01 ފެބުރުއަރީ 2024
އިންޑިއާގެ ހިންދޫންގެ ބިމެއް ކަމަށް ބުނާ ތަނެއްގައި ހުރި މިސްކިތެއް ކަމަށްވާ "ގިއަންވަޕީ" ގައި އިންޑިއާގެ ހިންދޫންނަށް ވެސް އަޅުކަން ކުރެވޭނެ ކަމަށް އެ ގައުމުގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.
އިންޑިއާގެ ހިންދޫންގެ ބިމެއް ކަމަށް ބުނާ ތަނެއްގައި ހުރި މިސްކިތެއް ކަމަށްވާ "ގިއަންވަޕީ" ގައި އިންޑިއާގެ ހިންދޫންނަށް ވެސް އަޅުކަން ކުރެވޭނެ ކަމަށް އެ ގައުމުގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.
ވަރްނާސީގައި ހުންނަ ގިއަންވަޕީ މިސްކިތަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދު މޯދީގެ ބީޖޭޕީގެ އެކްޓިވިސްޓުން ހިންދޫންގެ ތަންތަން ކަމަށް ބުނެ ދައުވާކުރާ މުސްލިމުންގެ ބިނާތަކުގެ ތެރެއިން އެއް ތަނެވެ. މި މިސްކިތަކީ 17 ވަނަ ގަރުނުގައި މޫގާލްގެ ވެރިކަން އޮތް ދުވަސްވަރު ހަދާފައިވާ ތަނެކެވެ. މިސްކިތް ހުންނަނީ ހިންދޫންގެ ތެރެއިން މަރުވާ މީހުން އަންދަން ގަންގާ ކޯރު ކައިރިއަށް ގެންދިއުމަށް ގެންނަ ސިޓީ އެވެ.
ވަރްނާސީގެ ކޯޓަކުން ކުރި ހުކުމުގައި ބުނީ ގިއަންވަޕީ މިސްކިތަކީ ހިންދޫން އަޅުކަންކުރާ ތަނެއް ތަޅާލުމަށް ފަހު އަޅާފައިވާ ތަނެއް ކަމަށް ގަބޫލުކުރާ ހިންދޫންނަށް އެ މިސްކިތުގެ ބޭސްމަންޓުގައި އަޅުކަން ކުރެވޭނެ ކަމަށެވެ.
ކޯޓުން ވަނީ މިގޮތަށް އަޅުކަންކުރަން ބޭނުންވާ ހިންދޫންނަށް އެކަމުގެ އިންތިޒާމް ހަތް ދުވަސް ތެރޭ ހަމަޖައްސައިދޭން ކަމާބެހޭ އިދާރާތަކަށް އަމުރުކޮށްފަ އެވެ.
މި މަހު އިންޑިއާގެ އާކިއެލޮޖިސްޓުން ވަނީ ގިއަންވަޕީ މިސްކިތް ހުރި ތަނަކީ ފައްޅިއެއް ތަޅާލުމަށް ފަހު އަޅާފައިވާ ތަނެއް ކަމަށް ބުނާ ބުނުމަށް ބާރު ލިބޭ ހެކި ހުރި ކަމަށް ބުނެފަ އެވެ. ހަރުކަށި ހިންދޫން ބުނަނީ އިންޑިއާގައި ހުރި ވަރަށް ގިނަ މިސްކިތްތަކަކީ މޫގާލްގެ ވެރިކަމުގައި ފައްޅިތައް ތެޅުމަށް ފަހު އަޅާފައި ހުރި ތަންތަން ކަމަށް ބުނަމުންނެވެ.
މިދިޔަ މަހު އިންޑިއާގައި ވަނީ އުތަރް ޕަރްދޭޝްގެ އަޔޯދިޔާގައި ހުރި އާސާރީ "ބާބްރީ" މިސްކިތް ތަޅާލުމަށް ފަހު އެތަނުގައި އެޅި ހިންދީންގެ ފައްޅި "ރާމް މަންދީރް" ހުޅުވައިފަ އެވެ. ބޮޑުވަޒީރު މޯދީ އާއި މުޅި އިންޑިއާއިން ވަނީ އެކަމުގެ އުފާ ފާޅުކޮށް މިއީ އިންޑިއާގެ ގައުމިއްޔަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ސިފަކޮށްފަ އެވެ. -- އޭއެފްޕީ
މިސްކިތެއް "ސާވޭކުރަން" އުޅުމުން އިންޑިއާގައި ދެ މަރު
މޯދީ ކެމްޕެއިން ފަށަނީ މިސްކިތް ތަޅާލައި އެޅި ފައްޅިން
ހަރިޔާނާގައި މުސްލިމުންނާ ދެކޮޅު އަމަލުތައް އިތުރުވަނީ
ބީބީސީގެ ޑޮކިއުމެންޓްރީ އިންޑިއާގައި މަނާކޮށްފި
ހިތަދޫގައި ހިންދޫ ދީނުގެ އަޅުކަންކުރި މައްސަލަ ޕޮލިހަށް
ބުއްދިވެރިއަކު އެއްވެސް ދީނަކާ ނުބެހޭނެ: ޔާމީން
ފުރައްސާރަކުރުން އެމްޑީޕީ، ޕީޕީއެމުން ކުށްވެރިކޮށްފި
މުސްލިމުން ކިބައިން މާފަށްއެދެން އެމްއެންޕީން ގޮވާލައިފި
ރަސޫލާއަށް ފުރައްސާރަކުރުން ރާއްޖޭން ކުށްވެރިކޮށްފި
ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ސޯނަމް އާއި ރިޗާ