03 ފެބުރުއަރީ 2024
މިދިޔަ އަހަރުގެ ނިމުނު އިރު އެތެރޭގެ ދަރަނީގެ ގޮތުގައި ނެގި ވަރު 73 ބިލިއަނަށް އެރި އިރު ބޭރުގެ ދަރަނީގެ ގޮތުގައި އެރި ވަރު 51 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
މިދިޔަ އަހަރުގެ ނިމުނު އިރު އެތެރޭގެ ދަރަނީގެ ގޮތުގައި ނެގި ވަރު 73 ބިލިއަނަށް އެރި އިރު ބޭރުގެ ދަރަނީގެ ގޮތުގައި އެރި ވަރު 51 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ހުރީ 124 ބިލިއަން ރުފިޔާގަ އެވެ. އެއީ ދައުލަތުން ގެރެންޓީދީފައިވާ 14 ބިލިއަން ރުފިޔާ ވެސް ހިމެނޭ ގޮތަށެވެ.
މިއީ މިދިޔަ އަހަރު ފެށުނު އިރު ހުރި އަދަދަށް ވުރެ 10 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ފެށުނު އިރު ދައުލަތުގެ ދަރަނި ހުރީ 114 ބިލިއަން ރުފިޔާގަ އެވެ. އޭރު އެތެރޭގެ ދަރަނި ހުރީ 65 ބިލިއަން ރުފިޔާގަ އެވެ. އަދި ބޭރުން ނެގި ލޯނުތަކުގެ އަދަދު އުޅެނީ 49 ބިލިއަން ރުފިޔާގަ އެވެ.
ދައުލަތުގެ އެތެރޭގެ ދަރަނި ހުރީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 68 ޕަސެންޓުގަ އެވެ. އަދި ބޭރުގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 48 ޕަސެންޓުގަ އެވެ.
ދައުލަތުގެ އެތެރޭގެ ދަރަނީގެ ތެރެއިން 59 ބިލިއަން ރުފިޔާ ނަގާފައިވަނީ ޕެންޝަން އޮފީހާއި ކޮމާޝަލް ބޭންކުތަކުންނެވެ. އަދި މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވެސް މިދިޔަ އަހަރު 8.7 ބިލިއަން ރުފިޔާ ނަގާފައިވެ އެވެ. މިދިޔަ އަހަރުގެ އެތެރޭގެ ދަރަނި އަދާ ކުރަން 458 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ދައުލަތުގެ ދަރަނި 2021 ވަނަ އަހަރު ނިމުނު އިރު ހުރީ 95 ބިލިއަން ރުފިޔާގަ އެވެ. އެހެންވެ ފާއިތުވެދިޔަ ދެ އަހަރު ތެރޭ ދައުލަތުގެ ދަރަނި ވަނީ 30 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
އެއް އަހަރުން އަނެއް އަހަރަށް ދައުލަތުގެ ދަރަނި އިތުރުވަމުން އަންނަ އިރު 2026 ވަނަ އަހަރަކީ ދައުލަތުން އެންމެ ބޮޑު ދަރަންޏެއް އެއް ފަހަރާ ދައްކަން ޖެހޭނެ އަހަރެވެ. އެ އަހަރު އެއް ބިލިއަން ޑޮލަރު (15.4 ބިލިއަން ރުފިޔާ) ދައްކަން ޖެހޭނެ އެވެ.
އެ ދަރަނި އަދާ ކުރުމަށް ސަރުކާރުން ވަނީ ސޮވަރިން ފަންޑު މެދުވެރިކޮށް އޭގެ ތެރެއިން 9.8 ބިލިއަން ރުފިޔާ ބޭނުން ކުރަން ނިންމާފަ އެވެ. އެ ފަންޑުގައި މިވަގުތު 7.4 ބިލިއަން ރުފިޔާ ހުރި އިރު މި އަހަރު ނިމޭ އިރު އެ އަދަދު 9.7 ބިލިއަން ރުފިޔާ ގެންދިއުމަކީ ސަރުކާރުގެ އަމާޒެވެ.
"ދަރަންޏާ އަޅާ ބަލާއިރު ސޮވަރިން ފަންޑް މާ ކުޑަ"
އެސްޑީއެފް ބިލް: ގަވާނިން ކައުންސިލަކާއި އޮފީހެއް
އެސްޑީއެފްގައި 7.4 ބިލިއަން ރުފިޔާ
އެސްޑީއެފްގައި ޑޮލަރުން ހުރީ 32 މިލިއަން!
ލޯނު ދައްކާ ފަންޑުން 400 މިލިއަންގެ ޓީބިލް ގަނެފި
ކޮމިޝަނާ އޮފް ރިފޯމްގެ މަގާމަށް މީހަކު ހޯދަނީ
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
ރާއްޖެ ބަނގުރޫޓުވުމުގެ ވާހަކަ ހުއްޓިއްޖެ: ޒަމީރު
ސީދާ ދަރަނި ކުޑަކުރެވޭނެ ކަމަކަށް ނުބެލެވޭ: ފިނޭންސް
1.5ބިލިއަން ޑޮލަރުގެ ދަރަނި ލުއިކުރަން މަޝްވަރާކުރަނީ