12 ޖުލައި 2023
މެޕްސް ކޮލެޖުން ހިންގާ ބެޗެލާ އޮފް ޕްރޮކިއުމަންޓް، ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓު ކޯހަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހު ހަމަވާނެ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
މެޕްސް ކޮލެޖުން ހިންގާ ބެޗެލާ އޮފް ޕްރޮކިއުމަންޓް، ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓު ކޯހަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހު ހަމަވާނެ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
އެ ކޮލެޖުން ބުނި ގޮތުގައި އެ ކޯހަކީ އޮޕަރޭޝަންސް މެނޭޖްމަންޓް، ޕްލޭނިންގް، ސަޕްލައި މެނޭޖްމަންޓް އަދި ޕްރޮކިއޯމަންޓް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހާއްސަކޯހެކެވެ.
މި ކޯހަކީ "ފޭސް ޓު ފޭސް" ކޮށް އަދި އޮންލައިންކޮށް ކިޔަވައިދޭ ކޯހަކަށްވުމުން ކޮލެޖަށް ހާޒިރުވެވެން ނެތް މީހުންނާއި އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށް ވެސް ވެސް ކޯހުގައި ބައިވެރިވެވޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.
މެޕްސް ކޮލެޖުގެ ކޯސްތަކާ ގުޅޭ ޕޯސްޓެއް.
މި ކޯހުގައި ބައިވެރިވެވޭނީ އޭލެވެލްގެ ދެ މާއްދާއިން ދަށްވެގެން އީ ފާހެއް އޮވެގެންނެވެ. އަދި އެޕްލައި ކުރާއިރު އިސްލާމް ދިވެހި މާއްދާގެ ސީ އަށްވުރެ މަތީ ފާހެއް އޮންނަން ވާނެ އެވެ. މި ޝަރުތު ހަމަނުވާ ނަމަ ދެން އެޕްލައި ކުރެވޭނީ މެނޭޖުމަންޓު ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއިން އެމްކިއުއޭއިން ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓް ލެވެލް ހަތަރެއްގެ ސެޓްފިކެޓް އޮންނަ މީހުންނަށެވެ.
އެ ދެ ކޮލިފިކޭޝަނުން ކޮލިފިކޭޝަނެއް ނެތް ނަމަ ގްރޭޑް 10 ފުރަހަމަ ކޮށްފައިވާ ނުވަތަ ޖީސީއީ އޯލެވެލް ނިންމާފައިވާ މީހުންގެ ތެރެއިން 20 އަހަރުން މަތީގެ މީހުންނަށް ދެ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރި ނަމަ މި ކޯހުގައި ބައިވެރިވެވޭނެ އެވެ. އެ މީހުންނަށް މި ކޯހުގައި ބައިވެރިވޭނީ އެމްކިއުއޭގެ ޔުނިވަސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް ނިންމުމަށް ފަހު އެވެ.
މެޕްސް ކޮލެޖުން ޔުނިވަސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް ކޯހެއް ހިންގަ އެވެ. އެ ކޯހަކީ އަލްޓަނޭޓިވް އެންޓްރީގައި ޑިގްރީގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ޑިގްރީ ޕްރޮގުރާމަށް ތައްޔާރުކުރުމަށް ކުރިއަށް ގެންދާ ކޯހެކެވެ.
މެޕްސް ކޮލެޖުގެ ޕްރޮކިއުމަންޓް ޑިގްރީއަށް އަހަރަކަށް ދައްކަން ޖެހެނީ 22،100ރ. އެވެ. މި އަދަދު އިންސްޓޯލްމަންޓުގެ ގޮތުގައި 10 މަހަށް ބަހާލައިގެން މަހަކު 2،210ރ. ދެއްކޭނެ އެވެ.
މި ޕްރޮގުރާމަކީ ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން ވެސް ކިޔެވޭނެ ޕްރޮގުރާމެކެވެ.
މެޕްސް ކޮލެޖުގެ މާސްޓާސް ކޯސްތަކަށް ހުޅުވާލައިފި
އައިޓީ ކޯހުގެ އެޑްވާންސް ސެޓްފިކެޓް މެޕްސްގައި
މެޕްސް ކޮލެޖުގެ ބެޗްލާސް ޑިގްރީ ކޯސްތަކަށް ހުޅުވާލައިފި
މެޕްސް ކޮލެޖުން ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
މެޕްސް ކޮލެޖުން އެމްބީއޭ ކޯސްތަކަށް ހުޅުވާލައިފި
މެޕްސްއިން ކެރިއާ ގައިޑެންސް ދެނީ
މެޕްސްގެ އައިޓީ ކޯހުގެ މުއްދަތު ހަމަވަނީ
އެކައުންޓިން ޑިގްރީގެ ފުރުސަތު މެޕްސް ކޮލެޖުގައި
މެޕްސްގެ އޮންލައިން އިންޓޭކަށް ބައިވެރިވުމުގެ ފުރުސަތު
މާޗު 2: މެޕްސް ކޮލެޖުގެ އެމްބީއޭގެ ފަހު ފުރުސަތު