28 ޖެނުއަރީ 2024
އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓެއް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މި ސަރުކާރުން އަލަށް އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ކުންފުންޏާ ހަވާލުކުރަން ކެބިނެޓުން ނިންމައިފި އެވެ.
އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓެއް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މި ސަރުކާރުން އަލަށް އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ކުންފުންޏާ ހަވާލުކުރަން ކެބިނެޓުން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު އެކްސްގައި ވިދާޅުވީ، އިހަވަންދިއްޕޮޅު ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ކުރިއަށް ގެންދިޔުން އެމްއައިޑީއެފްޒެޑް އާ ހަވާލުކުރަން މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
"މި ނިންމުމާ އެކު، އެމްއައިޑީއެފްޒެޑްއިން އެ ތަނުގައި ޕޯޓާއި ސްޓޯރޭޖް އަދި ރީއެކްސްޕޯޓު ޒޯނެއް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ،" އިތުރު ތަފްސީލެއް ނުދެއްވައި ސައީދު ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސޯދީ ރައްކާތެރިކަން ކަށަވަރުކުރުމާއި ވެލިއުއެޑް ކުރުމާއި ޓްރާންޝިޕްމަންޓް އަދި ރިއެކްސްޕޯޓް ވިޔަފާރި އަށް ހާއްސަކޮށް 100 ޕަސެންޓު ދިވެހި ކުންފުންޏެއް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި އުފެއްދުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ތިލަފުށްޓާއި އެ ސަރަހައްދުން ހިއްކާ އެހެން ބައެއް ބިންތަކުގައި ރީއެކްސްޕޯޓު ކުރުމަށް 100 ހެކްޓަރުގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އެއް ހާއްސަކުރަން ނިންމައި އެ ކަން ވެސް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.
އަލަށް އުފައްދާ ފްރީޒޯން ކުންފުނީގެ މައިގަނޑު އަމާޒަކީ ރާއްޖެ އަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް މުދާ އިތުރުކޮށް، އެހެން ގައުމުތަކަށް މުދާ އެކްސްޕޯޓު ކޮށްގެން އާމްދަނީ އިތުރުކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އެ ކުންފުނި އުފައްދަނީ ފަސް ކުންފުންޏެއްގެ ބައިވެރިވުން އޮވެގެންނެވެ. އޭގެ ތެރޭގައި އެސްޓީއޯ އާއި އާބަންކޯ އާއި އެމްޕީއެލް އާއި އެމްޓީސީސީ އަދި އެމްއޭސީއެލް ހިމެނެ އެވެ.
ފްރީޒޯން ކުންފުންޏާ ހަވާލުކުރަން މިއަދު ނިންމި އިހަވަންދިއްޕޮޅު ނޫނީ އައިހެވަން އަކީ 2014 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާނު ކުރި ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރަކާ އެކު، ބަނދަރުގެ ވިޔަފާރި އަށް ބޭނުންވާ އިތުރު ދާއިރާތަކެއް ހިމެނޭ މަޝްރޫއެކެވެ. އެ ތަނުގައި މުދާ އުފެއްދުމާއި ބަންދުކުރުމާއި ޕްރޮސެސްކުރުމާއި ގުދަންކުރުމުގެ އިތުރަށް، ބައިނަލްއަގުވާމީ ކްރޫޒް ފެސިލިޓީ އާއި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައް ވެސް ހިމެނެ އެވެ. ކުރީގެ ސަރުކާރުން ވެސް އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ހެދުމުގެ މަސައްކަތް އިއުލާނުކުރި އެވެ. ނަމަވެސް ފަސް އަހަރު ނިމުނު އިރު ވެސް އެ ޕްރޮޖެކްޓްގެ މަސައްކަތެއް ނުފެށުނެވެ.
މަހެއް ތެރޭގައި ބަންކަރިންގެ ހިދުމަތް ފަށާނެ: ސައީދު
އެސްއީޒެޑްގެ ބިޔަ ދެ މަޝްރޫއެއް ދުބާއީ ކުންފުންޏަކަށް
ބަންކަރިން ޕްރޮޖެކްޓު ވިޓޯލް ކުންފުންޏާ ހަވާލުކޮށްފި
އައިހަވަންގެ މާސްޓަ ޕްލޭން ހަދަން ސިންގަޕޫރު ބަޔަކަށް
އައިހަވަން މާސްޓަ ޕްލޭނަށް 10 ފަރާތެއް ކުރިމަތިލައިފި
ބަންކަރިން އިން 1.5 މިލިއަންގެ އާމްދަނީ ލިބިއްޖެ
ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމުގެ ލައިސަންސަށް އެދިއްޖެ
ފަސްނުޖެހި ރާއްޖޭގައި އިންވެސްޓުކުރަން ގޮވާލައިފި
ޖުލައިގައި އިހަވަންދިއްޕޮޅުގައި ބަންކަރިން ފަށަނީ
ޑިވެލޮޕްމެންޓް ބޭންކް މިއަހަރު އުފައްދާނަން: ސައީދު