27 ޑިސެމްބަރ 2023
މެޕްސް ކޮލެޖުގައި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ބެޗްލާ އޮފް އެކައުންޓިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އާދިއްތަ ދުވަހު ހަމަވާނެ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
މެޕްސް ކޮލެޖުގައި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ބެޗްލާ އޮފް އެކައުންޓިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އާދިއްތަ ދުވަހު ހަމަވާނެ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
މި ކޯހަކީ ފޭސްޓު ފޭސްކޮށް ކިޔެވުމުގެ އިތުރުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން އޮންލައިންކޮށް ވެސް ކިޔެވުމުގެ ފުރުސަތު އޮންނަ ކޯހެކެވެ. މިއީ ތިން އަހަރުގެ ކޯހެކެވެ.
މި ކޯހަކީ އެކައުންޓިން ދާއިރާގައި ދުނިޔެއިން ގަބޫލުކުރާ އެސޯސިއޭޝަން އޮފް ޗާޓަޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ)ގެ ދެ ލެވެލް ހިމެނޭ ކޯހެކެވެ. މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް އޭސީސީއޭގެ އިންޓަނޭޝަނަލް ސެޓްފިކެޓް އަދި މެޕްސްގެ ބެޗެލާސް ޑިގްރީގެ ސެޓްފިކެޓް ވެސް ލިބޭނެ އެވެ.
މެޕްސް ކޮލެޖުގެ ފޭސްބުކް ޕޯސްޓެއް.
މެޕްސް ކޮލެޖުން ބުނި ގޮތުގައި މިއީ އެކައުންޓިން ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މުހިންމު ކޯހެކެވެ. އަދި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އެ ދާއިރާއިން ކެރިއާ ބިނާ ކުރަމުން އަންނަ ފަރާތްތަކަށް މިއީ ވަރަށް ބޭނުންތެރި ކޯހަކަށް ވާނެ ކަމަށް ވެސް ބުންޏެވެ.
މި ކޯހުގައި ބައިވެރިވެވޭނީ އީ ފާހަށްވުރެ މަތިން ދޭ އޭލެވެލް ފާސް އޮންނަ ފަރާތްތަކަށާއި އެމްކިޔުއޭއިން ގަބޫލުކުރާ ފެންވަރުގެ ލެވަލް ހަތަރެއްގެ އެކައުންޓިން ނުވަތަ މެނޭޖްމަންޓް ދާއިރާގެ ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. އަދި ދެ އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި 20 އަހަރުން މަތީގެ ފަރާތްތަކަށް އެމްކިއުއޭއިން ގަބޫލުކުރާ ފެންވަރުގެ ޔުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވެސް މި ކޯހަށް އެޕްލައިކުރެވޭނެ އެވެ.
ދިހަ މަހަށް އިންސްޓޯލްމަންޓުގެ ގޮތުގައި ބަހާލައިގެން މި ކޯހަށް ފީ ދެއްކޭނެ ކޯހެކެވެ. އަދި ސަރުކާރުގެ "ބެޗްލާސް ޑިގްރީ ގްރާންޓުން" މި ޑިގްރީގެ 70 ޕަސެންޓު ކަވަރު ކުރާނެ އެވެ.
ޕިރަމިޑުން ރެވެލޯ ޗޮކްލެޓުގެ ރަހަ ބަލާލަން ދެނީ
"އެޒްތާރާ ހެއާ މިރަކަލް" ކްރީމް ޕްލާޒާއަށް
ސެންޓަށް ހާއްސަ ޕްލާޒާ ކޮސްމެޓިކްސް ހުޅުވައިފި
ރިވެލި ބީޗްގެ ޕްރޮމޯޝަނުން ހިލޭ ކައިވެނި ޕާޓީއެއް
ލިވިންއެކްސްޕޯގައި ޕްރޮކްސީގެ ސްޓޯލުން ހާއްސަ އޮފާތަކެއް
މެރިން މާސްޓާއިން ޔޫއޭއީއަށް ބޯޓެއް އެކްސްޕޯޓްކުރަނީ
ޔޫރޯއަށް އެމްއެޗްއޭގެ ޕްރޮމޯޝަނެއް
ގްރޫޕް ކޯލް ކުރަން ދިރާގުން "ވާހަކަ" އެޑްއޮން
އަނާ ސެލޫން އިން ރޯދަމަހަށް ބޮޑެތި ޑިސްކައުންޓުތަކެއް
ރީ ލޮކޭޓުކޮށް، މާލެ އޮޕްޓިކަލްގެ އާ ޝޯރޫމެއް