Roadha Mihaaru
މާޗު 2: މެޕްސް ކޮލެޖުގެ އެމްބީއޭގެ ފަހު ފުރުސަތު

މާޗު 2: މެޕްސް ކޮލެޖުގެ އެމްބީއޭ ކޯސްތަކުގެ ފަހު ފުރުސަތު

06 ފެބުރުއަރީ 2023

މެޕްސް ކޮލެޖުން ހިންގާ އެމްބީއޭ ކޯސްތަކުގައި މާޗު މަހުގެ ދޭއްގެ ނިޔަލަށް ބައިވެރިވެވޭނެ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މެޕްސް ކޮލެޖުން ހިންގާ އެމްބީއޭ ކޯސްތަކުގައި މާޗު މަހުގެ ދޭއްގެ ނިޔަލަށް ބައިވެރިވެވޭނެ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.

އެ ކޮލެޖުން ހިންގާ އެމްބީއޭ ކޯސްތަކަކީ އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ބެޑްފޮޑްޝަޔާގެ މާސްޓާސް ކޯސްތަކެކެވެ. އެ ކޯސްތަކުގެ ތެރޭގައި ހިމެނެނީ އެމްބީއޭ ޖެނެރަލް، އެމްބީއޭ ފައިނޭންސް އަދި އެމްބީއޭ ހޮސްޕިޓަލް އެންޑް ހެލްތު ސާވިސަސް މެނޭޖުމަންޓެވެ.

އެމްބީއޭ ފައިނޭސް ކޯސް ހާއްސަ ކޮށްފައި ވަނީ ފައިނޭންޝަލް މެނޭޖްމަންޓްގެ ދާއިރާ އިން ކުރިއަށް ދިއުމަށް ބޭނުންވާ ދަރިވަރުންނަށެވެ. ވަޒީފާގެ މާހައުލުގައި މުވައްޒަފުންނާ ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ކަންކަން އެ ކޯހުގައި ކިޔަވަިދޭނެ އެވެ.

އެމްބީއޭ ހޮސްޕިޓަލް ހެލްތު އެންޑް ސާވިސަސް މެނޭޖުމަންޓަކީ ސިއްހީ ދާއިރާގެ މެނޭޖުމަންޓުގައި މަސައްކަތް ކުރަން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ކޯހެކެވެ.

މެޕްސް ކޮލެޖުގެ އެމްބީއޭ ކޯސްތަކަކީ 12 މަސް ދުވަހުގެ ކޯސްތަކެކެވެ. އެއީ އެމްކިއުއޭ އިން ގަބޫލުކުރާ ފެންވަރުގެ ކޯސްތަކެކެވެ.

އެ ކޮލެޖުގެ އެމްބީއޭ ކޯސްތަކުގައި ބައިވެރިވެވޭނީ ބެޗެލާސް ޑިގްރީ ނިންމާފައިވާ ދަރިވަރުންނަށެވެ. އެމްކިއުއޭއިން ބަލައިގަންނަ ޑިޕްލޮމާ އަދި އެޑްވާންސް ޑިޕްލޮމާ ނިންމާ މަސައްކަތުގެ ތަޖުރިބާ ހުރި ދަރިވަރުންނަށް ވެސް އެ ކޯސްތަކުގައި ބައިވެރިވެވޭނެ އެވެ.

މެޕްސްކޮލެޖުން ބުނި ގޮތުގައި އެންމެ ޑިމާންޑް ބޮޑީ އެމްބީއޭ ކޯސްތަކަށެވެ. އެ ތަނުން މިދިޔަ އަހަރު އެކަނިވެސް 100 އަށް ވުރެ ގިނަ ދަރިވަރުން އެމްބީއޭ ނިންމި އެވެ.

އެ ކޮލެޖުގެ ކޯސްތަކާ ބެހޭ މައުލޫމާތު 3314621 އިން ލިބޭނެ އެވެ.