އީރާންގެ ޑިފެންސް ސައިޓަކަށް ގެއްލުން ދިނުމަށް އެ ގައުމުގެ އެންމެ ބޮޑު ދުޝްމަން އިޒްރޭލާ ގުޅިގެން މަސައްކަތްކޮށް ޖާސޫސްކޮށްދިން ކަމުގެ ކުށުގައި އީރާނުން މަރުގެ ހުކުމް އިއްވި ހަތަރު މީހެއްގެ ހުކުމް އިއްޔެ ތަންފީޒުކޮށްފި އެވެ.
އީރާންގެ ޑިފެންސް ސައިޓަކަށް ގެއްލުން ދިނުމަށް އެ ގައުމުގެ އެންމެ ބޮޑު ދުޝްމަން އިޒްރޭލާ ގުޅިގެން މަސައްކަތްކޮށް ޖާސޫސްކޮށްދިން ކަމުގެ ކުށުގައި އީރާނުން މަރުގެ ހުކުމް އިއްވި ހަތަރު މީހެއްގެ ހުކުމް އިއްޔެ ތަންފީޒުކޮށްފި އެވެ.
އީރާންގެ ޖުޑީޝަރީގެ ވެބްސައިޓް "މީޒާން" ގައި ބުނެފައިވާ ގޮތުގައި 2022 ވަނަ އަހަރު ހައްޔަރުކުރި ހަތަރު މީހުންނަށް މަރުގެ ހުކުމް އިއްވީ އިސްފަހާންގައި ހުންނަ ޑިފެންސް މިނިސްޓްރީގެ ސައިޓަކާ ދެކޮޅަށް ހިންގަން ހިންގަން އުޅުނު އޮޕަރޭޝަނެއްގައި ބައިވެރިވެފައި ވާތީ އެވެ.
"ބޮމުގެ ހަމަލާއެއް ރޭވި، ޒަޔަނިސްޓުންނާ ގުޅިގެން މަސައްކަތްކުރާ ގްރޫޕެއްގެ މި ހަތަރު މީހުންނަށް މިއަދު ހެނދުނު ވަނީ މަރުގެ ހުކުމް ތަންފީޒުކޮށްފައި،" ވެބްސައިޓްގައި ބުނެފައިވެ އެވެ.
އީރާނުން ބުނެފައިވަނީ މަރުގެ ހުކުމް އައި މި ހަތަރު މީހުންނަށް، އެ މީހުންނާ ހަވާލުވި އޮޕަރޭޝަންގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުން ވަނީ ތަމްރީން ދީފަ އެވެ. އެ މީހުންނަށް ތަމްރީން ދިނީ މޮސާޑްގެ އެޖެންޓުން ތިބި އެފްރިކާގެ އަސްކަރީ މަރުކަޒުތަކަށް ފޮނުވައިގެން ކަމަށް ވެސް ބުނެފައިވެ އެވެ.
އީރާނުން މިދިޔަ އަހަރުގެ އޯގަސްޓް މަހު ބުނެފައިވާ ގޮތުގައި މޮސާޑުން އީރާންގެ ބެލަސްޓިކް މިސައިލް ޕްރޮޖެކްޓް ނާކާމިޔާބުކޮށްލަން ހިންގަން އުުޅުނު ވަރަށް ބޮޑު އޮޕަރޭޝަނެއް ވަނީ ނާކާމިޔާބުކޮށްލައިފަ އެވެ. އޭގެ ދެތިން މަސް ފަހުން އީރާނުން ވަނީ އަސްކަރީ ސައިޓަކަށް އިޒްރޭލުން ޑްރޯން ހަމަލާއެއް ދިން ކަމަށް ވެސް ބުނެފަ އެވެ. -- އޭއެފްޕީ
އިޒްރޭލުގެ ތިން ޖާސޫސަކު އީރާންގައި މަރާލައިފި
އިޒްރޭލަށް ޖާސޫސްކޮށްދޭކަމުގެ ތުހުމަތަށް ބަޔަކު މަރައިފި
ހަނގުރާމައަށްފަހު އީރާންގައި ޖީޕީއެސް އޮޅުންބޮޅުންވެފައި
ވައިގެ ދިފާއީ ނިޒާމު ބަދަލުކޮށްފިން: އީރާން
އިޒްރޭލުގެ ހަމަލާއެއްގައި އީރާންގެ ރައީސް ޒަހަމްވި
އިޒްރޭލުން އީރާންގެ ރައީސް އަވަހާރަކޮށްލަން އުޅުނު
އިޒްރޭލުގެ ހަމަލާތަކުން 935 މީހަކު މަރުވި: އީރާން
"އީރާނުން ޔުރޭނިއަމް ފައްކާކުރުން ލަސް ނުވެ ފެށޭނެ"
ޚާމަނާއީއަށް ހަމަލާދޭން ހޯދިން، ނުފެނުނީ: އިޒްރޭލް
ޚާމަނާއީ: ހަނގުރާމައިން އެމެރިކާއަށް ލިބުނު މޮޅެއްނެތް