އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ހާލުގައި ޖެހޭ އާންމުންނަށް އެހީވުމުގައި އެންމެ މުހިންމު މަސައްކަތްތަކެއް ކުރާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓައިން ރެފިއުޖީސް (އަންރުވާ) ގެ މަސައްކަތް ހުއްޓާލާއި އެހެން ބަޔަކާ ހަވާލު ނުކުރެވޭނެ ކަމަށާއި އެ ޖަމިއްޔާއިން ކުރާ ގޮތަށް އެހެން ބަޔަކަށް މަސައްކަތް ނުކުރެވޭނެ ކަމަށް އދ. އިން ބުނެފި އެވެ.

އދ. އިން މިހެން ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އުންރުވާގެ ބައެއް މުވައްޒަފުން ބައިވެރިވިކަމުގެ ތުހުމަތާ އެކު އެ ޖަމިއްޔާގެ މަސައްކަތް ހުއްޓާލަން އިޒްރޭލުން ބުނާތީ އާއި އެތައް ގައުމަކުން އެ ޖަމިއްޔާއަށް ފަންޑުކުރުން ހުއްޓާލާފައި ވާތީ އެވެ.
އެމެރިކާ، އިނގިރޭސި ވިލާތް، ޖަރުމަން އަދި ޖަޕާނާ އެކު 12 ވަރަކަށް ގައުމުން މިހާރު ވަނީ އުންރުވާއަށް ފަންޑުކުރުން ހުއްޓާލައިފަ އެވެ. އެހެންވެ އދ.ގެ ސެކްރެޓަރީ ޖެނެރަކް އެންޓޯނިއޯ ގުޓަރެސް އެ ގައުމުތަކާ އެކު މަޝްވަރާކުރަން ވަނީ ނިންމަވައިފަ އެވެ.
"މި ޖަމިއްޔާއިން މި ކުރާ ފެންވަރުގައި މިކަން ކުރުމަކީ އެހެން ބަޔަކަށް ވާނެ ކަމެއް ނޫން. ޖަމިއްޔާގެ މުވައްޒަފުންގެ ތަޖުރިބާ އާއި ޣައްޒާގެ އާބާދީ އެނގި ދަސްވެފައިވާ ވަރު އެއީ ޖަމިއްޔާގެ ހާއްސަކަން،" އުންރުވާގެ ކޯޑިނޭޓަރު ވިދާޅުވި އެވެ.
އުންރުވާއިން ބުނީ ހަމާސް އިން ދިން ހަމަލާގައި އުންރުވާގެ 12 މުވައްޒަފަކު ބައިވެރިވި ކަމަށް އިޒްރޭލުން ކުރި ތުހުމަތާ އެކު ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އުންރުވާއަށް އެހީ ދިނުން ހުއްޓާލައިފި ނަމަ ގެއްލުންވާނީ ހާލުގައި ތިބި ފަލަސްތީނުގެ އާންމުންނަށް ކަމަށް ވެސް ބުންޏެވެ.
އުންރުވާ އަކީ އިޒްރޭލުގެ ސަލާމަތަށް ނުރައްކާ ގޮތަށް މަސައްކަތްކުރާ ބައެއް ކަމަށް ބުނެ އަބަދުވެސް އިޒްރޭލުން ތުހުމަތުތައް ކުރެ އެވެ. މިފަހަރު ކުރި ތުހުމަތާ އެކު، އުންރުވާގެ މަސައްކަތް ހުއްޓުވާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ. -- އޭއެފްޕީ
ރެފިއުޖީ އެޖެންސީއާ އިޒްރޭލުން ގުޅުން ކަނޑާލައިފި
"ޣައްޒާގައި އޮތީ ނަސްލު ނައްތާލުމުގެ ހަނގުރާމަ"
ފަލަސްތީނުގެ ދައުލަތް އުފެއްދުމުގެ ގަރާރު ފާސްކޮށްފި
ފަލަސްތީނުގެ ރައީސް ވެސް އެމެރިކާއަށް އެރުން މަނާ
ފަލަސްތީނުގެ އޮފިޝަލުން އެމެރިކާއަށް ނާރުވަން ނިންމައިފި
ޣައްޒާ ބަނޑަށްޖެހިފައިކަމަށް ބުނާތީ އިޒްރޭލުން އިންޒާރު
ޣައްޒާ ބަނޑަށްޖެހިފައިވާކަން ރަސްމީކޮށް ކަނޑައަޅައިފި
ނޫސްވެރިން މެރުމުގެ ޖަރީމާ އދ. އިން ކުށްވެރިކޮށްފި
އިޒްރޭލުގެ ޣައްޒާ ޕްލޭނަކީ އިތުރު މުސީބާތެއް: އދ
މިއީ ހުޅަނގު އައްސޭރީގައި އެންމެ އަނިޔާވެރި އެއްއަހަރު