Roadha Mihaaru
ފުވައްމުލަކު އެކްސިޑެންޓްގައި ޒަހަމްވި އެކަކު މަރުވެއްޖެ

ފުވައްމުލަކު އެކްސިޑެންޓްގައި ޒަހަމްވި އެކަކު މަރުވެއްޖެ

16 މާޗް 2020

ފުވައްމުލަކުގައި މިދިޔަ ހޮނިހިރު ދުވަހު ދެ ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ދެ މީހުންގެ ތެރެއިން އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް ރޭ މަރުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ފުވައްމުލަކުގައި މިދިޔަ ހޮނިހިރު ދުވަހު ދެ ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ދެ މީހުންގެ ތެރެއިން އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް ރޭ މަރުވެއްޖެ އެވެ.

އެކްސިޑެންޓަށް ފަހު ލިބުނު ޒަހަމްތަކަށް ފަރުވާދެނިކޮށް މަރުވީ އެ ރަށު ކޮތަންގޭ 44 އަހަރުގެ ހަސަން އަހުމަދު ދީދީ އެވެ. ފުވައްމުލަކުގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ވިދާޅުވީ ދޫޑިގަމް އަވަށުގައި، ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓަށް ފަހު އޭނާ އިތުރު ފަރުވާ އަށް މާލެ ގެނައީ އިއްޔެ ކަމަށެވެ.

މި އެކްސިޑެންޓްގައި ދެން ޒަހަމްވީ، އަނެއް ސައިކަލް ދުއްވަން އިން 18 އަހަރު ނުވާ ކުޑަކުއްޖަކަށް ކަމަށް ފުލުހުން ބުންޏެވެ. އެ ކުއްޖާ ސައިކަލް ދުއްވީ ލައިސަންސެއް ނެތި ކަމަށް ވާތީ އޭނާ ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އެ ކުއްޖާގެ ސައިކަލު ޓޯ ކޮށްފައިވާ ކަމަށް ވެސް އެތަނުން ބުންޏެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.