12 ޖެނުއަރީ 2024
މުޅި ރާއްޖޭގެ ރައްޔިތުން މިހާރު ތިބީ މި ސަރުކާރު ގެނެވުމުން ކަންބޮޑުވެފައި ކަމަށާއި ސަރުކާރާ މެދު އޮތް އުއްމީދު ގެއްލި، މާޔޫސްވެފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މުޅި ރާއްޖޭގެ ރައްޔިތުން މިހާރު ތިބީ މި ސަރުކާރު ގެނެވުމުން ކަންބޮޑުވެފައި ކަމަށާއި ސަރުކާރާ މެދު އޮތް އުއްމީދު ގެއްލި، މާޔޫސްވެފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމްގެ ކެމްޕެއިން ނިންމުމަށް ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ ހެދި ދޮގުތަކާ އެކު ނަމަވެސް، ބަޔަކު ވެރިކަމަށް އަތުވެއްޖެ ކަމަށާއި އެ މީހުންނާ މެދު ރައްޔިތުންގެ އުއްމީދުތަކަކާއި ބޭނުންތަކެއް އޮތް ކަމަށެވެ.
"ރައްޔިތުން އުއްމީދު ކުރި ކުރިއަށް ވުރެ އަދި ރަނގަޅަށް މި ސަރުކާރުން ކޮށްދޭނެ ކަމަށް. އެހެން ނަމަވެސް މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ރައްޔިތުން މާޔޫސްކޮށްލައިފި. އުއްމީދު ގެއްލިއްޖެ. ދޮގު މައްޗަށް ދޮގު ހަދާ ތަން މި ފެންނަނީ،" ސޯލިހު ވިދާޅުވި އެވެ.
"ހަމައެކަނި މާލޭގެ ރައްޔިތުންނެއް ނޫން. މުޅި ރާއްޖޭގެ ރައްޔިތުން ވެސް މިއަދު ތިބީ މި ކުރެވުނު ކަންތަކާ މެދު ކަންބޮޑުވެފައި."
ސޯލިހު ވިދާޅުވީ އެމްޑީޕީ މިއަދު އޮތީ އިދިކޮޅު ޕާޓީގެ ގޮތުގައި ކަމަށާއި މި ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އެ ޕާޓީން ކުރާނެ ކަމަށެވެ. މި ސަރުކާރުން ކުރާ ހުރިހާ ކަމެއްގައި ގާނޫނީ އިމުގެ ތެރެއިން ޖަވާބުދާރީކުރުވަން ފަސްނުޖެހޭނެ ކަމަށާއި އެމްޑީޕީ އަކީ އެކަން ކުރަން އެނގޭ ޕާޓީއެއް ކަމަށް ވެސް ވިދާޅުވި އެވެ.
ހަމައެކަނި މާލޭގެ ރައްޔިތުންނެއް ނޫން. މުޅި ރާއްޖޭގެ ރައްޔިތުން ވެސް މިއަދު ތިބީ މި ކުރެވުނު ކަންތަކާ މެދު ކަންބޮޑުވެފައި
އެމަނިކުފާނު ވަނީ މިހާރު އޮތް މާލޭ ސިޓީ ކައުންސިލަށް ވެސް ފާޑުވިދާޅުވެފަ އެވެ. މާލޭގައި އެތައް ގިނަ މައްސަލަތަކެއް އޮތްއިރު އެކަންކަމަށް ހައްލެއް އެ ކައުންސިލަށް ގެނެސްދެވިފައި ނެތް ކަމަށް ސޯލިހު ވިދާޅުވި އެވެ.
"މިހާތަަނަށް މާލޭގެ މޭޔަރަކަށް ހުންނެވި ބޭފުޅާ ބޭނުންވީ ގާނޫނުގައި އެ ބުނާ ކައުންސިލެއް ހިންގާކަށް ނޫން. ސަރުކާރެއް ހިންގަން. ބާރުތައް ޖަމާކުރަން. ގާނޫނުގައި ނެތް އެތައް ކަމެއް އަތް ދަށަށް ގެނެސް އެކަން ކުރަން. އެއީއެއް ނޫން ލާމަރުކަޒީ ނިޒާމް އަޅުގަނޑުމެން ތައާރަފް ކުރި ގޮތަކީ،" ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވަމުން ސޯލިހު ވިދާޅުވި އެވެ.
"ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ތައާރަފްކުރި ބަޔަކީ އެމްޑީޕީ. އެކަން ކުރަން އެނގޭނީ އަޅުގަނޑުމެންނަށް. އާދަމް (އާޒިމް) ނުކުމެ އެ އިންނެވީ އެކަން ކުރަން."
ސޯލިހު ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް އެމްޑީޕީގެ ފިކުރާ އެއްގޮތަށް އާދަމް އާޒިމް މާލޭގެ މޭޔަރު ކަން ކުރައްވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އޭނާ ނުކުމެ ހުންނެވީ ގާނޫނުގެ ދަށުން މޭޔަރަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ކަމަށާއި އިތުރު ސަރުކާރެއް ހަދައިގެން ވަކި ސަރުކާރެއް ހިންގާކަށް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަދި މިހާރު މި އޮތް ސަރުކާރަށް ޖެއްސުން ކުރާކަށް ވެސް ނޫން. ރައްޔިތުންނަށް ހިދުމަތް ކުރަން. މައްސަލަތަކަށް ހައްލު ހޯދައިދޭން،" ސޯލިހު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އާދަމް އާޒިމްއާ ސަލާމް ކުރައްވަނީ
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މާލޭގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން ގޯއްޗާއި ފްލެޓް ދޫކޮށްފައިވާނެ ކަމަށާއި ނަމަވެސް، މި ސަރުކާރުން އެ ތަންތަން ދޫކުރުން ފަސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެކަންކަން ދެން ވެސް އަވަސް ކުރެވޭނީ އެމްޑީޕީގެ މޭޔަރެއް އިންތިހާބުކޮށްގެން ކަމަށާއި ގޯއްޗާއި ފްލެޓްތައް ހޯދައިދޭން އެމްޑީޕީން ހުރިހާ މަަސައްކަތެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ވެރިކަމުން ވަކިވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ސިޔާސީ ޕޯޑިއަމެއްގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ ރާއްޖެ ތަރައްގީ ވަނީ މުޅި ރާއްޖެ ތަރައްގީކޮށްގެން ކަމަށާއި ހަމައެކަނި މާލެ ކައިރީގައި ފްލެޓްތަކެއް އަޅައިގެން އެކަން ނުވާނެ ކަމަށެވެ.
"މާލެއަށް މީހުން ޖަމާވިޔަ ނުދިނުމަށްޓަކައި މާލެ ނޫން އެހެން ތަންތަނުގައި ހިދުމަތްތައް ގާއިމް ކުރެވެން އެބަ ޖެހޭ. އެ ނޫން ގޮތަކަށް މާލެއަކަށް ދާއިމީ ހައްލެއް ދެން ވެސް ނުލިބޭނެ. އަޅުގަނޑުމެން ވެރިކަމުގައި ކުރަމުން ދިޔައީ އެ މަސައްކަތް،" ސޯލިހު ވިދާޅުވި އެވެ.
"ނަމަވެސް ހިތާމައަކީ އަޅުގަނޑުމެން ކުރަން ފެށި އެތައް މަސައްކަތެއް މި ސަރުކާރުން ވަނީ ހުއްޓާލާފައި. މިއަކީއެއް މާލެ ވަށައިގެން ތަންކޮޅެއް ހިއްކައިގެން ހައްލުވާނެ ކަމެއް ނޫން. ދާއިމީ ހައްލެއް ލިބޭނީ މުޅި ރާއްޖެ ތަރައްގީކޮށްގެން."
ސޯލިހު ވިދާޅުވީ މަޝްރޫއުތައް ހުއްޓާލަމުންދާއިރު ރައްޔިތުން ބަލަން ނުތިބޭނެ ކަމަށާއި އިދިކޮޅު ޕާޓީއެއްގެ ގޮތުން އެމްޑީޕީ ވެސް ބަލަން ތިބެގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ޖެހޭނެ މިކަމުގައި ޒިންމާދާރުކަމާ އެކު ސަރުކާރު ޖަވާބުދާރީކުރުވަން. އަޅުގަނޑުމެން މިކަން ނުކޮށްފި ނަމަ، މި ރާއްޖެ ވެއްޓޭނީ ބޮޑު އަނދަވަޅަކަށް،" ސޯލިހު ވިދާޅުވި އެވެ.
"މިހާތަނަށް އަޅުގަނޑުމެން މަޑުކޮށްލައިގެން މި ތިބީ ރައްޔިތުން އިންތިހާބު ކުރި ސަރުކާރަކަށްވާތީ ވަގުތުކޮޅެއް ދޭން ޖެހޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭތީ. އަދިވެސް ހިތަށް އަރާ ކުޑަ ވަގުތުކޮޅެއް ބަލާލަންވީއޭ. އެކަމަކު އަޅުގަނޑަކަށް ހިއެއް ނުވޭ އެހެން ދެން ބަލަން ތިބެވެން އޮތް ހެނެއް."
"މުޅި ރާއްޖޭން މި ސަރުކާރަށް ނޫނެކޭ ބުނާނެ"
އަހަރެއް ތެރޭ ފެނުނީ އުއްމީދެއް ނެތް ސަރުކާރެއް: އިބޫ
"އަނިޔާވެރިއެއް ނުވާނަން، އެކަމަކު އިންސާފުވެރިވާނަން"
ގައުމު މި ހާލަތަށް ވައްޓާލީ އެމްޑީޕީން: ޔާމީން
ޔަގީންކަން ދިނަސް ކޯޅުމެއް ނެތި ހިދުމަތް ދެވިދާނެތަ؟
އާޒިމް މާލެ ރައްޔިތުން މާޔޫސެއް ނުކުރާނެ: ސޯލިހް
އާޒިމަށް ރައީސް ދެއްވީ އެއްބާރުލުމުގެ ޔަގީންކަން
2018ގައި ރުހުން ދިނީ މެންޑޭޓު ފާސްނުކޮށް
ފައްޔާޒު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ
2028 ގައި ވާދަކުރުމާ މެދު އިބޫގެ ޖަވާބެއް ނެތް!