08 މެއި 2017
އެސްޓީއޯ މާލޭ ލީގުގައި މިރޭ މާޒިޔާއާ ދެކޮޅަށް ވެލެންސިއާ އިން ނުކުންނާނީ ޗެލެންޖެއްގެ ގޮތުގައި ނަގައިގެން ކަމަށް އެ ޓީމުން ބުނިއިރު، މާޒިޔާއިން ބުނަނީ މިއީ އެއްގޮތަކަށް ވެސް ފަސޭހަ މެޗެއް ގޮތަށް ނުނަގާނެ ކަމަށެވެ.
އެސްޓީއޯ މާލޭ ލީގުގައި މިރޭ މާޒިޔާއާ ދެކޮޅަށް ވެލެންސިއާ އިން ނުކުންނާނީ ޗެލެންޖެއްގެ ގޮތުގައި ނަގައިގެން ކަމަށް އެ ޓީމުން ބުނިއިރު، މާޒިޔާއިން ބުނަނީ މިއީ އެއްގޮތަކަށް ވެސް ފަސޭހަ މެޗެއް ގޮތަށް ނުނަގާނެ ކަމަށެވެ.
ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު އެވެ. ވެލެންސިއާ އަށް ހަ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ. އެ ޓީމު އޮތޯ ޕޮއިންޓް ޓޭބަލްގެ އެންމެ ފުލުގަ އެވެ. ވެލެންސިއާ އާއި މާޒިޔާ ވަނީ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ކުޅެފަ އެވެ. މާޒިޔާ ޝީލްޑް އުފުލާލީ 1-0 އިން ވެލެންސިއާ ބަލިކޮށްފަ އެވެ.
މިރޭގެ މެޗަށް ނުކުތުމުގެ ކުރިން މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނީ ލީގު ޓޭބަލްގައި ވެލެންސިއާ އޮތް މަގާމާ މެދު ނުވިސްނާ ކަމަށެވެ.
"އަހަރެން ވެލެންސިއާއާ މެދު ވާހަކަ ދައްކަނީ ފުރިހަމަ އިހުތިރާމާ އެކު. އެއީ ވެލެންސިއާ ކުޅޭ ހުރިހާ މެޗެެއް އަހަރެން ބަލަން. އޭއެފްސީ ކަޕް ކޮލިފައިންނާއި މާލޭ ލީގުގައި ވެސް. ވެލެންސިއާ މި މެޗުތަކުގައި ދައްކާފައިހުރި ކުޅުމަށް ބަލާއިރު ޕޮއިންޓް ޓޭބަލުން ފެންނަނީ ވެލެންސިއާ އަށް ހައްގު މަގާމެއް ނޫން،" ސެކުލޮސްކީ ބުންޏެވެ.
އޭއެފްސީ ކަޕްގައި ވާދަކުރާ ހަމައެކަނި ކްލަބަކީ މާޒިޔާ އެވެ. ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް ސެކުލޮސްކީ ވަނީ އެކި ފަހަރު ބުނެފަ އެވެ.
"މި ވަގުތަށް 15 ކުޅުންތެރިން މިތިބީ. މި ކުޅުންތެރިން ލައިގެން މި މެޗުތައް ކުޅެން މި ޖެހެނީ. އެކަމަކު ވެލެންސިއާއާ ދެކޮޅަށް ވެސް ނެރޭނީ މެޗު ކާމިޔާބު ކުރެވޭނެ ފަދަ އެގާރަ ކުޅުންތެރިން،" ސެކުލޮސްކީ ބުންޏެވެ.
މި ސީޒަނުގައި މިހާތަަނަށް ރާއްޖޭގެ އެއްވެސް ކްލަބަކަށް މާޒިޔާ އަތުން ޕޮއިންޓެއް ހޯދިފައިވެސް ނުވެ އެވެ. މާޒިޔާ ވަނީ ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ. ސެކުލޮސްކީ ބުނީ މި ފޯމު ދަމަހައްޓަން ބޭނުންވަނީ ހުރިހާ ޕްރެޝަރެއް އޮތީ އޭނާ އަށް ކަމަށެވެ.
"ހުރިހާ ޕްރެޝަރެއް އޮތީ އަހަންނަށް. ކުޅުންތެރިންނަށް ޕްރެޝަރެއް ނެތް. ކުޅުންތެރިން ހަމަޖެހިލައިގެން ކުޅެންވީ. މާޒިޔާއާ ދެކޮޅަށް ޓީމުތަކުން ކުޅޭއިރު 100 ޕަސެންޓަށް ވުރެ އިތުރަށްދޭ. އެންމެ ފަހުން ކުޅުނު މެޗުތަކުގައި ވެސް އެކަން ފެނުނު. އެހެންވެ އަހަރެމެން އުއްމީދުކުރަނީ ވެލެންސިއާ ވެސް އެގޮތަށް ނުކުންނާނެ ކަމަށް،" ސެކުލޮސްކީ ބުންޏެވެ.
ސީޒަންގެ ކުރީކޮޅުގައި މާޒިޔާ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ލަނޑު ޖަހަން ލިބޭ ގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފުމެވެ. އެހެން ނަމަވެސް ފަހަކަށް އައިސް މެޗަކަށް ފަހު މެޗެއް އެ ޓީމުން އަންނަނީ ކުޅުން ރަނގަޅު ކުރަމުންނެވެ.
"އަބަދުވެސް މަސައްކަތް ކުރަނީ ގިނަ ލަނޑު ޖަހަން. ބައެއް މެޗުތަކުގައި ގިނަ ފުރުސަތު ލިބި ލަނޑު ނުޖެހޭ ފަހަރު ވެސް އެބަ އާދޭ. އަނެއް ބައި މެޗުތަކުގައި ލިބޭ ކުޑަ ފުރުސަތެއް ވެސް ގޯލަކަށް އެބަހެދޭ. މުހިއްމު ކަމަކީ މެޗުން މޮޅުވުން. ދެން ގޯލު ގިނަ ކުރުން ވެސް މުހިއްމު. އެންމެ ފަހުން މެޗުގައި (މޯހަން ބަގާން) މެޗުގައި ދެކަން ވެސް ހާސިލްވެއްޖެ،" ސެކުލޮސްކީ ބުންޏެވެ.
ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ އެ ޓީމު މިހާރު އޮތް ހާލަތުން އަރައިގަންނަން މި މެޗުގެ ތިން ޕޮއިންޓް ވަރަށް ބޮޑަށް މުހިއްމުވެފައިވާ ކަމަށެވެ.
"މި މެޗަކީ ވެލެންސިއާ އަށް ވަރަށް މުހިއްމު މެޗެއް. މި މެޗުން ތިން ޕޮއިންޓް ހޯދުމަކީ ވެލެންސިއާ އަށް ވެސް ގަދަ ހަތަރަކަށް ވަނުމަށް ކޮންމެވެސް ވަރެއްގެ ދޮރެއް ހުޅުވިގެންދާނެ ކަމެއް. ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްގެން މި މެޗުން މޮޅުވަން ބޭނުން. މިއީ ޗެލެންޖެއް ވެލެންސިއާ އަށް. އަޅުގަނޑުމެން މި ޗެލެންޖް ވެސް ގަބޫލުކުރަން،" ފެސްކޯ ބުންޏެވެ.
މި އަހަރަކީ އެހެން ފަހަރުތަކަށް ވުރެ ޓީމުތަކުގެ ފެންވަރު ރަނގަޅުވެ ވާދަވެރިކަން ބޮޑުވެފައިވާ ސީޒަނެކެވެ. ފުރަތަމަ ޑިވިޝަންގެ އަށް ކްލަބުގެ ކޯޗުން ވެސް އަންނަނީ މިކަން ފާހަގަކުރަމުންނެވެ. ފެސްކޯ ބުނީ ވެލެންސިއާ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ނަތީޖާ ނެރުން ކަމަށެވެ.
"އެއްވެސް މެޗެއްގެ ނަތީޖާ މާ ފަރަގު ބޮޑުވެފަކައެއް ނެތް. މީގެ މާނަ އަކީ ހުރިހާ ޓީމެއް ވެސް މިއޮތީ ވަރަށް ބެލެންސްކޮށޭ. އެގޮތަށް ވިސްނާއިރު ކޮންމެ މެޗެއްގައި ހީނުކުރާ ނަތީޖާ ވެސް ނުކުތުން އެކަށީގެންވޭ. ވެލެންސިއާ އަށް ދިމާވެފައި އޮތީ ޕާފޯމެންސްގެ މައްސަލައެއް ނޫން. މި އުޅެނީ ނަތީޖާ ނެރުމުގެ މައްސަލަ. އެކަން ހައްލުކުރަން ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުން މި އަންނަނީ،" ފެސްކޯ ބުންޏެވެ.
މިހާރު ކުރިއަށްދާ ފުޓްސަލް މުބާރާތުގެ ސަބަބުން ވެލެންސިއާ އެންމެ ފަހުން ކުޅުނު ހަތަރު ވަރަކަށް މެޗުގައި ކުޅުންތެރިންގެ ދަތިކަން ވަނީ ދިމާވެފަ އެވެ. ފެސްކޯ ބުނީ މި ހާލަތުގައި ވެސް މަސައްކަތް ކުރާނީ ތިބި ކުޅުންތެރިން ލައިގެން ކާމިޔާބު ހޯދުމަށް ކަމަށެވެ.
"ކޮންމެ މެޗަކަށް ކުރިމަތިލާއިރު ވެސް ފުޓްސަލް މުބާރާތުގެ މައްސަލަތައް އެބަދިމާވޭ. ފުޓްސަލް ފައިނަލާއި ވެލެންސިއާ މެޗު އެއްގަޑިއެއްގައި މި ދިމާވަނީ. އަޅުގަނޑުމެންނަށް ނޯވޭ އިހުތިޔާރެއް ކުޅުންތެރިންނަށް އޮފީސްތޯ ނޫނީ ކްލަބްތޯ ކަނޑައަޅަން ބުނުމަށް. މީގެ އޮތީ ކުޅުންތެރިން ނިންމާ ނިންމުމެއް. އެހެންވެ މިހުރީ ފުރަތަމަ އެގާރަ ވެސް ކަނޑައަޅަން ވެސް ގޮންޖެހުންތަކެއް،" ފެސްކޯ ބުންޏެވެ.
ވެލެންސިއާ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
ފުލުގައި އޮތް ވެލެންސިއާ އިން މާޒިޔާ ހިފަހައްޓައިފި
މިހާރު އަމާޒަކީ މާލޭ ލީގު ކާމިޔާބު ކުރުން: ސެކުލޮސްކީ
އެއް ވަނައިގައި މާޒިޔާ އަށް ތިން ޕޮއިންޓުގެ ލީޑެއްް
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް
"ދެން އޮތީ މިގޮތުގައި ހިފެހެއްޓުމުގެ މަސައްކަތް"
ނިއުއާ އެއްވަރުކޮށް މާޒިޔާ މާލޭ ލީގު ކާމިޔާބުކޮށްފި
ލީގު ކާމިޔާބުކުރަން މާޒިޔާ-ނިއު ފަހު ހަނގުރާމައަށް
ފަހު މެޗުން ވެލެންސިއާ އަށް ލީގުގެ ފުރަތަމަ މޮޅު
ފޯމަށް އެޅެން އަސަދުﷲ އަށް ބޭނުންވަނީ އެންމެ ލަނޑެއް
ވިކްޓަރީ މޮޅުވެ ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެއްޖެ