Roadha Mihaaru
ރިޔާސީ ބަޔާން:އަދިވެސް އިގުތިސާދީ ބޮޑެތި ގޮންޖެހުންތައް

ރިޔާސީ ބަޔާން: އަދިވެސް އޮތީ އިގުތިސާދީ ބޮޑެތި ގޮންޖެހުންތައް!

05 ފެބުރުއަރީ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް މިއަދު އިއްވެވިއިރު، އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ އިގުތިސޯދީ ދަތިތައް ރާއްޖޭގައި އަދިވެސް އޮތް ވަރެވެ. އެ ހާލަތުން އަރައިގަންނަން ބޮޑެތި، ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަން އެ މަނިކުފާނު ފާހަގަކުރައްވަމުން ގެންދެވީ ކަންބޮޑުވުމާ އެކު އެވެ. ކުރިއަށް އޮތީ ދަރަނި އަނބުރާ ދައްކަން ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހޭ ދެ އަހަރު ކަމަށް ވާތީ އެއީ ސަރުކާރަށް ކުޑަކަމެއް ނޫނެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް މިއަދު އިއްވެވިއިރު، އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ އިގުތިސޯދީ ދަތިތައް ރާއްޖޭގައި އަދިވެސް އޮތް ވަރެވެ. އެ ހާލަތުން އަރައިގަންނަން ބޮޑެތި، ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަން އެ މަނިކުފާނު ފާހަގަކުރައްވަމުން ގެންދެވީ ކަންބޮޑުވުމާ އެކު އެވެ. ކުރިއަށް އޮތީ ދަރަނި އަނބުރާ ދައްކަން ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހޭ ދެ އަހަރު ކަމަށް ވާތީ އެއީ ސަރުކާރަށް ކުޑަކަމެއް ނޫނެވެ.

ރައީސް މިއަދު ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ދަރަނި އަނބުރާ ދައްކަންޖެހޭ ތާވަލާ އެއްގޮތަށް ދެއްކޭނެކަން ކަށަވަރުކުރަން ކަމަށެވެ. އެއާ އެކުއެކީގައި ފިސްކަލް ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި ތިރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަންނާނީ އަޅަމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިގޮތުން ބަލާއިރު، ދައުލަތުގެ މާލިއްޔާ އަށް ކުރިމަތިވެފައިވާ، އަދި ދަރަނި އިތުރުވާން ވެސް ދިމާވެފައިވާ މައިގަނޑު ސަބަބަކީ އާމްދަނީއާ އަޅާ ބަލާއިރު ސަރުކާރުގެ ހަރަދުތައް ބޮޑުތަނުން އިތުރުވުން ކަމަށް ވާތީ، ސަރުކާރުގެ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން މި ވަނީ މަޖުބޫރުވެފައި. މިގޮތުން، ޒަމާނުއްސުރެ ސަބްސިޑީގެ ނިޒާމު ބައްޓަން ކުރެވިފައިވާ ގޮތް ބަދަލުކޮށް، ސަބްސިޑީއަކީ ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހާއްސަ ކުރެވިގެން ދެވޭ އެއްޗަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަދަލުކުރާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަން މިއަދު ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި

ރައީސް މުއިއްޒު އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަން މިއަދު ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި

"ފޯރުންތެރިކަން ހުރި ފަރާތްތަކާއި އެންމެ ނިކަމެތި ފަރާތްތަކާ އެއްހަމައަކުން ވަޒަންކޮށްގެން ސަބްސިޑީ ދެމުން ގެންދިއުމުގެ ނަތީޖާއަކަށް ވެފައި ވަނީ، އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީވާން ސަރުކާރަށް އޮންނަ މާލީ ޖާގަ ހަނިވުން."

ރައީސް ވިދާޅުވީ، އިގުތިސާދީ ގޮތުން ފަހި މަންޒަރެއް ފެންނަން އޮތަސް، ދައުލަތުގެ މާލިއްޔާ އަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އާމްދަނީ އާއި ހަރަދުގެ ފަރަގު ބޮޑުވެ، ފިސްކަލް ޑެފިސިޓް ހުރީ ދެމެހެއްޓެނިވި ނޫން ވަރަށް މަތިކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގުތިސާދީ ތަދުމަޑުކަމާ އެކު، ބަޖެޓް ޑެފިސިޓް 2020 ގައި 13.5 ބިލިއަން ރުފިޔާ އަށް އިތުރުވި އެވެ.

"ނަމަވެސް، ހިނގަމުންދިޔަ އިސްރާފާއި ސަރުކާރުގެ ސިޔާސަތުތައް އޭރު ބައްޓަން ކުރެވިފައި ހުރި ގޮތުގެ ނަތީޖާއަކަށް ވީ، އިގުތިސާދީ ހާލަތު ބަލިމަޑުކަމުގެ ކުރިން އޮތް ރަނގަޅު ހާލަތަށް ރުޖޫއަވި ނަމަވެސް، ޑެފިސިޓް ކުޑަ ނުވުން. މިގޮތުން، 2023 ވަނަ އަހަރު އިގުތިސާދުގެ އުފެއްދުންތެރިކަން 2019 ވަނަ އަހަރު ހުރި މިންވަރަށް އިއާދަވި ނަމަވެސް، އެ އަހަރުގެ ބަޖެޓު ޑެފިސިޓް ހުރީ 2020 ވަނަ އަހަރުގެ ޑެފިސިޓަށް ވުރެ ވެސް ފުޅާކޮށް 14.6 ބިލިއަން ރުފިޔާގައި،" ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަން ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން މަޖިލިހުގެ ރައީސް އަސްލަމް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަން ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ރައީސް މުއިއްޒު ވަޑައިގަތުމުން މަޖިލިހުގެ ރައީސް އަސްލަމް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެ މަނިކުފާނު ވިދާޅުވީ، ތަރައްގީ އާއި ކުރިމަގަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު ހަގީގަތަކަށް ހެދޭނީ މާލީ ގޮތުން ގައުމު ވެއްޓިފައި އޮތް އަޑިގަނޑުން ސަލާމަތް ވެގެން ކަމަށެވެ، ވިދާޅުވީ، ދިވެހި ތާރީހުގައި މިއިން ޒަމާނަކު ނުދަރާ ވަރަށް މި ސަރުކާރު އައި އިރު ދައުލަތް އޮތީ ދަރާފައި ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ޑެފިސިޓް ފައިނޭންސް ކުރަން ނަގާފައިވާ ދަރަނީގެ ސަބަބުން، މިދިޔަ އަހަރު ނިމުނުއިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 115.9 ޕަސެންޓަށް އުފުލިފަ އެވެ.

"ވޭތުވެދިޔަ ފަސް އަހަރު 8 ބިލިއަނެއްހާ ރުފިޔާ ވަނީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ނަމުގައި ޗާޕްކޮށްގެން ނެރެފައި. މިއީ އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕްކުރި ޖުމްލަ މިންވަރާ ނުބައްދަލު ބޮޑު އަދަދެއް. އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރުފިޔާގެ ހަމަ އަގު ހިފެހެއްޓުމުގައި މި ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

"ތަކެތީގެ އަގު އުފުލި، ލާދަ މިވަނީ މަތިވެފައި. އަޅުގަނޑުމެން ސަރުކާރާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ކުރި އެއް ކަމަކީ ޣައިރު ޒިންމާދާރުކަމާ އެކު މަނިޓައިޒް ކުރަމުން ދިޔަދިޔުން ނިމުމަކަށް ގެނައުން،"

އެހެންވެ، ފައިސާ ޗާޕުކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 31 އިން ފެށިގެން ހުއްޓާލާފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ކުރީގެ ސަރުކާރުން ސަސްޕެންޑް ކުރި މާއްދާތައް އިއާދަކޮށް، އިގުތިސާދު ހަމަޔަކަށް އެޅުވުމަށް މަސައްކަތް ފަށާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ފައިދާވާ އެންމެ ތިން ކުންފުނި

ރައީސް މިއަދު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ވަރަށް ބޮޑު ކަމަށެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖެހޭ އޮތީ އެންމެ ދެ ތިން ކުންފުނި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކުންފުނިތަކުގެ އިދާރީ ހިންގުމާ މުވައްޒަފުންނަށް ކުރާ ހޭދަ ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައި. އާމްދަނީ ހޯދަން ކުރާ އުފެއްދުންތެރި މަސައްކަތްތައް ކުންފުނިތަކުން ކުރުން ވަނީ މަދުވެފައި. އެކިއެކި ކަންކަމަށް ބަދަލުދިނުމުގެ ނަމުގައި ދައުލަތުގެ ހަޒާނާ އިން 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ އެކި ފަރާތްތަކަށް ބަހާލައިފައިވޭ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ދައުލަތުގެ ދަރަނި އަދާކުރަން ދުރާލައި ތައްޔާރުވާން އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ބޭރު ފައިސާ ވެސް ނަގައި މާރުކޮށްލާފައިވާ ކަމަށެވެ.

ރިޔާސީ ބަޔާން އިއްވަން މިއަދު ބޭއްވި މަޖިލިހުގެ ޖަލްސާ އަށް ފިނޭންސް މިނިސްޓަރު ޝަފީގާއި ޑިފެންސް މިނިސްޓަރު ޣައްސާން ވަޑައިގަންނަވަނީ.----ފޮޓޯ: ނިޝާން އަލީ| މިހާރު

ރިޔާސީ ބަޔާން އިއްވަން މިއަދު ބޭއްވި މަޖިލިހުގެ ޖަލްސާ އަށް ފިނޭންސް މިނިސްޓަރު ޝަފީގާއި ޑިފެންސް މިނިސްޓަރު ޣައްސާން ވަޑައިގަންނަވަނީ.----ފޮޓޯ: ނިޝާން އަލީ| މިހާރު

"މިއީ އަދި، މިދިޔަ 11 ވަރަކަށް ހަފުތާގައި އަޅުގަނޑުމެން ކުރިމަތިލީ ގޮންޖެހުންތަކުގެ ކުޑަ މިންވަރެއް،" ރިޔާސީ ބަޔާނުގައި އިގުތިސާދީ މައްސަލަތައް ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

އިގުތިސާދީ ބޮޑެތި ގޮންޖެހުންތައް ހުއްޓަސް ރައީސް ވިދާޅުވީ، މި ސަރުކާރުގެ "ހަފުތާ 14" ގެ މަގުޗާޓުގައި، ދަރަނީގެ ދެމެހެއްޓެނިވިކަން އަނބުރާ އިއާދަކުރުމުގައި މަސައްކަތްކުރާނެގޮތުގެ ޕްލޭނެއް ވަނީ އެކުލަވާލާފައި ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރާނީ ރޭވުންތެރިކަމާ އެކު، ދުރުރާސްތާގައި ވެސް ދައުލަތުގެ މާލިއްޔާ އަށް އެންމެ ހިރާސްތައް ކުޑަވާގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.