25 ޖެނުއަރީ 2024
މާލެ ސަރަހައްދުގައި އުޅޭ ބުޅާތަކަށް ޝެލްޓާ އަޅަން އެނިމަލް ވެލްފެއާ މިނިސްޓްރީއާ އެކު ސިޓީ ކައުންސިލުން މިއަދު ސޮއިކޮށްފި އެވެ.
މާލެ ސަރަހައްދުގައި އުޅޭ ބުޅާތަކަށް ޝެލްޓާ އަޅަން އެނިމަލް ވެލްފެއާ މިނިސްޓްރީއާ އެކު ސިޓީ ކައުންސިލުން މިއަދު ސޮއިކޮށްފި އެވެ.
ވަގުތީ ޝެލްޓާ އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މާލޭގެ މޭޔަރު އާދަމް އާޒިމް އަދި އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ.
ބުޅާތަކަށް ހާއްސަ ޝެލްޓާތަކެއް އަޅަން ހުޅުމާލެއިން ވަނީ 5،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފަ އެވެ. އެތަން ނިމޭއިރު، ބުޅާތަކަށް ހާއްސަ ހޮޓަލާއި ޕާކް އަދި ފިހާރަ ހުންނާނެ އެވެ.
ކެޓް ޝެލްޓާ އެޅުމުގެ އެއްބަސްވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް (ކ) އަދި އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަނީ- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސިޓީ ކައުންސިލުން ބުނީ ކެޓް ޝެލްޓާ އަޅަން ހަމަޖައްސާފައިވާ ބިން ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ. އެ މަސައްކަތްތައް އަންނަ މަހުގެ ތެރޭގައި ނިންމައި ބޭނުންކުރަން ފަށާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
"ކެޓް ޝެލްޓާގައި ވެޓް ޑޮކްޓަރުން ތިބޭނެ. މާލެ ސަރަހައްދުގެ މަގުމަތީގައި އުޅޭ ބުޅާތައް ޖަމިއްޔާތަކާ ގުޅިގެން ނަގައި އެ ޝެލްޓާއަށް ގެންދާނެ. މި ތަން ނިމޭއިރު ދޫނިތައް ވެސް ހުންނާނެ." އެ ތަނުން ބުންޏެވެ.
ކެޓް ޝެލްޓާ ހަދައި އެ ތަން ބަލަހައްޓާނީ ސިޓީ ކައުންސިލުންނެވެ.
ފާރު ތަޅާލި މައްސަލާގައި ކައުންސިލާ ދެކޮޅަށް އަމުރެއް
މާލެ ސިޓީ ކައުންސިލްގެ އެސްޖީ މަގާމުން ވަކިކޮށްފި
ސިޓީ ކައުންސިލްގެ އާ މެމްބަރުން ހުވާ ކުރައްވައިފި
ހުޅުމާލޭ މުނިސިޕަލް ހިދުމަތް ބަދަލުކުރަން މަޝްވަރާކޮށްފި
ފްލެޓްތައް އަވަހަށް ހަވާލުކުރަން ޖެހޭ: މޭޔަރު
މާލޭގައި ފެންބޮޑުވާ މަގުތައް މަރާމާތު ކުރަން ފަށައިފި
އޮގަސްޓު މަހަށް އާސަހަރާގެ މަސައްކަތް ނިމޭނެ: އާޒިމް
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސްތަރީގެ ފާހާނާތައް
ތަޅާލަން ޖެހޭ 15 ތަން، ބަޖެޓެއް ނެތް!
ބުޅާ ފެސިލިޓީގެ ބިންގާ އަޅައިފި