ކުރިއަށް އޮތް ބޮޑު އީދުގެ އުފާފާޅުކުރަން، މާލޭގެ އިތުރުން 65 ރަށް ދިއްލަން ލައިޓު ހަރުކުރުމުގެ މަސައްކަތް ކައުންސިލްތަކާއި ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކް މިނިސްޓްރީން ގުޅިގެން ފަށައިފި އެވެ.
01 ޖޫން 2025
ކުރިއަށް އޮތް ބޮޑު އީދުގެ އުފާފާޅުކުރަން، މާލޭގެ އިތުރުން 65 ރަށް ދިއްލަން ލައިޓު ހަރުކުރުމުގެ މަސައްކަތް ކައުންސިލްތަކާއި ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކް މިނިސްޓްރީން ގުޅިގެން ފަށައިފި އެވެ.
ކުލަބޮކިތަކާއި ގިޑިގެތަކުން މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ ދިއްލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު 2023ވަނަ އަހަރުގެ ބޮޑު އީދާ ދިމާކޮށް ފެއްޓެވި މަސައްކަތެކެވެ.
އޭގެ ފަހުން މުޅި ރާއްޖޭގައި ކުލަ ގަދަކޮށް އީދުގެ އުފާފާޅުކުރަން ލައިޓްތަކުން ދިއްލަ އެވެ. މި އަހަރުގެ ފިތުރު އީދު ފާހަގަކުރަން ސަރުކާރުގެ ހަރަދުގައި 65 ރަށެއް ވަނީ ދިއްލައިފަ އެވެ.
މިދިޔަ އަހަރު އީދު ލައިޓު ހަރުކުރުމުގެ މަސައްކަތުގައި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
މިނިސްޓަރު އާދަމް ޝަރީފް "މިހާރު" އަށް ވިދާޅުވީ ފިތުރު އީދަށް ކުލަބޮކިތައް ފޮނުވި ހުރިހާ ރަށެއް ބޮޑު އީދުގައި ދިއްލަން ނިންމާފައިވާ ކަމަށެވެ.
މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ ދިއްލަން ލައިޓް ހަރުކުރުމުގެ މަސައްކަތް މިިދިޔަ ހަފުތާގައި ވަނީ ފަށައިފަ އެވެ. އެ މަސައްކަތުގައި ހަރަކާތްތެރިވަނީ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި މިނިސްޓްރީގެ މުވައްޒަފުންނެވެ.
މިދިޔަ އީދުގައި ވަނީ ޖުމްހޫރީ މައިދާން ސަރަހައްދާއި މާލޭގެ އެކި މަގުތައް ލައިޓްތަކުން ދިއްލައި ޒީނަތްތެރިކޮށްފަ އެވެ. އަދި ތަފާތު ޑިޒައިންތަކަށް ހަދާފައިވާ ބޮކިތަކުން ހުޅުމާލެ ސެންޓްރަލް ޕާކާއި މާލޭގެ ޖުމްހޫރީ މައިދާން ޒީނަތްތެރިކުރި އެވެ.
މިދިޔަ އަހަރު ފިތުރު އީދަށް ގިޑިގެތަކާއި ކުލަބޮކިތަކުން ހުޅުމާލެ ދިއްލާލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މި އަހަރު މާލޭގައި ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، މިދިޔަ އީދުގައި ވަނީ ކުލަ ޖެހުމާއި ކޯޑި ނެރުމާއި މާލި ނެރުމާއި އީދު ޝޯއެއްގެ އިތުރުން ހަވާ އެރުވުމުގެ ހަރަކާތް ވެސް ބާއްވައިފަ އެވެ.
މި އަހަރު ރަސްމީކޮށް އީދު ފާހަގަކުރަން ސަރުކާރުން ނިންމާފައި ވަނީ ތިން ރަށެއްގަ އެވެ. އެއީ ހއ ކެލަ އާއި ކ. ގުރައިދޫގެ އިތުރުން ލ. ގަމެވެ.
ފަޅުރަށްތައް ހޯދަން ހުށަހެޅި ޕްރޮޕޯޒަލް އިވެލުއޭޓްކުރަނީ
އާ މޭޔަރު ހުވާކުރުން ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި
ޓްރެފިކަށް ލުއި ކުރަން ސަބުދެލިމަގު ހުޅުވާލަނީ
މަނާ ވަގުތު ވެހިކަލް ދުއްވައިގެން 11 މީހަކު ޖޫރިމަނާ
އިސްލާމީ ހުދޫދުގެ ތެރޭގައި އީދު ފާހަގަކުރަން އެދިއްޖެ
ސިޔާސީ ގޮތުން އަންހެނުން ބައިވެރިވުން އިތުރުކުރަންޖެހޭ
އީދު ދުވަހުގެ ހަވީރު ވެހިކަލް ދުއްވުން މަނާ
އުސްފަސްގަނޑުގައި ބައިބަލާ ރިންގެއް ހަދައިދީފި
ކާނުތައް ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފި
ހޯމަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ބަހައި ނިންމަނީ