23 އޮކްޓޯބަރ 2018
މާލޭގެ އެކި ހިސާބުތަކުން ފަސޭހަކަމާ އެކު ބޭސް ގަންނަން ލިބޭނެ އިންތިޒާމް ހަމަޖައްސަން އޭޑީކޭގެ ހަ ވަނަ ފާމަސީ މާފަންނުގައި އިއްޔެ ހުޅުވައިފި އެވެ.
މާލޭގެ އެކި ހިސާބުތަކުން ފަސޭހަކަމާ އެކު ބޭސް ގަންނަން ލިބޭނެ އިންތިޒާމް ހަމަޖައްސަން އޭޑީކޭގެ ހަ ވަނަ ފާމަސީ މާފަންނުގައި އިއްޔެ ހުޅުވައިފި އެވެ.
އާސަންދައިގެ ހިދުމަތް ލިބޭ އެ ފާމަސީ ހުޅުވީ އީދު މިސްކިތް ހުންނަ ހަނދުވަރީ ހިނގުމުގަ އެވެ. އާ ފާމަސީ ހުޅުވީ ޖަވާހިރުމަގުގައި ކުރިން ހިންގި ފާމަސީ ބަންދު ކުރުމަށް ފަހުގަ އެވެ.
ބޭހުގެ އިތުރުން އޭޑީކޭއިން ރާއްޖެ އެތެރެކުރާ ބައެއް އެހެން ޕްރޮޑަކްސްޓްތައް އާ ފާމަސީން ލިބެން ހުރެ އެވެ. އޭގެ ތެރޭގައި ޑްރައިޕާސް ނެޕީ އާއި މިލްކީ އަދި މިލްގްރޯ ހިކިކިރު އަދި ލިބްރެސް ސެނިޓަރީ ނެޕްކިން ހިމެނެ އެވެ. ފުރޮޅުލީ ގޮނޑި އާއި ހުޅުހުޅުގައި އަޅާ ގާޑް ވެސް ލިބެން ހުންނާނެ ކަމަށް އޭޑީކޭ އިން ބުނެ އެވެ.
އޭޑީކޭއިން މާފަންނުގައި އަލަށް ހުޅުވި ފާމަސީ -- ފޮޓޯ: އޭޑީކޭ
އާ ފާމަސީ ހުޅުވުމާ ދިމާކޮށް ޕްރޮމޯޝަނެއް ވެސް ކުރިއަށް އެބަ ގެންދެ އެވެ. މި ޕްރޮމޯޝަންގައި ގަންނަ ކޮންމެ ޑްރައިޕާސް މެގާ ޕެކަކަށް ޑްރައިޕާސް ވެޓް ވައިޕްސް ޕެކެޓެއް ހިލޭ ލިބެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސިއްހީ ފަރުވާދޭ އަމިއްލަ ކުންފުނި އޭޑީކޭއިން އަންނަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސިއްހީ ފަރުވާގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮވިޑަށް ޓެސްޓްކުރާ މެޝިނެއް މާފަރު އެއާޕޯޓަށް ގެނެސްފި
އޮންލައިން ބޭސް ސިޓީތަކަށް އާސަންދައިން ބޭސް ލިބޭނެ
ފުރަތަމަ މެޑިކަލް ފެއާ އޭޑީކޭ އިން ސްޕޮންސަކޮށްފި
އޭޑީކޭގައި ދިހަ ބުރީގެ އެކޮމޮޑޭޝަން ބިލްޑިންގެއް ހަދަނީ
ބިޔަ މަޝްރޫއަކާ އެކު އޭޑީކޭ އާ ހަރުފަތަކަށް
އޭޑީކޭގައި އިންޓާން ހަދަން 14،500ރ. ދައްކަންޖެހޭ
ބޭހުގެ މައްސަލަ އުޅޭތީ އިންސްޕެކްޝަން ވަރުގަދަކޮށްފި
ބޮޑު ފައިދާގައި ބޭސް ވިއްކުން ހުއްޓުވަން އަންގަވައިފި
އޭޑީކޭގެ ކުލީގެ ދިފާއުގައި ނާޝިދު ވާހަކަ ދައްކަވައިފި
އޭޑީކޭ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް: ނާޝިދު