30 ޖުލައި 2023
ފުވައްމުލަކުގެ ދުވަސްވީ ބަނދަރުގެ ޖާގަ އިތުރުކޮށް، ވައިގެ ބަނދަރުގެ ރަންވޭ ދިގުކޮށްދޭން ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވައުދުވެވަޑައިގެންފި އެވެ.
ފުވައްމުލަކުގެ ދުވަސްވީ ބަނދަރުގެ ޖާގަ އިތުރުކޮށް، ވައިގެ ބަނދަރުގެ ރަންވޭ ދިގުކޮށްދޭން ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވައުދުވެވަޑައިގެންފި އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި ރަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިއީ ތަފާތު ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށެއް ކަމަށާއި ދިރުން އޮތް ރަށެއް ކަމަށެވެ.
ނަމަވެސް ކުރީގެ ސަރުކާރުތަކުން ފުވައްމުލަކަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދީފައި ނުވާތީ އެ ދިރުން އޮތީ ފުރިހަމައަށް ނުގެނެވި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެން ސަރުކާރުތަކުން ވެސް މި ރަށަށް ބޭނުންވާ ކަންކަން ކޮށްދެވޭތޯ ބަލަމުން އައި. ނަމަވެސް މައްސަލައަކަށް ވަނީ ފަހަރަކު ކަމެއް ފަހަރަކު ކަމެއް މަޑުމަޑުން ކުރަން ޖެހުމުން، ބޭނުންވާ ދިރުން ނުގެނެވި އޮތީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ދެން ރައީސް ފާހަގަކުރެއްވީ މިދިޔަ ސަރުކާރުތަކުން ފުވައްމުލަކަށް ކޮށްދީފައި އޮތް އެންމެ ބޮޑު ދެ މަޝްރޫއުގެ ވާހަކަ އެވެ. ރަށަށް އަރައިފޭބުމަށް ދަތި މި ރަށަށް ބަނދަރެއް ލިބުނު ކަން ފާހަގަކުރައްވައި އެއީ "އުފާކުރަން ޖެހޭ ކަމެއް" ގެ ގޮތުގައި ރައީސް ސިފަ ކުރެއްވި އެވެ. އެކަމަކު، މިއަދު އެ ބަނދަރު ކުޑަވެފައިވާ ކަމަށް ވިދާޅުވި އެވެ.
ބަނދަރު ހެދީ އެތައް ޓެކްނިކަލް ކަންކަމާއި އިންޖިނިއަރިން ބަލައިގެން ކަމަށާއި ނަމަވެސް އެ ބަނދަރު ބޮޑުކުރެވެން އޮތީ ކިހިނެއްތޯ ބަލައި އެ ކަން ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދައުރުގައި މި ރަށުގެ ބަނދަރު ބޮޑުވެގެންދާ ތަން ފެންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ހެދި ފުވައްމުލަކު އެއާޕޯޓު ވެސް ޒަމާނަށް ނުފެތޭ ކަން ފާހަގަކުރައްވައި ރައީސް ވަނީ އެއާޕޯޓު ބޮޑު ކުރެވެން އޮތް ގޮތެއް ބަލައި އެކަން ކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވި ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ.
ފުވައްމުލަކު ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނައިބު ރައީސް ފައިސަލް އާއެކު؛ މިއީ ފައިސަލްގެ އުފަން ރަށް-- ފޮޓޯ: އެމްޑީޕީ
"އިރާދަކުރެއްވިއްޔާ އައިލެންޑް އޭވިއޭޝަނުން އެންމެ ފަހުން ގެނައި އޭޓީއާރު [މަރުކާގެ] ބޯޓު ޖެއްސޭ ވަރަށް މި ރަންވޭ ބޮޑުކުރާނަން،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް އެ މަނިކުފާނު ވަނީ ދެ ވަނަ ދައުރެއްގައި މި ރަށުގައި ކުޑަކުދިންނަށް ހާއްސަ 50 އެނދުގެ ހޮސްޕިޓަލެއް ތަރައްގީ ކުރައްވަން ވައުދުވެވަޑައިގެންފި އެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވަޑައިގެން ރަށުގެ މީހުންގެ އެދުނު ކަންކަން މިހާރު ކޮށްދީފައިވާ ކަމުގެ އުފާވެރިކަމުގެ އިހުސާސް ކުރެއްވޭ ކަމަށެވެ.
"[އަޅުގަނޑުމެން] އެ އަޑު އެހިން، އެންމެ ފުރަތަމަ ވެސް ބޭނުންވި ކަމަކީ މަގުތައް ހެދުން. ގިރާ ސަރަހައްދު ހިމާޔަތް ކުރުން. މި ރަށުގައި އޮތް ނަރުދަމާ އަޅާ ނިމިފައި އޮތަސް ބޭނުން ނުކުރެވޭ މައްސަލަ. ފެނުގެ މައްސަލަ. އަޅުގަނޑުމެން އެ އަޑުއެހިން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
"19.7 މީޓަރުގެ މަގުގައި ތާޜު އަޅައި ނިމިއްޖެ. މި މަސައްކަތް ނިންމާނީ ހަދަން ޖެހޭ ހުރިހާ މަގެއް ހަދައި ނިންމާފައި. ފެނުގެ ނިޒާމު ހައްލު ކުރެވިއްޖެ."
މިދިޔަ 10 އަހަރު ފުވައްމުލަކަށް އެންމެ ގިނަ ކަންކަން ކޮށްދިނީ މި ސަރުކާރުން ކަން ރައީސް ވަނީ ތަފާސްހިސާބާއެކު ވިދާޅުވެދެއްވައިފަ އެވެ.
"ދެހާސް އަށެއްގެ ފަހުން މިވީ 10 އަހަރު ކުރެވިފައި އޮތީ 27 ޕްރޮޖެކްޓް، ހަމައެކަނި މި ސަރުކާރުން މި ރަށުގައި 43 ޕްރޮޖެކްޓުގެ މަސައްކަތް ދަނީ ކުރަމުން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ކެމްޕެއިނަށް ރައީސް ފުވައްމުލަކަށް ކުރައްވާ އެއް ދުވަހުގެ ދަތުރުފުޅުގައި ސަރުކާރުން ނިންމާފައިވާ ބައެއް މަޝްރޫއުތަކުގެ ނިންމުން ވަނީ ފާހަގަކޮށްފަ އެވެ. އަދި، މާދަމާ ހޯމް ސޯލާ ނިޒާމު އިފްތިތާހު ކޮށްދެއްވާނެ އެވެ.
ފައްޔާޒުގެ ވަރުގަދަ އިންޒާރެއް އިދިކޮޅަށް!
ރައީސަށް ފުވައްމުލަކުން ހޫނު މަރުހަބާއެއް
އުންމީދުތަކާ އެކު ފުވައްމުލަކަށް ސިޔާސީ އީދެއް!
ރައީސަށް، ފުވައްމުލަކުގެ މޭޔަރު ދެއްވީ އޭ ޕްލަސް
އެހެން އިންތިހާބުތައް ކާމިޔާބުކުރަން 2023 މުހިންމު!
ރައީސް ފުވައްމުލަކަށް، މާދަމާ ހުވަދު އަށް
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
ރައީސްގެ ދިގު ސިޔާސީ ހަޔާތުގައި ފުރަތަމަ ނާކާމިޔާބީ!