Roadha Mihaaru
ޖެނުއަރީ އިންޓޭކަށް އެޕްލިކޭޝަން މުއްދަތު އިތުރުކޮށްފި

މެޕްސް ކޮލެޖުގެ ޖެނުއަރީ އިންޓޭކަށް އެޕްލައިކުރުމުގެ މުއްދަތު އިތުރުކޮށްފި

15 ޖެނުއަރީ 2024

މެޕްސް ކޮލެޖުގެ ޖެނުއަރީ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މެޕްސް ކޮލެޖުގެ ޖެނުއަރީ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އެ ކޮލެޖުން ބުނީ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކުރީ ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ކަމަށެވެ.

އެ ކޮލެޖުގެ ޖެނުއަރީ އިންޓޭކުގައި ފުރުސަތު ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާކެޓިން މެނޭޖްމަންޓް، އެކައުންޓިން، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެ އެވެ.

މެޕްސް ކޮލެޖުން ބުނި ގޮތުގައި އެ ކޯސްތަކަކީ އަލަށް އޭލެވެލް ފުރިހަމަ ކުރި ދަރިވަރުންނަށް އެކަށީގެންވާ ކޯސްތަކެކެވެ. އެ ކޯސްތަކުގައި އޭލެވެލްގެ ދެ ފާސް ނުވަތަ އޭލެވެލްގެ ދިވެހި އަދި އިސްލާމް މާއްދާއިން "ސީ" ފާހަށްވުރެ މަތިން ފާސްވެފައިވާ ދަރިވަރުންނަށް ބެޗެލާސް ޑިގްރީގެ ކޮންމެ ކޯހެއްގައި ވެސް ބައިވެރި ވެވޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

އޭލެވްލް ފާސް ނެތް ދަރިވަރުންނަށް ދެ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއާ އެކު އޯލްޓަނޭޓިވް އެންޓްރީއެއްގެ ދަށުން ބެޗެލާސް ޑިގްރީގައި ކިޔެވުމަށް ހުށަހެޅޭނެ އެވެ.

އެ ކޮލެޖުން ބުނި ގޮތުގައި މެޕްސް ކޮލެޖުގައި ހިންގާ އިންޓަނޭޝަނަލް ކޯސްތަކުގެ ތެރެއިން އެސޯސިއޭޝަން އޮފް ޗާޓަޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)ގެ ކިޔެވުން މިހާރު ވަނީ ފަށާފަ އެވެ. އެ ކޮލެޖުން ބުނީ އެ ތަނުގައި ހިންގާ ޔުނިވާސިޓީ އޮފް ބެޑްފޯޑްޝަޔާގެ މާސްޓާސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މާޗް މަހު ހުޅުވާލާނެ ކަމަށެވެ.

ތިން ދާއިރާ އަކަށް ހާއްސަ ކޮށް ހިންގާ ޔުނިވަސިޓީ އޮފް ބެޑްފޯޑްޝަޔާގެ މާސްޓާސް ކޯހަކީ 12 މަސް ދުވަހުން ފުރިހަމަ ކުރެވޭ ކޯހެކެވެ. އޭގެ ތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޝަންސް، ފައިނޭންސް އަދި ހޮސްޕިޓަލް އެންޑް ހެލްތް ސާވިސަސް މެނޭޖްމަންޓަށް ހާއްސަ ތިން ދާއިރާގެ މާސްޓާސް ޕްރޮގްރާމް ހިމެނެ އެވެ.

މެޕްސް ކޮލެޖުން ހިންގާ ޔުނިވާސިޓީ އޮފް ބެޑްފޯޑްޝަޔާގެ މާސްޓާސް ކޯސްތަކަކީ މަތީ ތައުލީމު އުނގެނުމަށް ޝައުގުވެރިވާ ދަރިވަރުންގެ ތެރޭގައި މަގުބޫލު ކޯސްތަކެއްގެ ގޮތުގައި އެ ކޮލެޖުން ފާހަގަކުރެ އެވެ.

މެޕްސް ކޮލެޖުން ހިންގާ ބެޗެލާސް ޑިގްރީގެ ހުރިހާ ކޯސްތަކަކީ ވެސް، ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ "ބެޗެލާސް ޑިގްރީ ގްރާންޓް ސްކީމް"ގެ ދަށުން ކިޔެވޭނެ ކޯސްތަކެވެ. މި ކޯސްތަކަށް އިންސްޓޯލްމަންޓު އުސޫލުން މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އެވެ.