20 ނޮވެމްބަރ 2023
މެޕްސް ކޮލެޖުން ހިންގާ އެޑްވާންސްޑް ސެޓްފިކެޓް އިން އިންފޮމޭޝަން ޓެކްނޮލޮޖީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މެޕްސް ކޮލެޖުން ހިންގާ އެޑްވާންސްޑް ސެޓްފިކެޓް އިން އިންފޮމޭޝަން ޓެކްނޮލޮޖީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މެޕްސް ކޮލެޖުން ބުނީ މި ކޯހަކީ އައިޓީ ދާއިރާއިން ފައުންޑޭޝަން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށް އެ ކޮލެޖުން ކުރިއަށް ގެންދާ އެއް އަހަރު ދުވަހުގެ ކޯހެއް ކަމަށެވެ. މި ކޯހަކީ ހަމައެކަނި ފޭސްޓު ފޭސްކޮށް ކިޔަވައިދޭ ކޯހެކެވެ.
މެޕްސް ކޮލެޖުގެ ފޭސްބުކް ޕޯސްޓެއް.
ކޯހުގައި ބައިވެރިވެވޭނީ އިސްލާމް އަދި ދިވެހި މާއްދާއާ އެކު އޯ ލެވެލް ތިން މާއްދާއިން ސީ ފާހަށް ވުރެ މަތިން ލިބިފަިއިވާ ދަރިވަރުންނަށާއި އެމްކިއުއޭއިން ގަބޫލުކުރާ ފެންވަރުގެ ލެވަލް ތިނެއްގެ ސެޓްފިކެޓެއް އޮންނަ ދަރިވަރުންނަށެވެ. އަދި 18 އަހަރުވެ، އެއް އަހަރު ދުވަހުގެ ވަޒީފާގެ ތަޖުރިބާ ހުރެ، އިނގިރޭސިން މުއާމަލާތްކުރަން ދަންނަ ފަރާތްތަކަށް ވެސް މި ކޯހުގައި ފުރުސަތު ދޭނެ އެވެ.
މި ކޯހުގެ ޖުމްލަ ފީ އަކީ 21،150ރ. އެވެ. ކޯހުގެ ފީ 10 މަސްދުވަހުގެ މުއްދަތަށް ބަހާލައި އިންސްޓޯލްމަންޓު އުސޫލުން ފީ ދެއްކޭނެ އެވެ. އިންސްޓޯލްމަންޓަށް މަހަކު ދައްކަން ޖެހޭނީ 2،115ރ. އެވެ.
މި ކޯހުގައި ކޮމްޕިއުޓަ ޕްރޮގްރާމްގެ ކޮންސެޕްޓްތައް ތައްޔާރުކުރާނެ ގޮތުގެ ތައާރަފާއި މަލްޓިމީޑިއާ އަދި ޑިޖިޓަލް ގްރެޕިކް ޑިޒައިންގެ ތައާރަފާއި އޮފީސް އޮޓޮމޭޝަން ސޮފްޓްވެއާ އަދި ޑާޓާ ބޭސް ތައްޔާރުކުރާނެ ގޮތާއި ޑާޓާ ކޮމިއުނިކޭޝަން އަދި ކޮމްޕިއުޓަ ނެޓް ވޯކުގެ ބައިތައް ހިމެނޭނެ އެވެ.
މެޕްސް ކޮލެޖުން ބުނިގޮތުގައި ކޯހަކީ ދާއިރާއިން ޑިގްރީ ލެވެލްއިން ކުރިޔަށްދާން ނުވަތަ ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތަށް ފަހިވެގެން ދާނެ މަގެއް ކަމަށެވެ.
މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
މެޕްސް ކޮލެޖުގެ މާސްޓާސް ކޯސްތަކަށް ހުޅުވާލައިފި
މެޕްސް ކޮލެޖުގެ ބެޗްލާސް ޑިގްރީ ކޯސްތަކަށް ހުޅުވާލައިފި
މެޕްސް ކޮލެޖުން ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
މެޕްސް ކޮލެޖުން އެމްބީއޭ ކޯސްތަކަށް ހުޅުވާލައިފި
މެޕްސްއިން ކެރިއާ ގައިޑެންސް ދެނީ
މެޕްސްގެ އައިޓީ ކޯހުގެ މުއްދަތު ހަމަވަނީ
މެޕްސް ކޮލެޖުގައި ޕްރޮކިއުމަންޓް ޑިގްރީ ޕްރޮގްރާމެއް
އެކައުންޓިން ޑިގްރީގެ ފުރުސަތު މެޕްސް ކޮލެޖުގައި
މެޕްސްގެ އޮންލައިން އިންޓޭކަށް ބައިވެރިވުމުގެ ފުރުސަތު
މާޗު 2: މެޕްސް ކޮލެޖުގެ އެމްބީއޭގެ ފަހު ފުރުސަތު