04 ސެޕްޓެމްބަރ 2016
މިއުނިކް (ސެޕްޓެމްބަރު 4) - ރެއާލް މެޑްރިޑަށް ކުރާ އިހުތިރާމެއްގެ ސަބަބުން، ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑަށް ދުވަހަކު ވެސް ކޯޗުކޮށްނުދޭނެ ކަމަށް ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
މިއުނިކް (ސެޕްޓެމްބަރު 4) - ރެއާލް މެޑްރިޑަށް ކުރާ އިހުތިރާމެއްގެ ސަބަބުން، ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑަށް ދުވަހަކު ވެސް ކޯޗުކޮށްނުދޭނެ ކަމަށް ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
އަންޗެލޮޓީ ވަނީ ދެ ސީޒަނުގައި ރެއާލަށް ކޯޗުކޮށްދީ އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. އޭނާ މިހާރު ހަވާލުވެ ހުރީ ޖަރުމަނުގެ ބަޔާން މިއުނިކާ އެވެ.
"ނޫން، އަހަރެން ދުވަހަކު ވެސް އެތުލެޓިކޯ ނުވަތަ ބާސެލޯނާއަށް ކޯޗުކޮށްނުދޭނަން. އަހަރެން އިހުތިރާމްކުރަން ރެއާލް މެޑްރިޑާ، އެތުލެޓިކޯ އަދި ބާސެލޯނާގެ ޒަމާންވީ ވާދަވެރިކަމަށް."
އަންޗެލޮޓީ ބުނީ އޭނާ ކުރިން ކުޅެ ކޯޗުކޮށްދިން އޭސީ މިލާނަށް އަދި ކުޅުނު ރޯމާ އަށް އިހުތިރާމްކުރުމުގެ ގޮތުން މިލާނާ ވާދަވެރި އިންޓަ އަށް އަދި ރޯމާއާ ވާދަވެރި ލާޒިއޯއާ ވެސް ނުގުޅޭނެ ކަމަށެވެ.
"އަހަރެން އެތުލެޓިކޯ އާއި ބާސެލޯނާއަށް ވަރަށް ބޮޑަށް އިހުތިރާމްކުރަން. އެކަމަކު ރެއާލް މެޑްރިޑަށް ދެ އަހަރު ކޯޗުކޮށްދީފައިވާތީ އަހަންނަށް ނެތް އެ ދެ ކްލަބާ ހަވާލުވެވޭކަށް،" އަންޗެލޮޓީ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާއި އެތުލެޓިކޯ މެޑްރިޑް އެއް ގްރޫޕެއްގައި ލައްވާލާފައިވާއިރު، އަންޗެލޮޓީ ބުނީ ވާދަވެރިކަން އޮންނާނެ ކަމަށާއި އެކަމަކު އުއްމީދުކުރަނީ މޮޅަކަށް ކަމަށެވެ.
"އެތުލެޓިކޯގެ ސްޓޭޑިއަމުގައި އެހާ ރަނގަޅެއް ނޫން މީގެ ކުރިން ނަތީޖާ. އެކަމަކު މި ފަހަރު ބަލާނަން ކާމިޔާބު ހޯދަން،" އަންޗެލޮޓީ ބުންޏެވެ.
ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަންޗެލޮޓީ ވަނީ މިލާނާ އެކު ކުޅުންތެރިއެއްގެ ގޮތުގައި ދެ ފަހަރު އަދި ކޯޗެއްގެ ގޮތުގައި ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އިންގްލެންޑުގެ ޗެލްސީއަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނެވެ.
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
ސެމީގައި މެޑްރިޑާއި ބަޔާން އަދި ލިވަޕޫލާއި ރޯމާ
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
އަންޗެލޮޓީގެ ތައުރީފް ބަދަލު ކުޅުންތެރިންނަށް
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
އެތުލެޓިކޯ އަތުން ބަލިވުމުން ޒިންމާ ނެގީ އަންޗެލޮޓީ
އެތުލެޓިކޯއާ އެއްވަރުކުރަން ގޯލު ޖެހީ ލާޒިއޯގެ ކީޕަރު
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ކެންސަރު ބަލީގައި މިހަލޮވިޗް މަރުވެއްޖެ
ރޯމާއިން އިންޓަ ބަލިކޮށްފި، މިލާނަށް ވެސް މޮޅެއް