Roadha Mihaaru
މާޒިޔާގެ ސްޕޮންސަރަކަށް މި ފަހަރު ވެސް އޭޑީކޭ

މާޒިޔާގެ ސްޕޮންސަރަކަށް މި ފަހަރު ވެސް އޭޑީކޭ

13 ފެބުރުއަރީ 2017

މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުގެ މި އަހަރުގެ މެއިން ސްޕޮންސަރަކަށް ވެސް އޭޑީކޭ ގްރޫޕް ހަމަޖައްސައި އެ ކުންފުންޏާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުގެ މި އަހަރުގެ މެއިން ސްޕޮންސަރަކަށް ވެސް އޭޑީކޭ ގްރޫޕް ހަމަޖައްސައި އެ ކުންފުންޏާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެފްއޭއެމް ހައުސްގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި އޭޑީކޭ ގްރޫޕުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލެވެ. މާޒިޔާގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބް (ވައްކޭ) އެވެ.

މިއީ ރާއްޖޭގެ ދެ ވަނަ އަށް އެންމެ ބޮޑު ހޮސްޕިޓަލް ހިންގާ ކުންފުނިން މާޒިޔާ ސްޕޮންސާކުރި ހަތަރު ވަނަ ފަހަރެވެ. އެކަމަކު ކޯ ސްޕޮންސަރެއްގެ ގޮތުން އެ ކުންފުނިން ވަނީ މިދިޔަ އަށެއްކަ އަހަރު ވެސް މާޒިޔާ އަށް އެހީތެރިވެދީފަ އެވެ.

"މާޒިޔާއާ އަޅުގަނޑުމެންނާ އޮންނަ ގުޅުން ވަރަށް ރަނގަޅު. ވަރަށް ޒަމާންވެއްޖެ މާޒިޔާ އާއި އޭޑީކޭއާ ގުޅުން އޮންނަތާ،" އައްފާލް ވިދާޅުވި އެވެ. "އަޅުގަނޑުމެން މާޒިޔާ އަށް އެހީތެރިވެދެނީ އޭގެ ސަބަބުން މާލީ މާބޮޑު ފައިދާތަކެއް ވާތީއެއް ނޫން. މިއީ ކުޅިވަރު ކުރިއަރުވައި، ކުޅިވަރުގައި އަޅުގަނޑުމެންގެ ހިއްސާ ދޭން ބޭނުންވާތީއާ އެކު ދޭ އެހީތެރިކަމެއް. މީގެ ސަބަބުން އަޅުގަނޑުމެންގެ ކުންފުންޏާއި ބްރޭންޑާ މެދު އާއްމުން ކުރާ އިތުބާރު ބޮޑުވެ އިހުތިރާމް އިތުރުވެގެންދޭ."

އައްފާލް ވިދާޅުވީ މާޒިޔާގެ ތެރެއިން ވަރަށް ގިނަ އާ ކުޅުންތެރިން ކޮންމެ އަހަރަކު ނުކުންނަ ކަމަށާއި މާޒިޔާގެ އެހީއާ އެކު ރާއްޖޭގެ ކުޅިވަރަށް އާ މޫނުތަކެއް ނެރެވޭތީ އުފާކުރައްވާ ކަމަށެވެ.

މާޒިޔާގެ ޖެނެރަލް ސެމާޒިޔާގެ ސްޕޮންސަރަކަށް މި ފަހަރު ވެސް އޭޑީކޭކްރެޓަރީ ވައްހާބް ވިދާޅުވީ އޭޑީކޭ ގްރޫޕުގެ ޗެއާމަން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އެ ކްލަބާ ބަހައްޓަވާ ގާތްކަން ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށާއި މިއީ ފުޓްބޯޅަ ކުރިއަރުވަން އެމަނިކުފާނު ކުރައްވާ މަސައްކަތެއް ކަމަށެވެ.

"އެމަނިކުފާނުހާ ބޮޑަށް ފުޓްބޯޅައަށް ހޭދަކުރައްވާ ދެ ވަނަ އަމިއްލަ ފަރާތެއް ހުންނާނެ ކަމަށް ގަބޫލެއް ނުކުރަން. މިއީ އަޅުގަނޑުމެން ސެލިއުޓްކުރަން ޖެހޭ ކަމެއް،" ވައްހާބް ވިދާޅުވި އެވެ.

ފުރަތަމަ ޑިވިޝަނުގައި 2007 ވަނަ އަހަރު ވާދަކުރަން ފެށި މާޒިޔާ އަކީ މިދިޔަ ފަސް ވަރަކަށް އަހަރަށް ބަލާއިރު އެއް ފެންވަރެއްގައި ހިފަހައްޓަމުން އަންނަ ހަމައެކަނި ޓީމެވެ. ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އުފުލާލާފައިވާ މާޒިޔާ އަކީ ގައުމީ ޓީމުގެ އެންމެ ގިނަ ކުޅުންތެރިން ވެސް ނިސްބަތްވާ ޓީމެވެ. މި އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ހޯދާފައިވާ މާޒިޔާ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ ޗެރިޓީ ޝީލްޑް މެޗުގައި ނުކުންނާނީ ކްލަބް ވެލެންސިއާއާ ދެކޮޅަށެވެ.