09 އޯގަސްޓް 2023
މެޕްސްގެ އެޑްވާންސް ސެޓްފިކެޓަށް ހުށަހަޅަން އެދޭ ދަރިވަރުންނަށް އަދިވެސް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
މެޕްސްގެ އެޑްވާންސް ސެޓްފިކެޓަށް ހުށަހަޅަން އެދޭ ދަރިވަރުންނަށް އަދިވެސް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
އެ ކޮލެޖުން ބުނީ މި ކޯހަށް ކަނޑައެޅި ލޭޓް އެންޓްރީގެ މުއްދަތު ހަމަވެފައި ވީނަމަވެސް، ގިނަ ދަރިވަރުންތަކަކަށް ފުރުސަތު ދިނުމުގެ ގޮތުން މި ކޯހަށް ހުށަހަޅަމުންދާ އެޕްލިކޭޝަން އަދިވެސް ބަލައިގަންނަމުންދާ ކަމަށެވެ.
މެޕްސް ކޮލެޖުން ބުނީ އެ ކޮލެޖުގެ އެޑްވާންސް ލެވެލްގެ ކޯސްތަކަކީ އޯލެވެލް ނިންމާ ދަރިވަރުންނަށް ހާއްސަ ކޯހެއް ކަމަށެވެ. އޯލެވެލް އަށް ފަހު އަވަހަށް ޑިގްރީ ހަދަން ބޭނުންވާ ނަމަ އެއް އަހަރު ދުވަހުގެ މި ކޯސް ނިންމުމަށް ފަހު އެ ކޮލެޖުގެ ބޭނުން ޑިގްރީ ޕްރޮގުރާމެއް ހެދޭނެ ކަމަށް ވެސް ބުންޏެވެ.
މެޕްސްއިން ބުނީ ޑިގްރީ ފެށުމުގެ ކުރިން ވަކި ދާއިރާއެއް ހިޔާރުކުރަން ދަތި ދަރިވަރުންނަށް އެ ކޮލެޖުން ކެރިއާ ގައިޑް ސެޝަންތަކެއް ވެސް ކުރިއަށް ގެންދާ ކަމަށެވެ. މިއީ އޯލެވެލް ނިންމާ މަތީ ތައުލީމު ފަށާ ދަރިވަރުންނަށް އެ ކޮލެޖުންދޭ ފަހި ފުރުސަތުތަކެއް ކަމަށް މެޕްސްއިން ބުންޏެވެ.
މެޕްސްގެ އެޑްވާންސް ކޯސްތަކުގެ ތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާކެޓިން މެނޭޖްމަންޓް، އެކައުންޓިން، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސްތައް ހިމެނެއެވެ.
އެޑްވާންސް ލެވެލް ކޯސްތަކުގެ ތެރެއިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހަކީ ރަށުގައި ތިބެގެން ކިޔަވަން ބައިވެރިވެވޭނެ އޮންލައިން ކޮށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކޯހެކެވެ.
މެޕްސް ކޮލެޖުގެ ކޯސްތަކާ ގުޅޭ މައުލޫމާތުތައް އެ ކޮލެޖުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުންނާއި ވެބްސައިޓު އަދި ހޮޓްލައިން ނަމްބަރު 3314621 އަށް ގުޅައިގެން ލިބޭނެ އެވެ.
މެޕްސް ކޮލެޖުގެ މާސްޓާސް ކޯސްތަކަށް ހުޅުވާލައިފި
ޖެނުއަރީ އިންޓޭކަށް އެޕްލިކޭޝަން މުއްދަތު އިތުރުކޮށްފި
އެމްއޭސީއެލްއަށް ހެޔޮ އަގުގައި މެޕްސްއިން ފުރުސަތު ދެނީ
މެޕްސް ކޮލެޖުގެ އެކައުންޓިން ކޯހުގެ މުއްދަތު ހަމަވަނީ
އައިޓީ ކޯހުގެ އެޑްވާންސް ސެޓްފިކެޓް މެޕްސްގައި
މެޕްސް ކޮލެޖް ޓްރިވިއާ ކުއިޒުން މޮޅުވެގެން ހިލޭ ކޯހެއް
މެޕްސް ކޮލެޖުގެ ބެޗްލާސް ޑިގްރީ ކޯސްތަކަށް ހުޅުވާލައިފި
މެޕްސް ކޮލެޖުން ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
މެޕްސް ކޮލެޖުން އެމްބީއޭ ކޯސްތަކަށް ހުޅުވާލައިފި
މެޕްސްއިން ކެރިއާ ގައިޑެންސް ދެނީ