Roadha Mihaaru
ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ

23 ޖެނުއަރީ 2024

ފުވައްމުލަކުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މިއަދު މަރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުވައްމުލަކުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ މިއަދު މަރުވެއްޖެ އެވެ.

ބޮޑުފަންނު މަގުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 30 އަހަރުގެ ފިރިހެން މީހާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އެ ރަށު ހޮސްޕިޓަލުންނެވެ. އެކަމަކު، އިތުރު ފަރުވާ ދިނުމަށް ހަމަ އެ ރޭ މާލެ ގެނެސް، އައިޖީއެމްއެޗުގައި ފަރުވާ ދޭން ފެށި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް ހެނދުނު 8:15 ހާއިރު މަރުވެފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓު ހިނގައިގެން ރިޕޯޓުކުރީ އެ ރޭ 10:15 ހާއިރު ކަމަށެވެ. މިހާތަނަށް ބެލި ބެލުމުން، އެ ހާދިސާ ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ފާރެއްގައި ޖެހިގެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.