03 އޮކްޓޯބަރ 2023
މެޕްސް ކޮލެޖުގައި ހިންގާ ބެޗްލާސް ޑިގްރީ ކޯސްތަކުގެ 2024 ވަނަ އަހަރުގެ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މެޕްސް ކޮލެޖުގައި ހިންގާ ބެޗްލާސް ޑިގްރީ ކޯސްތަކުގެ 2024 ވަނަ އަހަރުގެ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މެޕްސް ކޮލެޖުން ބުނި ގޮތުގައި މި ކޯސްތަކަކީ އެޑްވާންސްޑް ސެޓްފިކެޓް ނުވަތަ ފައުންޑޭޝަން ކޯސް ނިންމާފައިވާ ދަރިވަރުންނާއި އޭލެވެލް ފުރިހަމަ ކޮށްފައިވާ ދަރިވަރުންނަށް އެންމެ އެކަށީގެންވާ ކޯސްތަކެކެވެ. މި ކޯސްތަކުގައިި ބައިވެރިވެވޭނީ އޭލެވެލްގެ ދެ މާއްދާއިން އީ ފާހެއް ނުވަތަ އެއަށް ވުރެ މަތީ ފާހެއް އޮތް ދަރިވަރުންނާއި އެމްކިއުއޭއިން ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓް ލެވެލް 4 ގެ މެނޭޖަމަންޓު ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއާއި ގުޅޭ ކޮލިފިކޭޝަނެއް އޮންނަ ދަރިވަރުންނަށެވެ.
މި ކޯހުގައި ގްރޭޑް 10 ނުވަތަ ޖީސީއީ އޯލެވެލް ނިންމާފައިވާ ދެ އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރި ދަރިވަރުންނަށް އެމްކިއުއޭގެ ޔުނިވަސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް ހެދުމަށް ފަހު ބައިވެރިވެވޭނެ އެވެ.
މި ކެޓަގަރީން ޕްރޮގުރާމުގައި ބައިވެރިވެވޭނީ 20 އަހަރު ފުރިފައިވާ، ކޯސްތަކާ ގުޅުން ހުރި ދާއިރާދާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ.
މެޕްސް ކޮލެޖުން ފުރުސަތު ހުޅުވާލާފައިވާ ކޯސްތަކަކީ:
● މެޕްސް ބެޗްލާ އޮފް އެކައުންޓިން އެންޑް ބިޒްނަސް
● މެޕްސް ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން
● މެޕްސް ބެޗްލާ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް
● މެޕްސް ބެޗްލާ އޮފް މާކެޓިން މެނޭޖްމަންޓް
● މެޕްސް ބެޗްލާ އޮފް ޕްރޮޖެކްޓް މެނޭޖްމަންޓް
● މެޕްސް ބެޗްލާ އޮފް ޕްރޮކިއޯމަންޓް ލޮޖިސްޓިކްސް، އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓް
● މެޕްސް ބެޗްލާ އޮފް ޓޫރިޒަމް މެނޭޖްމަންޓް
މެޕްސް ކޮލެޖުން ބުނި ގޮތުގައި މި ކޯސްތަކަކީ އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކޯސްތަކެކެވެ. މި ކޯސްތަކުގެ މުއްދަތަކީ ތިން އަހަރެވެ.
މި ކޯސްތަކަށް ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގުރާމުގެ ދަށުން ބައިވެރިވެވޭނެ އެވެ. ކޯހުގެ ފީ ދައްކާ ދަރިވަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން 10 މަހަށް އިންސްޓޯލްމަންޓު އުސޫލުން ފީ ދެއްކޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މެޕްސް ކޮލެޖުގެ މާސްޓާސް ކޯސްތަކަށް ހުޅުވާލައިފި
އައިޓީ ކޯހުގެ އެޑްވާންސް ސެޓްފިކެޓް މެޕްސްގައި
މެޕްސް ކޮލެޖުން ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
މެޕްސް ކޮލެޖުން އެމްބީއޭ ކޯސްތަކަށް ހުޅުވާލައިފި
މެޕްސްއިން ކެރިއާ ގައިޑެންސް ދެނީ
މެޕްސްގެ އައިޓީ ކޯހުގެ މުއްދަތު ހަމަވަނީ
މެޕްސް ކޮލެޖުގައި ޕްރޮކިއުމަންޓް ޑިގްރީ ޕްރޮގްރާމެއް
އެކައުންޓިން ޑިގްރީގެ ފުރުސަތު މެޕްސް ކޮލެޖުގައި
މެޕްސްގެ އޮންލައިން އިންޓޭކަށް ބައިވެރިވުމުގެ ފުރުސަތު
މާޗު 2: މެޕްސް ކޮލެޖުގެ އެމްބީއޭގެ ފަހު ފުރުސަތު