Roadha Mihaaru
ފުވައްމުލަކުގެ އެއާޕޯޓް ރަންވޭ ބޮޑުކުރަން މަޝްވަރާ ފަށައިފި

ފްލައިން ސްކޫލަކާ އެކު ފުވައްމުލަކު އެއާޕޯޓް ބޮޑުކުރުމާ ބެހޭ މަޝްވަރާ ފަށައިފި

21 ޖެނުއަރީ 2024

ފްލައި ސްކޫލަކާއި އިތުރު އެހެން ވަސީލަތްތަކެއް ގާއިމުކޮށް، ފުވައްމުލަކު އެއާޕޯޓު ރަންވޭގެ އޮރިއަންޓޭޝަން ބަދަލުކޮށް ރަންވޭ ދިގުކުރުމާ ގުޅޭ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާ އެކު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އިން މަޝްވަރާތައް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ފްލައި ސްކޫލަކާއި އިތުރު އެހެން ވަސީލަތްތަކެއް ގާއިމުކޮށް، ފުވައްމުލަކު އެއާޕޯޓު ރަންވޭގެ އޮރިއަންޓޭޝަން ބަދަލުކޮށް ރަންވޭ ދިގުކުރުމާ ގުޅޭ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާ އެކު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އިން މަޝްވަރާތައް ފަށައިފި އެވެ.

އާރްއޭސީއެލްއިން ބުނި ގޮތުގައި ފުވައްމުލަކު އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓުގައި ރަންވޭ އޮރިއެންޓޭޝަން ބަދަލުކޮށް ޖެޓް ޖެއްސޭވަރަށް ރަންވޭ ބޮޑުކުރުމާއި، ޖެޓް ޕާކިންއަށް ހާއްސަކޮށް އޭޕްރަންގެ ޖާގެ އިތުރު ކުރުމާއި ޖެޓް ފިއުލް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ފްލައިން ސްކޫލެއް ގާއިމުކުރުން ހިމެނެ އެވެ.

އާރްއޭސީއެލް އިން ބުނި ގޮތުގައި، ކައުންސިލާ އެކު ކުރި މަޝްވަރާގައި، އެއާޕޯޓުގެ ރަންވޭ ބޮޑުކުރެވެން ހުރި ގޮތްތަކުގެ މައުލޫމާތު ވަނީ ކައުންސިލަށް ދީފަ އެވެ. އަދި އެއާޕޯޓު ތަރައްގީގެ މާސްޓާ ޕްލޭނާ ބެހޭގޮތުން ވެސް މަޝްވަރާކުރި ކަމަށް އާރްއޭސީއެލްއިން ބުންޏެވެ.

މީގެ އިތުރުން އެއާޕޯޓާ އިންވެގެން އޮންނަ ހުސްބިމުގައި ޓޫރިޒަމް ޒޯނެއް ހެދުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރި އެވެ.

ފުވައްމުލަކު އެއާޕޯޓަކީ އާރްއޭސީލްއިން އޮޕަރޭޓުކުރަމުން އަންނަ ހަ އެއާޕޯޓުގެ ތެރެއިން އެއް އެއާޕޯޓެވެ.