އިޒްރޭލުގެ މޮސާޑް ޖާސޫސީ އެޖެންޓުންނާ ގުޅުން ބާއްވައި އެ މީހުންނަށް އެހީވާ ކަމުގެ ތުހުމަތުގައި އީރާނުން އިއްޔެ ހަތަރު މީހަކަށް މަރުގެ އަދަބު ދީފި އެވެ.
އިޒްރޭލުގެ މޮސާޑް ޖާސޫސީ އެޖެންޓުންނާ ގުޅުން ބާއްވައި އެ މީހުންނަށް އެހީވާ ކަމުގެ ތުހުމަތުގައި އީރާނުން އިއްޔެ ހަތަރު މީހަކަށް މަރުގެ އަދަބު ދީފި އެވެ.
އީރާންގެ ޖުޑީޝަރީއާ ގުޅުން އޮންނަ "މީޒާން" ނިއުސް އެޖެންސީން ބުނީ އަންހެނަކު ވެސް ހިމެނޭހެން ހަތަރު މީހަކު މަރާލީ ޝަރުއީ މަރުހަލާތައް ފުރިހަމަކޮށްފައި ކަމަށެވެ. މިއާ އެކު، އީރާންގެ ނިއުކްލިއާ ޕްރޮގްރާމަށް ހުރަސް އަޅަން އިޒްރޭލުގެ ޖާސޫސުން ކުރާ މަސައްކަތުގައި އެހީވާ ކަމުގެ ތުހުމަތަށް މި މަހު އީރާނުން މެރި އަދަދު ވަނި ފަހަކަށް އަރައިފަ އެވެ.
މި މަރުތަކުގެ ހަބަރު އީރާނުން ރަސްމީކޮށް ތެދެއް ވެސް އަދި ދޮގެއް ވެސް ނުކުރެ އެވެ.
"ޒަޔަނިސްޓް ދައުލަތާ ގުޅުން އޮތް، އީރާންގެ ނިއުކްލިއާ ޕްރޮގްރާމަށް ގެއްލުން ދޭން މަސައްކަތްކުރާ ޓީމެއްގެ ހަތަރު މީހެއްގެ މައްޗަށް މިއަދު ވަނީ، ޝަރުއީ މަރުހަލާތައް ފުރިހަމަކުރުމަށް ފަހު މަރުގެ ހުކުމް ތަންފީޒުކޮށްފައި،" މީޒާން ނިއުސް އެޖެންސީން ބުންޏެވެ.
އެތަނުން ބުނީ މި މީހުންނަކީ އިޒްރޭލަށް ވަރަށް ބޮޑަށް އެހީތެރިވެފައިވާ މީހުން ކަމަށެވެ. މިކަމުގެ ހެކީގެ ގޮތުގައި އެ މީހުން އެކަމަށް އިއުތިރާފްވެ ވާހަކަ ދައްކަނިކޮށް ރެކޯޑްކޮށްފައިވާ އަށް މިނެޓްގެ ވީޑިއޯއެއް ދެއްކި އެވެ.
އެހެން ނިއުސް އެޖެންސީއަކުން ބުނީ މި މައްސަލައިގައި ތުހުމަތުވާ 10 މީހަކު އެބަތިބި ކަމަށެވެ. މީގެ ތެރެއިން މިހާރު ނުމަރާ ތިބި މީހުންނަށް ވެސް މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ. -- ރޮއިޓާސް
އިޒްރޭލުގެ ތިން ޖާސޫސަކު އީރާންގައި މަރާލައިފި
އިޒްރޭލަށް ޖާސޫސްކޮށްދިން ބަޔަކު އީރާންގައި މަރާލައިފި
ހަނގުރާމައަށްފަހު އީރާންގައި ޖީޕީއެސް އޮޅުންބޮޅުންވެފައި
މަރުގެއަދަބު ތަންފީޒުކުރާ އިޖްރައާތު ގާނޫނުގައި ހިމަނަނީ
ވައިގެ ދިފާއީ ނިޒާމު ބަދަލުކޮށްފިން: އީރާން
އިޒްރޭލުގެ ހަމަލާއެއްގައި އީރާންގެ ރައީސް ޒަހަމްވި
އިޒްރޭލުން އީރާންގެ ރައީސް އަވަހާރަކޮށްލަން އުޅުނު
އިޒްރޭލުގެ ހަމަލާތަކުން 935 މީހަކު މަރުވި: އީރާން
"އީރާނުން ޔުރޭނިއަމް ފައްކާކުރުން ލަސް ނުވެ ފެށޭނެ"
ޚާމަނާއީއަށް ހަމަލާދޭން ހޯދިން، ނުފެނުނީ: އިޒްރޭލް