17 ޖޫން 2017
އޭޑީކޭ ގްރޫޕްގައި ހިމެނޭ ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ގުރުއާން މުބާރާތެއް މިދިއަ ބުރާސްފަތިދުވަހު ބާއްވައިފި އެވެ.
އޭޑީކޭ ގްރޫޕްގައި ހިމެނޭ ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ގުރުއާން މުބާރާތެއް މިދިއަ ބުރާސްފަތިދުވަހު ބާއްވައިފި އެވެ.
އޭޑީކޭ ގްރޫޕުން ބުނި ގޮތުގައި މުބާރާތް ކުރިއަށް ގެންދިޔައީ ބިދޭސީ މުވައްޒަފުންނަށް ވެސް ފުރުސަތު ހުޅުވާލައިގެންނެވެ. މި މުބާރާތުގައި ޖުމްލަ 15 މީހުން ވާދަކުރި އެވެ.
މުބާރާތުގެ ވަނަތައް ހޮވީ ރާއްޖޭގެ މަޝްހޫރު ގާރީން ހިމެނޭ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. ވަނަތައް އިއުލާންކުރުން އޮންނަނީ މިރެ އެވެ.
އޭޑީކޭ ގްރޫޕުން ބުނީ މި މުބާރާތުގެ ވަނަތަކަށް ދާ ފަރާތްތަކަށް އޭޑީކޭ ގްރޫޕްގެ ކުންފުނިތަކާއި ވަކިވަކި މުވައްޒަފުން ވެސް ފައިސާގެ އިނާމު ހުށަހަޅާފައިވާ ކަމަށެވެ.
މުބާރާތް އިފްތިތާހް ކުރައްވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ ރޯދަ މަހު މި މުބާރާތް ބާއްވާތީ ވަރަށް އުފާކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މި މުބާރާތް ބާއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭޑީކޭ ގްރޫޕްގެ ރިކްރިއޭޝަން ކްލަބުން އަންނަނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ފުޓްބޯޅަ އާއި ކްރިކެޓް މުބާރާތްތައް ވެސް ބާއްވަމުންނެވެ.
އޭޑީކޭ ގުރުއާން މުބާރާތުގެ ނަތީޖާ އިއުލާނު ކޮށްފި
އެގްޒެކިއުޓާސް އިން 5 ވެންޓިލޭޓަރު ފޮނުވައިފި
ކޮވިޑަށް ޓެސްޓްކުރާ މެޝިނެއް މާފަރު އެއާޕޯޓަށް ގެނެސްފި
ގުރުއާން ހިތުދަސްކުރި 32 ހާފިޒަކަށް ތާޖު
ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކުލަގަދަކޮށް ބާއްވަނީ
ގުރުއާންގެ އިލްމު ކުރިއަރުވަން ރައީސްގެ ނިންމެވުންތަކެއް
އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ ފިހާރަތަކުން ޑިސްކައުންޓް
އަލިމަގު ގުރުއާން ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު
އޭޑީކޭއިން ނަރުހުންގެ ޑިޕްލޮމާ ކޯހެއް ހިންގަނީ
އޭޑީކޭގައި ދެން އެމްއާރްއައިގެ ހިދުމަތް މާ އަވަސްވާނެ