31 ޖެނުއަރީ 2024
ޖެނީވާ (ޖުނުއަރީ 31) - ކުޅުންތެރިންގެ ޓްރާންސްފާ އަށް މިދިޔަ އަހަރު ދުނިޔޭގެ އެކި ކޮންކޮޅުތަކުން 9.63 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާކަމަށް، ފީފާއިން ބުނެފި އެވެ.
ޖެނީވާ (ޖުނުއަރީ 31) - ކުޅުންތެރިންގެ ޓްރާންސްފާ އަށް މިދިޔަ އަހަރު ދުނިޔޭގެ އެކި ކޮންކޮޅުތަކުން 9.63 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާކަމަށް، ފީފާއިން ބުނެފި އެވެ.
ފީފާއިން އިއްޔެ އާންމުކުރި، ގްލޯބަލް ޓްރާންސްފާ ރިޕޯޓްގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރު އެންމެ ބޮޑު ޓްރާންސްފާއަކީ، ބްރޫޝިއާ ޑޯޓްމަންޑް ދޫކޮށް، ރެއާލް މެޑްރިޑަށް ބަދަލުވުމަށް ޖޫޑް ބެލިންހަމް ހެދި ޓްރާންސްފާ އެވެ. ދެވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާ އަކީ ބެންފީކާއިން ޗެލްސީ އަށް ބަދަލުވި އެންޒޯ ފެނާންޑޭޒް އެވެ. ތިންވަނަ އަކީ ޓޮޓެންހަމް ދޫކޮށް ބެޔާން މިޔުނިކަށް ބަދަލުވި ހެރީ ކޭންގެ ޓްރާންސްފާ އެވެ.
އެ ރިޕޯޓްގައިވާ ގޮތުން ކުޅުންތެރިންގެ ޓްރާންސްފާ އަށް އެންމެ ބޮޑު ހޭދައެއް ކުރީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުންނެވެ. އެ ލީގުގެ ފަހަތުން ލިސްޓްގެ ދެވަނައިގައި އޮތީ، ސައުދީ އަރަބިއާގެ ޕްރޯ ލީގެވެ.
އިނގިރޭސި ކްލަބްތަކުން ވަނީ މިދިޔަ އަހަރު ޓްރާންސްފާ އަށް 2.96 ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.
މަޝްހޫރު ކުޅުންތެރިންގެ ސޮއި ހޯދައި ދުނިޔޭގެ ވަރުގަދަ ލީގަކަށް ވުމަށް މަސައްކަތް ކުރަމުންދާ ސައުދީ ޕްރޯ ލީގުގެ ކްލަބްތަކުން ވަނީ 970 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. އޭގެ ކުރިން 2022 ގައި ސައުދީގެ ކްލަބްތަކުން ކުރި ހަރަދު 60 މިލިއަނަށް ވެސް ނާރަ އެވެ.
ކުޅުންތެރިން ވިއްކައިގެން، އެންމެ ބޮޑު އަދަދެއް ހޯދީ ޖަރުމަނު ލީގުގެ ކްލަބްތަކަށެވެ. އެ ލީގުގެ ކްލަބްތަކަށް ޓްރާންސްފާ ފީގެގޮތުގައި 1.21 ބިލިއަން ލިބިފައި ވެއެވެ. ދެވަނަ އަށް ފްރާންސްގެ ކްލަބްތަކެވެ. ފްރެންޗު ލީގުގެ ކްލަބްތަކަށް ލިބުނީ 1.19 ބިލިއަނެވެ. ތިންވަނަ އަށް އިންގްލެންޑްގެ ކްލަބްތަކެވެ. އެއީ 1.04 ބިލިއަނެވެ. ހަތަރުވަނަ އަކީ އިޓަލިއަން ލީގުގެ ކްލަބްތަކެވެ. އެއީ 1.02 ބިލިއަން ޑޮލަރެވެ.
ސައުދީ ލީގުގެ ނަން ހަޑިވާނެތީ ބެންޒެމާއަށް ދޮރު ބަންދު
ސައުދީން ބޮޑު ހޭދައެއް ކުރިއަސް ކަންބޮޑުވުމެއް ނެތް
ފިރްމީނޯ ވެސް ސައުދީ ލީގަށް ބަދަލުވެއްޖެ
ހަވާޓްޒް އާއި ރައިސް ގެނެވޭތޯ އާސެނަލުން މަސައްކަތްކުރަނީ
ޕްރިމިއާ ލީގު ފެށުމުގެ ކުރިން ކުކުރޭލާ ޗެލްސީ އަށް
ކޮވިޑާ ހެދި ފުޓްބޯޅައިގެ ޓްރާންސްފާ ބާޒާރަށް ވެއްޓުމެއް
ޕްރިމިއާ ލީގުން 1.5 ބިލިއަން ޑޮލަރު ހަރަދުކުރި
މެޑްރިޑާ ގުޅޭ ވާހަކަތަކުން ޓްރެންޓަށް އަސަރެއް ނުކުރޭ
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި