Roadha Mihaaru
އާ މޭޔަރު ހުވާކުރުން ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި

އާ މޭޔަރު ހުވާކުރެއްވުން ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި

16 ޖެނުއަރީ 2024

މާލޭގެ މޭޔަރުކަމަށް މިދިޔަ ހޮނިހިރު ދުވަހު އިންތިހާބުކުރި އާދަމް އާޒިމާއި ކައުންސިލްގެ އާ ތިން މެމްބަރުން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ މޭޔަރުކަމަށް މިދިޔަ ހޮނިހިރު ދުވަހު އިންތިހާބުކުރި އާދަމް އާޒިމާއި ކައުންސިލްގެ އާ ތިން މެމްބަރުން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ލޯކަލް ގަވަމަންޓު ނިޒާމުގައި ސިޓީތަކުގެ މޭޔަރުންނަކީ ވަރަށް މުހިންމު މަގާމެއް ކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ މާލޭގެ މޭޔަރަކަށް އަލަށް އިންތިހާބު ކޮށްފައިވާ އާދަމް އާޒިމާއި މާލެ ސިޓީގެ ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާ އަށް އިންތިހާބުކުރި ބޭފުޅުން މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ހޯމަ ދުވަހު ބޭއްވުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ގަސްދު ކުރަނީ މި ރަސްމިއްޔާތަކީ ވަރަށް ހާއްސަ، ބޮޑު ދަރުބާރެއްގެ ގޮތުގައި ކުރިއަށް ގެންދަން. މި ދަރުބާރުގައި ރައީސް ވެސް ވައިވެރިވެވަޑައިގަންވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރާ ގުޅިގެން އާ މޭޔަރު އާޒިމާ އެކު، މާލޭގެ ކަންކަން ރަނގަޅު ކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި މާލޭގެ މީހުންގެ އުންމީދުތަކާއި އެ މީހުން ބޭނުންވާ ކަންކަމުގެ އިތުރުން، ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް: އޭނާ ވިދާޅުވީ ސަރުކާރާ ގުޅިގެން އާޒިމްއާ އެކު މާލެއަށް، އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް.-- ފޮޓޯ: މިނިސްޓްރީ

ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް: އޭނާ ވިދާޅުވީ ސަރުކާރާ ގުޅިގެން އާޒިމްއާ އެކު މާލެއަށް، އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް.-- ފޮޓޯ: މިނިސްޓްރީ

މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުންނެވެ. މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ އަށް އިންތިހާބުކުރީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވާދަ ކުރެއްވި ހަސަން ނިޒާމެވެ. ހެންވޭރު ދެކުނު ދާއިރާ އަށް ޕީއެންސީގެ އައިމިނަތު ރިޝްފާ އަހުމަދު އިންތިހާބުކުރިއިރު، މެދުހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރިޝްވާން ރަޝީދު އެވެ.

އީސީން އާންމުކޮށްފައިވާ ވަގުތީ ނަތީޖާގައި މޭޔަރަކަށް ހޮވިވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމަށް ލިބިވަޑައިގަތީ 7،621 ވޯޓެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީ ޓިކެޓުގައި ވާދަކުރެއްވި އައިޝަތު އާޒިމާ ޝަކޫރެވެ. އޭނާއަށް 5،031 ވޯޓު ލިބުނެވެ.