08 ފެބުރުއަރީ 2024
ބޮލީވުޑްގެ ތަރި އީޝާ ޑިއޯލް އާއި އޭނާގެ ފިރިމީހާ ބާރަތު ތަހުތާނީ ވަރިވާން ނިންމައިފި އެވެ.
ބޮލީވުޑްގެ ތަރި އީޝާ ޑިއޯލް އާއި އޭނާގެ ފިރިމީހާ ބާރަތު ތަހުތާނީ ވަރިވާން ނިންމައިފި އެވެ.
އެ ދެމީހުން ގުޅިގެން މިދިޔަ އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ މި ޚަބަރު ކަށަވަރުކޮށްދީފަ އެވެ. އެ މީހުންގެ ކައިވެނި މި ރޫޅާލަނީ 11 އަހަރު އެކުގައި އުޅުމަށް ފަހުގަ އެވެ.
އެ ނޫސްބަޔާނުގައި ބުނީ ދެމީހުން ވަކިވާން ނިންމީ އެއީ މި ވަގުތު ދެމީހުންނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށެވެ. އަދި ދެމީހުން ވަކި ވިޔަސް، ކުދިންގެ ކަންކަމުގައި ދެމީހުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
މިއީ އާއިލާއަށް އުނދަގޫ ވަގުތެއް ކަމުން ޕްރައިވެސީ ދިނުމަށް ވެސް އާންމުންގެ ފަރާތުން އެ ދެމީހުން ވަނީ އެދިފަ އެވެ.
ބާރަތު އާއި އީޝާ ވަރިވާން އުޅޭ ކަމަށް ބުނާ އަޑުތައް ފެތުރިފައިވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެ ވާހަކަ އެންމެ ބޮޑަށް ދެކެވުނީ އީޝާގެ އުފަންދުވަހުގެ ޕާޓީ އަށާއި އޭނާގެ މަންމަ އަދި ބޮލީވުޑްގެ ކުރީގެ އެކްޓްރެސް ހެމާ މާލިނީގެ އުފަންދުވަސް ފާހަގަކުރަން ބޭއްވި ޕާޓީއަށް ވެސް ބާރަތު ނުދިއުމުންނެވެ.
ބާރަތު އާއި އީޝާ ކައިވެނިކުރީ 2012 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް ދެ އަންހެން ކުދިން ތިބެ އެވެ. އެއީ ހަ އަހަރުގެ ކުއްޖަކާއި ހަތަރު އަހަރުގެ ކުއްޖެކެވެ.
އަބީޝޭކް އާއި އައިޝްވާރިޔާ ވަރިވަނީ؟
ރާކީ ވަރިކުރި ސަބަބު ކިޔައިދޭން ޕްރެސް ކޮންފަރެންސެއް
ފަރުދީން އާއި ނަތާޝާގެ ކައިވެނި ރޫޅާލަނީ
ދަނޫޝްގެ ކައިވެނި ވެސް ނިމުމަކަށް
ކުރީގެ އަންހެނުންގެ އާ ފިލްމު އާމިރު ޕްރޮޑިއުސް ކުރަނީ
އާމިރާއި ސަންޖީދާ ވަރިވެއްޖެ
ފަރުހާނާއި ޝިބާނީގެ ކައިވެނި މާޗުގައި
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް
ވަރީގެ ވާހަކަ އަށް ރައްދު ދިނީ ޕޯސްޓަކުން
ޝިލްޕާ އާއި ރާޖް ވަރިވަނީ؟