Roadha Mihaaru
އަންޗެލޮޓީގެ ތައުރީފް ބަދަލު ކުޅުންތެރިންނަށް

ފައިނަލްގެ ޖާގަ އާއެކު އަންޗެލޮޓީގެ ތައުރީފް ބަދަލު ކުޅުންތެރިންނަށް

11 ޖެނުއަރީ 2024

ރިޔާދު (ޖެނުއަރީ 11) - ސައުދީ އަރަބިއްޔާގައި ކުރިއަށްދާ ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލްގައި އިތުރު ވަގުތު ކުޅެގެން 5-3 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ރެއާލް މެޑްރިޑު ފައިނަލަށް ގެންގޮސްދިމުނުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ، ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރި ކުޅުންތެރިން ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން ނަތީޖާ އެއްވަރު ވެފައި ވަނިކޮށް ރެއާލް މޮޅުވީ އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފަހު ފަސްމިނިޓުގައި، ބަދަލު ކުޅުންތެރިންގެ މަސައްކަތުން ކާމިޔާބު ކުރި ގޯލުތަކުންނެވެ.

މެޗުގެ 115 ވަނަ މިނިޓުގައި ހޮސޭލޫގެ ހަމަލާއެއް އެތުލެޓިކޯގެ ސްޓެފާން ސަވިޗް އަތުން ބައިކޮޅަށް ވަން އިރު، އިތުރު ވަގުތުގައި ފަސްވަނަ ގޯލު ޖަހައިދިނީ ބްރަހީމް ޑިއާޒް އެވެ.

"އަހަރެންގެ ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު ކުރަން، މެޗުގައި ބޮޑު ތަފާތެއް ދެއްކީ ބަދަލު ކުޅުންތެރިން،" މެޗަށް ފަހު އަންޗެލޮޓީ ބުންޏެވެ.

"މެޗު ނިމެން ގާތްވެފައި ވަނިކޮށް ގޯލުތަކެއް ޖެހުން އެއީ ގޯހެއް ނޫން. އެއީ ވަރަށް ޒުވާން ކުޅުންތެރިން، އެމީހުން ހިތްވަރު އެލުވައެއް ނުލާނެ."

ރެއާލްގެ ފަސްވަނަ ގޯލު ޖެހުމަށް ފަހު އުފާފާލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރެއާލްގެ ފަސްވަނަ ގޯލު ޖެހުމަށް ފަހު އުފާފާލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގައި ރެއާލަށް ވަނީ ދެ ފަހަރަށް ފަހަތުން އަރަން ޖެހިފަ އެވެ. ހަވަނަ މިނިޓުގައި މާރިއޯ ހާމޯސޯ ޖަހައިދިން ގޯލުން އެތުލެޓިކޯ ލީޑު ނަގާފައި ވަނިކޮށް ރެއާލުން އެއްވަރު ކުރީ 20 ވަނަ މިނިޓުގައި އެންޓޯނިއޯ ރުޑިގާ ޖަހައިދިން ގޯލުންނެވެ. އަދި އޭގެ ނުވަ މިނިޓު ފަހުން ފާލަންޑް މެންޑީ ޖަހައިދިން ގޯލުން ރެއާލުން ފުރަތަމަ ފަހަރަށް ލީޑު ނެގި އެވެ.

އެހެން ނަމަވެސް 37 ވަނަ މިނިޓުގައި އެންޓޮއިން ގްރީޒްމަން ވަނީ ގޯލެއް ޖަހައި އެތުލެޓިކޯ އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. މި ގޯލާ އެކު އޭނާ ވަނީ އެތުލެޓިކޯ އަށް 174 ގޯލު ހަމަކޮށް އެ ކްލަބްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ލަގަބު ހޯދައިފަ އެވެ.

މެޗުގެ 78 ވަނަ މިނިޓުގައި އެތުލެޓިކޯ އިން ވަނީ ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިފަ އެވެ. މި ގޯލަކީ ރުޑިގާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ރެއާލުން ދެވަނަ ފަހަރަށް އެއްވަރު ކުރީ 85 ވަނަ މިނިޓުގައި ޑެނީ ކާވަހާލް ޖަހައިދިން ގޯލުންނެވެ.