14 މެއި 2023
މެޕްސް ކޮލެޖުގައި ޖުލައި އިންޓޭކުގެ ބެޗްލާސް އޮފް އެކައުންޓިން އެންޑް ބިޒްނަސް ކޯހަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މެޕްސް ކޮލެޖުގައި ޖުލައި އިންޓޭކުގެ ބެޗްލާސް އޮފް އެކައުންޓިން އެންޑް ބިޒްނަސް ކޯހަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކޯހުގައި ބައިވެރިވާން ޖުލައި 3 ގެ ނިޔަލަށް ކޯހަށް އެޕްލައި ކުރެވޭނެ އެވެ.
ތިން އަހަރުގެ މި ކޯހަކީ އެކައުންޓިން ދާއިރާގައި ދުނިޔެއިން ގަބޫލުކުރާ އެސޯސިއޭޝަން އޮފް ޗާޓަޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)ގެ ދެ ލެވެލް ހިމެނޭ ކޯހެކެވެ. މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް އޭސީސީއޭގެ އިންޓަނޭޝަނަލް ސެޓްފިކެޓް އަދި މެޕްސްގެ ބެޗެލާސް ޑިގްރީގެ ސެޓްފިކެޓް ވެސް ލިބޭނެ އެވެ.
މެޕްސް ކޮލެޖުން ބުނި ގޮތުގައި އެ ކޯހަކީ އެކައުންޓިން ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ފަރާތްތަކަށް މުހިންމު ކޯހެއް ކަމަށެވެ. އަދި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އެ ދާއިރާއިން ކެރިއާ ބިނާ ކުރަމުން އަންނަ ފަރާތްތަކަށް މިއީ ވަރަށް ބޭނުންތެރި ކޯހަކަށް ވާނެ ކަމަށް ބުންޏެވެ.
ބެޗްލާސް އޮފް އެކައުންޓިން އެންޑް ބިޒްނަސް އަކީ ފޭސް ޓު ފޭސް ކޮށް އަދި އޮންލައިންކޮށް ވެސް ކިޔަވައިދޭ ކޯހެކެވެ. މެޕްސް ކޮލެޖުން ބުނި ގޮތުގައި މި ކޯސް އޮންލައިންކޮށް ކުރިއަށް ގެންދަނީ އެކި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ރަށުގައި ތިބެގެން ކިޔެވޭނެ މަގު ފަހިކޮށްދިނުމަށެވެ.
މި ކޯހުގައި ބައިވެރިވެވޭނީ އީ ފާހަށްވުރެ މަތިން ދެ އޭ ލެވެލް ފާސް އޮންނަ ފަރާތްތަކަށާއި އެމްކިޔުއޭއިން ގަބޫލުކުރާ ފެންވަރުގެ ލެވަލް ހަތަރެއްގެ އެކައުންޓިން ނުވަތަ މެނޭޖްމަންޓް ދާއިރާގެ ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. އަދި ދެ އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި 20 އަހަރުން މަތީގެ ފަރާތްތަކަށް އެމްކިއުއޭއިން ގަބޫލުކުރާ ފެންވަރުގެ ޔުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވެސް މި ކޯހަށް އެޕްލައިކުރެވޭނެ އެވެ.
މި ކޯހަކީ ދިހަ މަހަށް އިންސްޓޯލްމަންޓުގެ ގޮތުގައި ބަހާލައިގެން ފީ ދެއްކޭނެ ކޯހެކެވެ. އަދި ސަރުކާރުގެ "ބެޗްލާސް ޑިގްރީ ގްރާންޓުން" މި ޑިގްރީގެ 70 ޕަސެންޓު ކަވަރު ކުރާނެ އެވެ.
މެޕްސް ކޮލެޖުގެ މާސްޓާސް ކޯސްތަކަށް ހުޅުވާލައިފި
އައިޓީ ކޯހުގެ އެޑްވާންސް ސެޓްފިކެޓް މެޕްސްގައި
މެޕްސް ކޮލެޖުގެ ބެޗްލާސް ޑިގްރީ ކޯސްތަކަށް ހުޅުވާލައިފި
މެޕްސް ކޮލެޖުން ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
މެޕްސް ކޮލެޖުން އެމްބީއޭ ކޯސްތަކަށް ހުޅުވާލައިފި
މެޕްސްއިން ކެރިއާ ގައިޑެންސް ދެނީ
މެޕްސްގެ އައިޓީ ކޯހުގެ މުއްދަތު ހަމަވަނީ
މެޕްސް ކޮލެޖުގައި ޕްރޮކިއުމަންޓް ޑިގްރީ ޕްރޮގްރާމެއް
މެޕްސްގެ އޮންލައިން އިންޓޭކަށް ބައިވެރިވުމުގެ ފުރުސަތު
މާޗު 2: މެޕްސް ކޮލެޖުގެ އެމްބީއޭގެ ފަހު ފުރުސަތު