިން މެމްބަރުން