15 މާޗް 2023
އޭޑީކޭ ހޮސްޕިޓަލުގެ އަހަރީ ދުވަހާ ދިމާކޮށް، މިހާރު ހުރި އެމްއާރްއައި މެޝިނަށްވުރެ 50 ޕަސެންޓް އަވަހަށް ސްކޭން ކުރެވޭ، ފެންވަރު ރަނގަޅު 3ޓީ މެގްނެޓޮމް ލުމިނާ އެމްއާރްއައިގެ ހިދުމަތް މިއަދު ތައާރަފްކޮށްފި އެވެ.
އޭޑީކޭ ހޮސްޕިޓަލުގެ އަހަރީ ދުވަހާ ދިމާކޮށް، މިހާރު ހުރި އެމްއާރްއައި މެޝިނަށްވުރެ 50 ޕަސެންޓް އަވަހަށް ސްކޭން ކުރެވޭ، ފެންވަރު ރަނގަޅު 3ޓީ މެގްނެޓޮމް ލުމިނާ އެމްއާރްއައިގެ ހިދުމަތް މިއަދު ތައާރަފްކޮށްފި އެވެ.
3ޓީ މެގްނެޓޮމް ލުމިނާ އެމްއާރްއައި މެޝިނަކީ މިހާރު ހުރި އެމްއާރުއައި މެޝިނަށް ވުރެ ގިނަ ޑީޓެއިލްތައް ހޯދޭ ގޮތަށް ސްކޭން ހެއްދޭ މެޝިނެކެވެ. އެ މެޝިނުގެ އަޑު މަޑުވާނެ އެވެ. އަދި ހާސްވުން ކުޑަކޮށްދޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
އޭޑީކޭ އިން ބުނި ގޮތުގައި މި އެމްއާރު އައި މެޝިނަކީ އެމްއާރްއައިއެއް ހެއްދުމަށް ހޭދަވާ ވަގުތު 50 ޕަސެންޓާ ހަމައަށް ކުޑަކޮށްދޭނެ މެޝިނެކެވެ. އަދި މިއީ ސްޓްރޯކް ޕޭޝަންޓުންނާއި ކުޑަކުދިން ސްކޭންކުރަން ފަސޭހަ މެޝިނަކަށް ވާނެ ކަމަށް ބުންޏެވެ.
އަލަށް ތައާރަފް ކުރި 3ޓީ މެގްނެޓޮމް ލުމިނާ މެޝިނު. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި އެމްއާރްއައި މެޝިނުން ނަގާ ސްކޭން އިމޭޖުތައް އާއްމު އެމްއާރުއައި މެޝިނަކަށް ވުރެ ސާފުކޮށް ނެގޭނެ އެވެ.
މި ހިދުމަތް ތައާރަފް ކުރުމަށް މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ސިއްހީ ހިދުމަތް ފޯޜުކޮށްދިނުމަށް ކަމަށެވެ.
"ރާއްޖޭގެ އެންމެ ފުރަތަމަ އެމްއާރުއައި މެޝިނެއް ބަހައްޓައި އެމްއާރުއައިއެއް ހެއްދީ މި ހޮސްޕިޓަލުން. ފުރަތަމަ އެމްއާރުއައި ހެއްދިތާ މިއަދަށް 20 އަހަރު ވާނެ. މިއަދު އަޅުގަނޑުމެން އަނެއްކާ ވެސް އެ ހިދުމަތް އިތުރަށް މި ފުޅާ ކުރީ." އައްފާލް ވިދާޅުވި އެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އައްފާލް ވިދާޅުވި ގޮތުގައި އަލަށް ތައާރަފްކުރި 3ޓީ އެމްއާރްއައި މެޝިނުގެ އެހީގައި އެމްއާރުއައި ހިދުމަތް ހޯދުމަށް ވެއިޓިން ލިސްޓަށް ދާ މުއްދަތު ކުޑަ ވާނެ އެވެ.
"އޭޑީކޭގެ އެމްއާރްއައި ވެއިޓިން ލިސްޓުގައި ގާތްގަނޑަކަށް ދެ ހަފްތާއެއްހާ ދުވަސް މިހާރު ހޭދަ ވާނެ. އަޅުގަނޑުމެން އެވަރެޖްކޮށް މިހާރު 45 އެމްއާރުއައި ދުވާލެއްގެ މައްޗަށް އެބަ ހަދަން. އަލަށް މި ތައާރަފް ކުރި މެޝިނާ އެކު މަދުވެގެން 90 އެމްއާރްއައި ދެން ދުވާލަކަށް ހެދޭނެ. މި ހޮސްޕިޓަލުން މި ހިދުމަތް ހޯދުމަށްދާ މުއްދަތު ބޮޑުތަނުން ދެން ކުޑަވާނެ." އައްފާލް ވިދާޅުވި އެވެ.
އައްފާލް ވިދާޅުވީ އެ ހޮސްޕިޓަލުގެ އަމާޒަކީ ދުވާލަކަށް 100 އެމްއާރް އައި ހެއްދުން ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން އަންނަނީ ރާއްޖެއިން މި ވަގުތު ލިބެން ނެތް ޕެޓް ސްކޭންގެ ހިދުމަތް ތައާރަފް ކުރުމަށް ކަމަށާއި އެ ހިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ މި ފަދަ ހިދުމަތްތަކާ އެކު ދިވެހިން ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުވާނެ ކަމަށެވެ. އަދި އަމިއްލަ ތަންތަނުން އެ ފަދަ ގިނަ ހިދުމަތްތައް ތައާރަފް ކުރަން ޖެހޭކަމަށް ވެސް ވިދާޅުވި އެވެ. ދރ. ޝާހު ވަނީ އޭޑީކޭއިން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެ މަސައްކަތްތައް ޝުކުރު އަދާކޮށްފަ އެވެ.
އަހަރީ ދުވަހުގެ ކޭކު ފަޅަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިއަދު އޮތް ހަފްލާގައި ހޮސްޕިޓަލަށް 36 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ވަނީ ކޭކެއް ފަޅާފަ އެވެ. ކޭކު ފަޅާ ދެއްވީ އޭޑީކޭ ގްރޫޕުގެ ޗެއާމަން އަހުމަދު ނާޝިދެވެ. އޭނާ ވަނީ މުވައްޒަފުން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރައްވާ މުވައްޒަފުންނަށް ޝުކުރު ދަންނަވާފަ އެވެ.
އޭޑީކޭއިން ނަރުހުންގެ ޑިޕްލޮމާ ކޯހެއް ހިންގަނީ
"ހީޓް"އާ އެކު އޭޑީކޭގެ ޖިމް ހުޅުވައިފި
އެގްޒެކިއުޓާސް އިން 5 ވެންޓިލޭޓަރު ފޮނުވައިފި
ކޮވިޑަށް ޓެސްޓްކުރާ މެޝިނެއް މާފަރު އެއާޕޯޓަށް ގެނެސްފި
ދިރިއުޅުން އެންމެ 13 ދުވަސްތެރޭ ބަދަލުކޮށްލައިފި
އޭޑީކޭގެ ބޭސް ފިހާރައެއް މާފަންނުގައި ހުޅުވައިފި
އޭޑީކޭ ގުރުއާން މުބާރާތުގެ ނަތީޖާ އިއުލާނު ކޮށްފި
އޭޑީކޭގެ ޤުރުއާން މުބާރާތް ބާއްވައިފި
މާޒިޔާގެ ސްޕޮންސަރަކަށް މި ފަހަރު ވެސް އޭޑީކޭ
ފުރަތަމަ މެޑިކަލް ފެއާ އޭޑީކޭ އިން ސްޕޮންސަކޮށްފި