09 މެއި 2024
ރާއްޖޭގެ ސޮވަރިން ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް) ގައި މިވަގުތު ހުރީ ދައުލަތުން ދަރަންޏަށް ހޭދަކުރަން ޖެހޭ އަދަދަށް ވުރެ ދަށް އަދަދެއް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ރާއްޖޭގެ ސޮވަރިން ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް) ގައި މިވަގުތު ހުރީ ދައުލަތުން ދަރަންޏަށް ހޭދަކުރަން ޖެހޭ އަދަދަށް ވުރެ ދަށް އަދަދެއް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
އެ ބޭންކުން އާންމު ކުރި ރާއްޖޭގެ އިގްތިސާދާ ގުޅޭ ރިޕޯޓުގައި ބުނެފައިވަނީ އެސްޑީއެފްއަށް އާމްދަނީގެ ބައެއް ސަރުކާރުން ޖަމާކުރަމުން ދިޔަ ނަމަވެސް، އެއީ އަދާކުރަން ޖެހޭ ދަރަންޏާ އަޅާ ބަލާއިރު ކުޑަ އަދަދެއް ކަމަށެވެ.
ސޮވެރިން ފަންޑް ހަރަދު ކުރުމުގެ ގޮތުން މަޖިލީހަށް ބިލް ހުށަހެޅުމުން ވަނީ އެ ބިލް ބޭރުކޮށްލައިފަ އެވެ. މިކަމާ ވެސް ވޯލްޑް ބޭންކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ފަންޑުގައި މި ވަގުތު 7.4 ބިލިއަން ރުފިޔާ އެބަހުރި ކަމަށް ފިނޭންސް މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު އާންމު ކުރި ތަފާސްހިސާބުން އެނގެ އެވެ.
ދައުލަތުގެ ދަރަނި އަދާކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު އުފެއްްދި އެސްޑީއެފްގައި ހުރި ޑޮލަރު ކޮވިޑާ ގުޅިގެން ކުރީގެ ސަރުކާރުން މާރު ކުރުމުން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ފަންޑުގެ ބޮޑުބައި ހުރީ ރުފިޔާއިންނެވެ. އާ ސަރުކާރުން މިހާރު އަންނަނީ އެ ފަންޑުގައި ހުރި ފައިސާ ޑޮލަރަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު އެ ފަންޑުގައި 9.7 ބިލިއަން ރުފިޔާއަށް އިތުރު ކުރުމެވެ.
ދަރަނި އަދާކުރަން ސީދާގޮތުން އަންނަ އަހަރު 8.2 ބިލިއަން ރުފިޔާ ހޭދަކުރާ އިރު، އެސްޑީއެފްއިން 3.8 ބިލިއަން ރުފިޔާ ބޭނުން ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން 2026 ވަނަ އަހަރުގެ ބޮޑު ދަރަނީގެ ގޮތުގައި ސީދާ ގޮތުން 9.8 ބިލިއަން ރުފިޔާ ދައްކަން ޖެހޭއިރު އެސްޑީއެފްއިން ދަރަނި ދެއްކުމަށް ނަގާ 3.8 ބިލިއަން ރުފިޔާގެ އިތުރުން އެ އަހަރު ވެސް އިތުރު ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކައިގެން، ދަރަނި ރީފައިނޭންސް ކުރަން ވަނީ ނިންމައިފަ އެވެ.
64 ބިލިއަން ރުފިޔާގެ ޓީބިލް ވަނީ ވިއްކާފައިި
2026 ގެ ދަރަނީގެ ބައެއް އަންނަ އަހަރު ދައްކަނީ
ނުއުފުލޭ ވަރުގެ ބޮޑު ދަރަންޏެއް ނުނަގާނަން: ޝަފީގު
އެސްޑީއެފް ބިލް: ގަވާނިން ކައުންސިލަކާއި އޮފީހެއް
"ދަރަނި ހަމަޔަކަށް އަޅުވަން ފިޔަވުތައް އަވަސް ކުރޭ"
މިދިޔަ އަހަރު ދަރަންޏަށް 10 ބިލިއަން އިތުރުވި
އެސްޑީއެފްގައި 7.4 ބިލިއަން ރުފިޔާ
2026ގެ ދަރަނީގެއަސަރު ޕްރައިވެޓް ސެކްޓަރަށް ކުރާނެ
ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 115 ޕަސެންޓަށް
މިދިޔަ އަހަރު 8 ލޯނަކަށް 6.2 ބިލިއަން ރުފިޔާ ނެގި