Roadha Mihaaru
ރައީސް ފުވައްމުލަކަށް، މާދަމާ ހުވަދު އަށް

ރައީސް ފުވައްމުލަކަށް، މާދަމާ ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް

21 ޖެނުއަރީ 2023

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގެންފި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގެންފި އެވެ.

ފުވައްމުލަކުގެ ވައިގެ ބަނދަރުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ އެ ސިޓީ އަށް އުފަން ނައިބު ރައީސް ފައިސަލް ނަސީމެވެ. ރައީސް ފުވައްމުލަކަށް ވަޑައިގެންނެވިއިރު، އެ މަނިކުފާނުގެ ސަޕޯޓަރުން އެއާޕޯޓް ކައިރި އަށް ޖަމާވެ މަރުހަބާ ދެންނެވި އެވެ. އެއާއެކު، ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުންތަކެއް ވެސް ފުވައްމުލަކު އެއާޕޯޓް ކައިރި އަށް އެއްވެ، ޔާމީން ދޫކޮށްލަން ގޮވާލައި މުޒާހަރާ ކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ދިޔަ އުމުރުން ދުވަސްވީ މީހަކާ ސަލާމް ކުރައްވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ދިޔަ އުމުރުން ދުވަސްވީ މީހަކާ ސަލާމް ކުރައްވަނީ.

އެމްޑީޕީގެ އިސް ލީޑަރުގެ މަގާމު ފުރުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުވައްމުލަކުގެ ރަސްމީ ކެމްޕެއިން ޖަގަހަ ހުޅުވުން މިރޭ އޮންނާނެ އެވެ. އޭގެ ފަހުން އެމްޑީޕީގެ ބައެއް ގުރޫޕްތަކާ ރައީސް ބައްދަލުކުރައްވާނެ އެވެ.

ރައީސްގެ ކެމްޕެއިން ޓީމުން ބުނީ، އެ މަނިކުފާނު މާދަމާ ގދ. ތިނަދު އަށާއި ގއ. ވިލިނގިއްޔަށް ވަޑައިގަންނަވާނެ ކަމަށެވެ. އެ ދެ ރަށުގެ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާގެ ރެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފުވައްމުލަކަށް މި ވަޑައިގަތީ މާލޭގައި ރޭ ކެމްޕެއިންގެ ބޮޑު އަދި ފޯރިގަދަ ޖަލްސާއެއް ބާއްވައިފަ އެވެ.